Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026 | ހޯމަ 01:11

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ސުލްހައިގެ މަޝްރޫއަށް ހަމާސްއިން އެއްބަސްވި ނަމަވެސް، އިސްރާއީލުން އެ ރޭވުމަށް އިންކާރުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅުހަދާތީ އިސްލާމީ އަށް ގައުމަކުން އެކަން ކުށްވެރިކޮށްފި. މި ގައުމުތަކުން ނެރުނު ބަޔާނުގައި އިސްރާއީލުގެ އަމަލުތަކަކީ ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 01:11
2026 އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ޣައްޒާގެ ޝެއިޚް ރަޟްވާން އަވަށުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުން ފުރިފައިވާ މަގަކުން ފަލަސްތީނުގެ އަންހެނަކު ކުޑަކުދިންތަކަކާއެކު ހިނގާފައި ދަނީ.

2026 އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ޣައްޒާގެ ޝެއިޚް ރަޟްވާން އަވަށުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުން ފުރިފައިވާ މަގަކުން ފަލަސްތީނުގެ އަންހެނަކު ކުޑަކުދިންތަކަކާއެކު ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

 އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ސުލްހައިގެ ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ "ރޯޑް މެޕް" އަށް އިސްރާއީލުން އިންކާރުކޮށްފައިވާތީ ސައުދީ އަރަބިއްޔާ އާއި އިސްލާމީ އިތުރު ހަތް ގައުމެއްގެ ފޮރިން މިނިސްޓަރުން އެކަން އާދިއްތަ ދުވަހު ކުށްވެރިކޮށްފި އެވެ.

ސައުދީ އަރަބިއްޔާ، މިސްރު، އުރުދުން، ޕާކިސްތާން، އިންޑޮނޭޝިއާ، ތުރުކީ، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިސް ޑިޕްލޮމޭޓުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ރޯޑް މެޕަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އިސްރާއީލުން ފާޅުގައި ދެކޮޅު ހަދަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލަކީ ސުލްހައިގެ ރޭވުން ތަންފީޒުކުރުމަށް ހުރަސްއެޅުމުގެ އިތުރުން، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދޭ ނުބައި މެސެޖެއް ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ސުލްހައިގެ މަޝްރޫއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ރައީސް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޓްރަމްޕްގެ މި ސުލްހައިގެ ރޭވުމުގައި ގޮވާލާފައިވަނީ ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށެވެ. މީގެ އިތުރުން، އިސްރާއީލުގެ ސިފައިން ޣައްޒާގެ ސަރަހައްދުތަކުން ފޭބުމުން ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމަށާއި، ފަލަސްތީނުގެ އާ މަދަނީ ސަރުކާރެއްގެ ދަށުން ޣައްޒާ އަލުން އާބާދުކުރުމަށްވެސް މި ރޭވުމުގައި ހިމަނާފައިވެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ މި ސުލްހައިގެ ރޭވުމާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ. ނަތަންޔާހޫ މިކަން ހާމަކުރެއްވީ، ހަމާސް އިން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ބާލަން ނުޖެހޭނެ ކަމުގެ ޔަގީންކަން "ބޯޑް އޮފް ޕީސް" އިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ މަތީ ފަންތީގެ މަންދޫބު ނިކޮލާއި މިލަޑެނޯފް ދެއްވާފައި ވަނިކޮށެވެ.

ހަމާސް ޖަމާއަތުން ބުނެފައިވަނީ އަލުން ހަނގުރާމައެއް ފެށުނަ ނުދިނުމަށްޓަކައި އެމެރިކާގެ މި ރޭވުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، މި އެއްބަސްވުން ތަންފީޒުކުރެވޭނީ އިސްރާއީލުން ވެފައިވާ ވައުދުތައް ފުރަތަމަ ފުރިހަމަކުރުމުން ކަމަށާއި، އޭގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި ހަމަލާދިނުން ހުއްޓާލުން ހިމެނޭ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.

ޣައްޒާއިސްރާއީލްހަމާސްބެންޖަމިން ނަތަންޔާހޫފަލަސްތީނު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

12 އޯގަސްޓު 2026
ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ
11 އޯގަސްޓު 2026

އިސްރާއީލްގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ މުބާރާތްތައް ސެޕްޓެމްބަރުގައި އަލުން ފަށަނީ

11 އޯގަސްޓު 2026
އިސްރާއީލްގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ މުބާރާތްތައް ސެޕްޓެމްބަރުގައި އަލުން ފަށަނީ
10 އޯގަސްޓު 2026

ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!

10 އޯގަސްޓު 2026
ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!
09 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި

09 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި
09 އޯގަސްޓު 2026

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

09 އޯގަސްޓު 2026
އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި

09 އޯގަސްޓު 2026
ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
08 އޯގަސްޓު 2026

އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް

08 އޯގަސްޓު 2026
އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް
06 އޯގަސްޓު 2026

ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި

06 އޯގަސްޓު 2026
ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް