Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި

18 އޯގަސްޓު 2026 | އަންގާރަ 08:22

ޔޫކްރެއިނުން ރަޝިޔާގެ މޮސްކޯއަށް އަމާޒުކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތަކުގައި ބައެއް އިމާރާތްތަކަށް ގެއްލުންވެ، ކުޑަކުއްޖަކާއެކު ތިން މީހަކު ވަނީ ޒަޚަމްވެފައި. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކުގައި ވެސް ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ދުރު ރާސްތާގެ ހަމަލާތައް އިތުރުވުމާ ގުޅިގެން އާންމުން މަރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އުފުލިފައި

ރާއްޖެ އެމްވީ | 18 އޯގަސްޓު 2026 | އަންގާރަ 08:22
ރަޝިޔާގެ މޮސްކޯ ރީޖަންގެ ހާމަނުކުރާ ސަރަހައްދެއްގައި ހުރި އިމާރާތްކުރާ ސައިޓަކަށް، 2026 އޮގަސްޓް 18 ވީ އަންގާރަ ދުވަހު ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން އަލިފާނާއި ދުން އަރަމުންދަނީ

ރަޝިޔާގެ މޮސްކޯ ރީޖަންގެ ހާމަނުކުރާ ސަރަހައްދެއްގައި ހުރި އިމާރާތްކުރާ ސައިޓަކަށް، 2026 އޮގަސްޓް 18 ވީ އަންގާރަ ދުވަހު ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން އަލިފާނާއި ދުން އަރަމުންދަނީ | އޭޕީ

މޮސްކޯ ސަރަހައްދަށް އަމާޒުކޮށް 600 އަށްވުރެ ގިނަ ޑްރޯން ހަމަލާ ދީފައިވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި މޮސްކޯއަށް އަމާޒުކޮށް 620 އަށްވުރެ ގިނަ ޑްރޯން ހަމަލާ ވަނީ ފޮނުވާލާފަ އެވެ. މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔޫކްރޭނުން ރަޝިޔާގެ ވެރިރަށަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް ބެލެވެ އެވެ.

މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔަނިން ވިދާޅުވި ގޮތުގައި، ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން އަންގާރަ ދުވަހުގެ ފަތިހު 5:00 (ޖީއެމްޓީން 02:00) އާ ހަމައަށް، ވެރިރަށުގެ ސަރަހައްދަށް އަމާޒުވި 180 ޑްރޯން ރަޝިޔާގެ ދިފާއީ ބާރުތަކުން ވަނީ ވައްޓާލާފަ އެވެ. އަދި އޭގެ ފަހުން ވެރިރަށާ ދިމާލަށް ދަތުރުކުރި އިތުރު 17 ޑްރޯން ވައްޓާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރަޝިޔާގެ ދައުލަތުގެ ނިއުސް އެޖެންސީ "ޓާސް" އިން ސިފަކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މޮސްކޯއަށް އަމާޒުކޮށް ދިން އެންމެ ބޮޑު ޑްރޯން ހަމަލާ އެވެ.

މޮސްކޯ ސަރަހައްދުގެ ގަވަރުނަރު އެންޑްރޭ ވޮރޮބްޔޯވް ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވި ގޮތުގައި، މި ޑްރޯން ހަމަލާތަކުގައި 10 އަހަރުގެ އަންހެން ކުއްޖަކާއެކު ޖުމްލަ ތިން މީހަކު ވަނީ ޒަޚަމްވެފަ އެވެ. އޭނާ ވިދާޅުވީ އެންމެ ނުރައްކާތެރި ގެއްލުންތައް ލިބިފައިވަނީ ޕަވްލޮވްސްކީ ޕޮސާޑް ޑިސްޓްރިކްޓަށް ކަމަށާއި، އެތަނުގައި ގެއެއް އަނދާފައިވާ ކަމަށެވެ. މީގެ އިތުރުން ބޮގޮރޮޑްސްކީ ޑިސްޓްރިކްޓްގެ ބައެއް ގޭގެއަށާއި ގެސްޓްހައުސްއަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ ޑްރޯން ހަމަލާތަކުގައި މޮސްކޯގެ އިރުމަތީގައި ހުންނަ، އީ-ކޮމާސްގެ ބޮޑު ކުންފުންޏެއް ކަމަށްވާ "ވައިލްޑްބެރީސް" ގެ ގުދަނަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯންގެ ބައިތައް އިމާރާތުގެ ފާރުގައި ޖެހުމުގެ ސަބަބުން އެތަނުގެ ލޮޖިސްޓިކްސް ކޮމްޕްލެކްސްއަށް "ކުދިކުދި ގެއްލުންތަކެއް" ލިބިފައިވާ ކަމަށެވެ.

ވައިލްޑްބެރީސް ކުންފުންޏަކީ ރަޝިޔާގެ ޑްރޯންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ، ޔޫކްރޭނުން ވަނީ ފާއިތުވި ހަފުތާތަކުގައި އެ ކުންފުނީގެ ގިނަ ގުދަންތަކަކަށް ހަމަލާދީފަ އެވެ. ޔޫކްރޭންގެ

ޚާރްކީވްއިން ފަސް މީހަކު ޒަޚަމްވި

މި ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ވައިގެ ސިފަައިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާއިން ފޮނުވާލި 147 ޑްރޯންގެ ތެރެއިން 111 ޑްރޯން ވަނީ ވައްޓާލާފައި ނުވަތަ ހުއްޓުވާފަ އެވެ.

ޚާރްކީވްގެ ސަރަހައްދީ ގަވަރުނަރު އޮލެހް ސިނިއެހުބޯވް ވިދާޅުވި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ރަޝިޔާއިން އިޒްޔުމް ސިޓީއަށް ދިން ހަމަލާއެއްގައި ނުވަ އަހަރުގެ ފިރިހެން ކުއްޖަކާއެކު ފަސް މީހަކު ވަނީ ޒަޚަމްވެފަ އެވެ. މީގެ އިތުރުން، ރަޝިޔާގެ ޑްރޯންތަކުގެ ސަބަބުން ކީވް ސަރަހައްދުގެ ބްރޮވަރީ ސިޓީގެ އޮފީސް އިމާރާތަކާއި ގުދަންތަކެއްގައި އަލިފާން ރޯވެ ގެއްލުން ލިބިފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އިހޯރް ސަޕޯޒްކޯ ވިދާޅުވި އެވެ.

ހަނގުރާމައިގެ ކުރީ ސަފުގެ ކުރިމަތިލުންތައް ގާތްގަނޑަކަށް ހުއްޓި، މަޝްވަރާތައް މެދުކެނޑިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިނާއި ރަޝިޔާއިން ވަނީ ދުރު ރާސްތާގެ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މީގެ ސަބަބުން އާންމުން މަރުވާ މިންވަރު ވަނީ 2022 ވަނަ އަހަރު ހަނގުރާމަ ފެށުނު ފުރަތަމަ މަސްތަކަށްފަހު އެންމެ މަތީ މިންވަރަކަށް އުފުލިފަ އެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (ޔޫއެން) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމައެކަނި ޖުލައި މަހު ވެސް ޔޫކްރއިންގެ 437 އާންމުން ވަނީ މަރުވެފަ އެވެ. މިއީ 2022 ވަނަ އަހަރުގެ މޭ މަހަށްފަހު އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި މަހެވެ.

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫކްރެއިނުން ދިން ހަމަލާތަކުގައި ޖުލައި މަހު ރަޝިޔާގެ 79 އާންމުން ވަނީ މަރުވެފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ރަޝިޔާ-ޔޫކްރެއިންވައިލްޑްބެރީސްޑްރޯން އެޓޭކްޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026
ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި
16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
13 އޯގަސްޓު 2026

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026
ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
05 އޯގަސްޓު 2026

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ

05 އޯގަސްޓު 2026
ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
04 އޯގަސްޓު 2026

ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

04 އޯގަސްޓު 2026
ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި
03 އޯގަސްޓު 2026

ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

03 އޯގަސްޓު 2026
ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް