Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި

20 އޯގަސްޓު 2026 | ބުރާސްފަތި 10:41

ޣައްޒާގައި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ގާއިމުކުރުމަށް އެމެރިކާއިން 206 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް، އެފަދަ ފައުޖަކަށް އެއްބަސްވި ކަމަށް ދެކެވޭ ވާހަކަތައް އިސްރާއީލުން ވަނީ ދޮގުކޮށްފައި. ހަމާސްގެ ހަތިޔާރު އެއްކޮށް އަތުލުމުގެ ކުރިން އާރާސްތުކުރުމުގެ މަސައްކަތް ނުފެށޭނެ ކަމަށް އިސްރާއީލުން ބުނަމުންދާތީ، ހަނގުރާމަ ހުއްޓާލުމުގެ މަގުޗާޓު ތަންފީޒުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި

ރާއްޖެ އެމްވީ | 20 އޯގަސްޓު 2026 | ބުރާސްފަތި 10:41
ފަލަސްތީނުގެ މެދުތެރޭގައި އޮންނަ ބުރައިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި، ވެއްޓުމުގެ ބިރު ހީވެފައިވާ އިމާރާތްތަކުގެ ފުރާޅުތަކާއި ބައިތައް ނައްތާލުމުގެ މަސައްކަތް، އާދައިގެ އާލާތްތައް ބޭނުންކޮށްގެން މަސައްކަތްތެރިން ކުރަނީ

ފަލަސްތީނުގެ މެދުތެރޭގައި އޮންނަ ބުރައިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި، ވެއްޓުމުގެ ބިރު ހީވެފައިވާ އިމާރާތްތަކުގެ ފުރާޅުތަކާއި ބައިތައް ނައްތާލުމުގެ މަސައްކަތް، އާދައިގެ އާލާތްތައް ބޭނުންކޮށްގެން މަސައްކަތްތެރިން ކުރަނީ | ގެޓީ އިމޭޖަސް

އިސްރާއީލުން ފުނޑުފުނޑުކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ އެއްވެސް މަސައްކަތެއް ފަށާނީ އެ ހަމާސް ޖަމާއަތުގެ އަތުން އެއްކޮށް ހަތިޔާރު އަތުލުމުން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުރާސްފަތި ދުވަހު ސާފުކޮށްދީފި އެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގައި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖުތަކެއް ގާއިމުކުރުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ނަތަންޔާހޫގެ އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖުލައި މަހުގެ ފަހުކޮޅު ވިދާޅުވި ގޮތުގައި ޣައްޒާގެ މައްސަލައިގައި ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، ޓްރަމްޕް ހުށަހެޅުއްވި "ރޯޑްމެޕް" ނުވަތަ މަގުޗާޓު ތަންފީޒުކުރުމުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ހަމާސް ޖަމާއަތުން ބުނެފައިވަނީ އެ މަގުޗާޓު ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަން ތަންފީޒުކުރެވޭނީ އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމުން ކަމަށް އެ ޖަމާއަތުން ޝަރުތުކުރެ އެވެ. އެހެންނަމަވެސް، އިސްރާއީލުން ބުނަމުންދަނީ ހަމާސްގެ ހަތިޔާރު އެއްކޮށް އަތުލައި ނިމުމުގެ ކުރިން ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް ހުއްދަ ނުދޭނެ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭނުގެ ދަށުން، އެ ސަރަހައްދުގައި ގާއިމުކުރާ ސުލްހަ ބަލަހައްޓާ ފައުޖަށް އެހީތެރިވުމުގެ ގޮތުން 206 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަމަޖެއްސުމަށް ގަސްދުކުރާކަން ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮންގްރެސްއަށް އަންގާފަ އެވެ. މިއީ މި މަޝްރޫއަށް އެމެރިކާއިން ކަނޑައެޅި ފުރަތަމަ ބޮޑު ބަޖެޓެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުލައި 30 ވަނަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންގްރެސްއަށް ފޮނުވި ދެ ނޯޓިފިކޭޝަނެއްގައި ބުނެފައިވަނީ، ޣައްޒާގައި ގާއިމުކުރާ ބައިނަލްއަގުވާމީ ފައުޖަށް ބޭނުންވާ ސާމާނާއި، އުމްރާނީ ވަސީލަތްތަކާއި، އުޅަނދުފަހަރުގެ އިތުރުން ހިންގުމުގެ ޚަރަދުތަކަށް 200 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ.

މީގެ އިތުރުން، އެ ފައުޖުގެ ބޭނުމަށް އެމެރިކާގެ އާމަޑް ވެހިކަލްތައް މަރާމާތުކޮށް ބަދަލުތައް ގެނައުމަށް 6.3 މިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ނިންމާފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ފައުޖުން ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ހަތިޔާރު އަތުލުމުގެ މަރުހަލާއަށް އެހީތެރިވުމުގެ އިތުރުން، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީއާއި އާރާސްތުކުރުމަށް ބޭނުންވާ ތަކެތި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގައި އެހީތެރިވާނެ އެވެ. ނަމަވެސް މި ފައުޖު އެކުލެވިގެންވާ ގޮތުގެ އެންމެ ފަހުގެ އޮނިގަނޑާ މެދު އަދިވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ހަނގުރާމަ ހުއްޓާލައި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން "ބޯޑް އޮފް ޕީސް" ގެ ނަމުގައި އިދާރާއެއް އުފައްދަވާފަ އެވެ. މި މަގުޗާޓުގައިވާ ގޮތުން، އިސްރާއީލު ސިފައިން ފައިބާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ ފައުޖަކުން ބަލަހައްޓާނެ އެވެ. އަދި ފަލަސްތީނުގެ އާ ފުލުހުން ތަމްރީނުކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވެސް އެ ފައުޖުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެހެން ނަމަވެސް އިސްރާއީލުން ތަކުރާރުކޮށް ހުރަސްއެޅުމުގެ ސަބަބުން މި ޕްލޭން ކުރިއަށްދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޣައްޒާބެންޖަމިން ނަތަންޔާހޫހަމާސްއިޒްރޭލު-ހަމާސްބޯޑް އޮފް ޕީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
10 އޯގަސްޓު 2026

ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!

10 އޯގަސްޓު 2026
ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި

09 އޯގަސްޓު 2026
ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
08 އޯގަސްޓު 2026

އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް

08 އޯގަސްޓު 2026
އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް
06 އޯގަސްޓު 2026

ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި

06 އޯގަސްޓު 2026
ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
06 އޯގަސްޓު 2026

ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސުލްހައިގެ އަސާސް: ސައުދީ ފޮރިން މިނިސްޓަރު

06 އޯގަސްޓު 2026
ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސުލްހައިގެ އަސާސް: ސައުދީ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް