Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން

27 އޯގަސްޓު 2026 | ބުރާސްފަތި 06:08

އިސްރާއީލާއި އެމެރިކާގެ ހަމަލާތައް އަމާޒުވި ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު އދ. އަށް ދެވޭނީ ހަނގުރާމައިގެ ހާލަތްތަކުގައި އަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމުން ކަމަށް އީރާނުން ބުނެފިއެވެ. އައިއޭއީއޭ އިން ހަމަލާތައް ކުށްވެރިނުކުރާތީ އެ ގައުމުން ފާޑުކިޔާފައިވާއިރު، މި އިންސްޕެކްޝަންތަކަކީ ހަމަލާތަކުން ލިބުނު ގެއްލުން ވަޒަންކުރުމަށް ހިންގާ ޖާސޫސީ އަމަލެއް ކަމަށް އީރާނުން ތުހުމަތުކުރެއެވެ.

ރާއްޖެ އެމްވީ | 27 އޯގަސްޓު 2026 | ބުރާސްފަތި 06:08
މުހައްމަދު އިސްލާމީ - އީރާނުގެ އެޓޮމިކް އެނާޖީ އޭޖެންސީގެ ވެރިޔާ

މުހައްމަދު އިސްލާމީ - އީރާނުގެ އެޓޮމިކް އެނާޖީ އޭޖެންސީގެ ވެރިޔާ | އޭއީއޯއައި

އިސްރާއީލާއި އެމެރިކާއިން ދިން އަސްކަރީ ހަމަލާތަކުގައި ގެއްލުންލިބުނު ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމަށް، ހަނގުރާމައިގެ ހާލަތްތަކުގައި ސައިޓްތައް އިންސްޕެކްޓް ކުރާނެ ވަކި ޚާއްސަ އުސޫލުތަކެއް ކަނޑަނޭޅޭނީސް، އދ. ގެ ނިއުކްލިއާ ވޮޗްޑޯގަށް އެ ފުރުސަތު ނުދެވޭނެ ކަމަށް އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން (އޭއީއޯއައި) ގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

އޭއީއޯއައި އިން ހޯދާފައިވާ އާ އިލްމީ ކުރިއެރުންތައް ދައްކާލުމަށް ބުދަ ދުވަހު ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން މުހައްމަދު އިސްލާމީ ވިދާޅުވީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއެކު އީރާނުން ކުރާ މުއާމަލާތްތައް ބިނާވެފައިވަނީ އެ ގައުމުގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ މައްޗަށް ކަމަށާއި، އެކަން އެ އެޖެންސީއަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އިސްލާމީ ވިދާޅުވި ގޮތުގައި، އަސްކަރީ ހަމަލާތައް އަމާޒުވި ސައިޓްތައް ބަލައި ފާސްކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި، ފާސްކޮށް އަދި އެކަން އަންގާފައި ނުވަނީސް، އެ ތަންތަން އިންސްޕެކްޓް ކުރުމުގެ ހައްގު އޮތް ކަމަށް އައިއޭއީއޭއަށް ދައުވާ ނުކުރެވޭނެކަން އެ އެޖެންސީއަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.

ހަމަލާ އަމާޒުނުވާ މަރުކަޒުތަކުގައި އާންމު އުސޫލުން ކުރިއަށްދާ ރައްކާތެރިކަމުގެ އިންސްޕެކްޝަންތައް މެދުނުކެނޑި ކުރިއަށްދިޔަ ނަމަވެސް، ހަމަލާދީފައިވާ ސައިޓްތަކުގެ ހާލަތު މުޅިން ތަފާތު ކަމަށް އިސްލާމީ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނު އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތެއްގައި ކަމަށާއި، ހަމަނުޖެހުންތައް ނިމުމަކަށް އައިސް އެ ސައިޓްތަކުގެ ސަލާމަތީ ކަންކަން ފުރިހަމައަށް އިއާދަކުރެވިފައިވާ ކަމަށް އަދި ބެލެވެން ނެތް ކަމަށެވެ.

ހަމަލާތަކުގައި އައިއޭއީއޭގެ ބައިވެރިވުން

ފަހަކަށް އައިސް ކުރިމަތިވި ހަމަލާތަކާ ގުޅިގެން އައިއޭއީއޭ އިން އަމަލުކުރި ގޮތަށް އިސްލާމީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހަމަލާ އަމާޒުވި ހުރިހާ މަރުކަޒުތަކަކީ ވެސް މީގެ ކުރިން އދ. ގެ ނިއުކްލިއާ އެޖެންސީގައި ރަޖިސްޓްރީކޮށް، ގަވާއިދުން އިންސްޕެކްޓް ކުރަމުންދިޔަ ތަންތަން ކަމަށެވެ.

އިސްލާމީ އިތުރަށް ވިދާޅުވީ، އެ މަރުކަޒުތަކަށް ދިން އަސްކަރީ ހަމަލާތައް ކުށްވެރިކުރުމަށް ނުވަތަ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އައިއޭއީއޭ ނުކުޅެދުމުން، އެ އެޖެންސީގެ މިނިވަންކަމާއި ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ވޮޝިންޓަނާއި ތެލް އަވީވުން މިހާރު އައިއޭއީއޭ މެދުވެރިކޮށް ގެއްލުންލިބުނު ސައިޓްތަކަށް ވަނުމަށް ކުރާ މަސައްކަތަކީ ނިއުކްލިއާ ރައްކާތެރިކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި، އެއީ ދިން ހަމަލާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރުމަށް (ބެޓްލް ޑެމޭޖް އެސެސްމަންޓް) ހިންގާ ފާޅުކަން ބޮޑު އަމަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މި ފިއްތުންތައް ކުރިމަތިކުރުވާ ހަމައެކަނި ސަބަބަކީ، އެމީހުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން އެ ސައިޓްތަކަށް ވީގޮތް ބަލަން ބޭނުންވުން،" އިސްލާމީ ވިދާޅުވި އެވެ.

އީރާނުގެ ވަކިވަކި ސަރަހައްދުތަކަށް، މިސާލަކަށް ކޫހޭ-ކަލަންގް ސައިޓަށް ބޮން އަޅާނެ ކަމަށް އެމެރިކާގެ ރައީސް ދެއްވާފައިވާ އިންޒާރުތަކަށް ވެސް އޭނާ އަލިއަޅުވާލެއްވި އެވެ. އޭނާ ވިދާޅުވީ މިފަދަ ބަސްމަގަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަކީ އެމެރިކާ އާއި އިސްރާއީލުން ކުޅޭ ކުޅިބައެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއްކަން އަންގައިދޭ "ތާރީޚީ ފިލާވަޅެއް" ކަމަށެވެ.

އީރާނުގެ މި އިސް އޮފިޝަލް ވަނީ ބޭރުގެ ފިއްތުންތަކާއި އިންޒާރުތަކަށް ނުގުޑައި، އައިއޭއީއޭގެ އަމިއްލަ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އެޖެންސީއަށް ގޮވާލައްވާފަ އެވެ.

މަދަނީ ނިއުކްލިއާ ދާއިރާގެ ކުރިއެރުންތައް މެދުނުކެނޑި ކުރިއަށް

އީރާނުގެ މަދަނީ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވަމުން، ދަނޑުވެރިކަމުގެ ދާއިރާގައި ޕްލާޒްމާ ޓެކްނޮލޮޖީ ބޭނުންކުރުން ފުޅާކުރުމަށް އާ އެއްބަސްވުންތަކެއް ގާއިމުކޮށްފައިވާކަން އިސްލާމީ އިއުލާން ކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕްލާޒްމާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުން ގޮދަން އުފެއްދޭ މިންވަރު މަދުވެގެން 30 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ސިއްހީ ދާއިރާއިން ވާހަކަދައްކަވަމުން އިސްލާމީ ވިދާޅުވީ، ޕްލާޒްމާ ބޭނުންކޮށްގެން ފާރުގަނޑު ފަސޭހަކޮށްދޭ 20 ކްލިނިކެއް މިހާރު ހިންގަމުންދާ ކަމަށާއި، ހަކުރު ބަލީގެ ސަބަބުން އުފެދޭ ދާއިމީ ފާރުގަނޑުތަކަށް ފަރުވާ ދިނުމަށް އިތުރު ކްލިނިކްތަކެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމައިގެ ހާލަތުގައި ވައިގެ ދަތުރުފަތުރަށް ބުރޫއެރި ނަމަވެސް، އެއްގަމު މަގުން އެކި ގައުމުތަކަށް ރޭޑިއޯފާމަސޫޓިކަލްސް (ބޭސްވެރިކަމަށް ބޭނުންކުރާ ނިއުކްލިއާ މާއްދާތައް) އެކްސްޕޯޓް ކުރުން އީރާނުން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ. އަދި މިހާރު އަލުން ވައިގެ މަގުން މި ތަކެތި ފޮނުވަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އެމެރިކާ އާއި އެގައުމުގެ ބައިވެރިން ކަމަށްވާ އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުގެ ނުފޫޒާއެކު، އައިއޭއީއޭގެ ބޯޑުން ވަނީ އީރާނުގެ ނިއުކްލިއާ ހަރަކާތްތަކަށް ފާޑުކިޔައި އެތައް ގަރާރެއް ފާސްކޮށްފަ އެވެ.

މި ގަރާރުތަކުގައި އީރާނުގެ އެކި ނިއުކްލިއާ މަރުކަޒުތަކަށް ވަގުތުން ވަނުމުގެ ހުއްދައަށް އެދިފައިވަނީ، އިއުލާންނުކޮށް ހިންގާ ހަރަކާތްތަކެއް ނުވަތަ ވަކި ތަންތަނަކުން ނިއުކްލިއާ މާއްދާތަކުގެ އަސަރު ފެނިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ބައެއް ނިއުކްލިއާ ސައިޓްތަކަށް އަމާޒުކުރުމާއެކު، މި ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ހަމަލާތަކުގެ މަގްސަދަކީ އީރާނުގެ ނިއުކްލިއާ ގާބިލުކަން ނައްތާލުމެވެ.

ހަމަލާތަކަށްފަހު، އައިއޭއީއޭ އިން ފުރަތަމަ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެމެރިކާ އާއި އިސްރާއީލު ރަސްމީކޮށް ކުށްވެރިކޮށްފައެއް ނުވެ އެވެ. ތެހެރާނުން ވަނީ މިއީ އައިއޭއީއޭގެ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ފެއިލްވުން ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އޭގެ ފަހުން، އައިއޭއީއޭގެ ބޯޑް އޮފް ގަވަރުނަރުން ވަނީ ހަމަލާގައި ގެއްލުންލިބުނު ސައިޓްތަކަށް ވަގުތުން ވަނުމުގެ ފުރުސަތު އިންސްޕެކްޓަރުންނަށް ދިނުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.

އީރާނުން ވަނީ މި ހުށަހެޅުން ބޭރުކޮށްލާފަ އެވެ. ތެހެރާނުން ގަބޫލުކުރާ ގޮތުގައި ވޮޝިންޓަނާއި ތެލް އަވީވުން އައިއޭއީއޭ ބޭނުންކުރަނީ އެމީހުންގެ އުދުވާނަށް ގާނޫނީ ސިފައެއް ދިނުމަށާއި، ނިއުކްލިއާ ރައްކާތެރިކަމުގެ ނަމުގައި ހަމަލާއަށްފަހު ލިބުނު ގެއްލުންތައް ބަލައި ޖާސޫސް ކުރުމަށެވެ.

އީރާނުން އިއުލާންކޮށްފައިވަނީ، ގެއްލުންލިބުނު ސައިޓްތައް ކުރިއަށް އޮތް ތަނުގައި އިންސްޕެކްޓް ކުރެވޭނީ، އީރާނުގެ މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ އަދި ހަނގުރާމައިގެ ހާލަތުގައި އެ ގައުމުގެ ސިޔާދަތީ ހައްގުތަކަށް އިހުތިރާމްކުރާ، ދެފަރާތުން އެއްބަސްވާ އާ ސަލާމަތީ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އީރާން-އިސްރާއީލުއީރާން-އެމެރިކާމުޙައްމަދު އިސްލާމީނިއުކްލިއަރ ޕްރޮގްރާމްކޫހޭ-ކަލަންގްއައިއޭއީއޭ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026
އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ
26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026

ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟

25 އޯގަސްޓު 2026
ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟
25 އޯގަސްޓު 2026

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި

25 އޯގަސްޓު 2026
އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި
25 އޯގަސްޓު 2026

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026
އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް
25 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
25 އޯގަސްޓު 2026

އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި

25 އޯގަސްޓު 2026
އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި
24 އޯގަސްޓު 2026

އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު

24 އޯގަސްޓު 2026
އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް