Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

9 އޯގަސްޓު 2026 | އާދީއްތަ 11:46

ޣައްޒާގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ޕްލޭނަށް އަމަލުކުރަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންކާރު ކުރައްވައިފި. ހަމާސްގެ ހަތިޔާރުތައް އެއްކޮށް އަތުލައި ނިމެންދެން އަސްކަރިއްޔާ ފަހަތަށް ނުޖެހޭނެ ކަމަށާއި، އޭނާގެ ވެރިކަމެއްގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 11:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ 2025 ޑިސެމްބަރު 29 ގައި މާ-އަ-ލާގޯ ކްލަބުގައި ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ 2025 ޑިސެމްބަރު 29 ގައި މާ-އަ-ލާގޯ ކްލަބުގައި ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް

ޣައްޒާގައި ސުލްހަ ގާއިމުކުރުމުގެ ދެވަނަ މަރުހަލާއަށް ދިއުމަށް އެމެރިކާއިން އެކުލަވާލި އެންމެ ފަހުގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި އެވެ. އިސްރާއީލުން ބުނަމުންދަނީ އެ ގައުމުގެ ސިފައިން ޣައްޒާއިން ފޭބުމުގެ ކުރިން ހަމާސްގެ ހަތިޔާރުތައް އެއްކޮށް އަތުލައި، އެ ޖަމާއަތް ނައްތާލަން ޖެހޭނެ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއް ފައްޓަވަމުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އެމެރިކާއިން ހުށަހަޅާފައިވާ 15 ނުކުތާގެ މައްޗަށް އެކުލެވޭ ލިޔުމަށް އިސްރާއީލުން އިންކާރު ކުރާ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ހަމާސްގެ ހަތިޔާރުތައް ހަގީގީ މާނައިގައި އަތުލައި ނިމެންދެން އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއިން އެއްވެސް މިންވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިސްރާއީލުގެ ސިފައިންނާއި ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވުމުގައި އެ ގައުމުގެ އަސްކަރިއްޔާ ދެމިއޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަމާސްގެ ހަތިޔާރު އަތުލުމޭ ބުނާ ބަހުގެ މާނައަކީ ބޮޑެތި ހަތިޔާރާއި، ކުދި ހަތިޔާރާއި، ހުރިހާ ބާވަތެއްގެ ހަތިޔާރެއް އަތުލުން. އަދި އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ހަމައެކަނި ދެއްކުންތެރިކަމެއްގެ ގޮތުން ހަތިޔާރު އަތުލުމުގެ ވާހަކައެއް ނޫން، އެއީ ހަގީގީ މާނައިގައި ހަތިޔާރު އަތުލުން،" ނަތަންޔާހޫ ވިދާޅުވި އެވެ.

މީގެ އިތުރުން ނަތަންޔާހޫ ވިދާޅުވީ މި މައްސަލައިގައި އެމެރިކާއާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެމެރިކާގެ ހުށަހެޅުންތަކުގެ ތެރޭގައި އިސްރާއީލަށް ގަބޫލުކުރެވޭ ކަންތައްތަކާއި ގަބޫލުނުކުރެވޭ ކަންތައްތައް ހުރި ނަމަވެސް، ގަބޫލުނުކުރެވޭ ކަންކަމާ ދެކޮޅަށް ތެދުވާން އިސްރާއީލަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުރިހާ ހިނދަކު، ފަލަސްތީނުގެ ދައުލަތެއް ގާއިމެއް ނުކުރެވޭނެ. އެއީ ޣައްޒާގައި ކަމަށްވިޔަސް ނުވަތަ ހުޅަނގު އައްސޭރީގައި ކަމަށްވިޔަސް،" ނަތަންޔާހޫ ވިދާޅުވި އެވެ.

ޖުލައި މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމާސްއާއި ޣައްޒާގައި ހަރަކާތްތެރިވާ އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަތިޔާރު އަތުލުމަށް ތާރީޚީ އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން އިއުލާން ކުރައްވާފަ އެވެ. މިއީ އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމާސްއާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ރައީސް ޓްރަމްޕް ފުރަތަމަ އިއުލާން ކުރެއްވިތާ މަސްތަކެއް ފަހުން ވީ އިިއުލާނެކެވެ.

ހަމާސްއިން ބުނަމުންދަނީ އެ އެއްބަސްވުމަށް އަމަލުކުރާނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައި، އޮކްޓޯބަރު މަހުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ "ރީނދޫ ރޮނގާ" ހަމައަށް އިސްރާއީލުގެ ސިފައިން ފަހަތަށް ޖެހުމުން ކަމަށެވެ.

ޣައްޒާއިސްރާއީލްހަމާސްބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި

09 އޯގަސްޓު 2026
ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
09 އޯގަސްޓު 2026

ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި

09 އޯގަސްޓު 2026
ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި
08 އޯގަސްޓު 2026

އީރާނާއެކު ކުރަމުންދާ ހަނގުރާމައިން "އަބުރުވެރިކަމާއެކު" އަވަހަށް ސަލާމަތްވެވޭނެ މަގެއް ހޯދުމަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ދަނީ ސިއްރިއްޔާތުގައި މަސައްކަތްކުރައްވަމުން - ސީއެންއެން

އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް

08 އޯގަސްޓު 2026
އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް
08 އޯގަސްޓު 2026

ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް

08 އޯގަސްޓު 2026
ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް
08 އޯގަސްޓު 2026

ކޮލަމްބިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދާއެކު އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

އަހަރެންނަކީ އެންމެ މޮޅު އަދި އެންމެ ރަނގަޅު ރައީސް ކަމަށް ވަރަށް ގިނަ މީހުން ބުނޭ: ޓްރަމްޕް

08 އޯގަސްޓު 2026
އަހަރެންނަކީ އެންމެ މޮޅު އަދި އެންމެ ރަނގަޅު ރައީސް ކަމަށް ވަރަށް ގިނަ މީހުން ބުނޭ: ޓްރަމްޕް
08 އޯގަސްޓު 2026

އީރާން އާއެކު ހަނގުރާމަ އިން ނުކުތުމަށް ސާފު ޕްލޭނެއް ބޭނުންވާ ކަމަށް، އެމެރިކާގެ އަސްކަރީ އިސްވެރިޔާ އަންގަވައިފި

08 އޯގަސްޓު 2026
އީރާން އާއެކު ހަނގުރާމަ އިން ނުކުތުމަށް ސާފު ޕްލޭނެއް ބޭނުންވާ ކަމަށް، އެމެރިކާގެ އަސްކަރީ އިސްވެރިޔާ އަންގަވައިފި
07 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ: ޓްރަމްޕް

07 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް