Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާމުކަމުގެ ހާއްސަ އިމްތިހާން

މިސްކިތްތަކުގައި އިމާމުންގެ ދަތިކަން ހައްލުކުރަން ހާއްސަ އިމްތިހާނެއް

22 ޖޫން 2026 | ހޯމަ 13:57

ރަށްރަށުގެ މިސްކިތްތަކަށް ދާއިމީ އިމާމުން ނުލިބޭ މައްސަލަ ހައްލުކުރުމަށްޓަކައި، އިމާމުކަމުގެ ހާއްސަ އިމްތިހާނެއް ފުރިހަމަކުރުމުން އެ ވަޒީފާ އަދާކުރެވޭނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި. މި ނިޒާމުގެ ދަށުން އޯލެވެލް ނިންމާ ދަރިވަރުންނަށާއި، ރަސްމީ ކޯހެއް ނެތަސް މިނިސްޓްރީގެ މުގައްރަރަށް ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ. ރާއްޖޭގެ 69 މިސްކިތެއްގައި މިވަގުތު ދާއިމީ އިމާމުން ނެތްއިރު، މި ބަދަލާއެކު މިސްކިތްތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 22 ޖޫން 2026 | ހޯމަ 13:57
އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު | ރައީސް އޮފީސް

ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، އިމާމުކަމުގެ ހާއްސަ އިމްތިހާނެއް ތައާރަފްކޮށް އިމާމުކަން ކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތި ވަގުތީ އިމާމުން ތިބެންޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. މި މައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަށްރަށުގައި މިސްކިތްތައް އިތުރުވުމާއި، އިމާމުކަމުގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ މީހުން ބައެއް ރަށްތަކުގައި މަދުވުން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ރާވާފައިވާ ކަންކަމުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ ވަކި މުގައްރަރެއްގެ ދަށުން ކޮންމެ އަހަރަކު ބާއްވާ އާންމު އިމްތިހާނަކުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.

މި އާ ނިޒާމުގެ ސަބަބުން އިމާމުންގެ ދަތިކަން ހުރި ރަށްރަށަށް ބޭނުންވާ މީހުން ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެ އެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެނިހެން އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އެ މަޝްވަރާތަކަށްފަހު މިކަމުގައި އަމަލުކުރާނެ ގޮތް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 623 މިސްކިތް ހުންނަ އިރު، މީގެ ތެރެއިން ދާއިމީ އިމާމުން ހަމަޖެހިފައިވަނީ 554 މިސްކިތަކަށެވެ. ރާއްޖޭގައި މިވަގުތު 569 ދާއިމީ އިމާމުން ތިބި އިރު މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު 69 މިސްކިތެއްގައި ދާއިމީ އިމާމަކު ނެތެވެ. އަދި ދެ އިމާމުން މަސައްކަތް ކުރަނީ މުޅި ރާއްޖޭގެ އެންމެ 15 މިސްކިތުގަ އެވެ.

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުއިސްލާމިކް މިނިސްޓްރީއިމާމުކަންމިސްކިތް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖޫން 2026

ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި

10 ޖޫން 2026
ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި
05 ޖޫން 2026

އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

05 ޖޫން 2026
އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"
04 ޖޫން 2026

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

04 ޖޫން 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ
24 މެއި 2026

ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ކަމަށް ބުނާ ވާހަކަ މިނިސްޓަރު ޝަހީމް ދޮގު ކުރައްވައިފި

24 މެއި 2026
ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ކަމަށް ބުނާ ވާހަކަ މިނިސްޓަރު ޝަހީމް ދޮގު ކުރައްވައިފި
21 މެއި 2026

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
03 މެއި 2026

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

03 މެއި 2026
އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!
26 އެޕްރީލު 2026

ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

26 އެޕްރީލު 2026
ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި
22 އެޕްރީލު 2026

ކުރިން މިނިސްޓަރަށް ކަމުނުގޮސްގެން ވާހަކަދެއްކެވި ކޮންޓްރެކްޓަރ ލައްވާ އަލުން މަސައްކަތް ފެށިނަމަވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށް މިނިސްޓަރ ޝަހީމް އެއްބަސްވެވަޑައިގެންފި

16 އެޕްރީލު 2026

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

16 އެޕްރީލު 2026
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
01 އެޕްރީލު 2026

އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި

01 އެޕްރީލު 2026
އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް