Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026 | ބުދަ 10:33

ރޫބިއޯ ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި އިރާންއާ ދެކޮޅަށް އަޅާނެ އެހެން ފިޔަވަޅުތަކަކަށް ސަމާލުކަން ދެއްވާނެ ކަމަށާއި މި ހަފުތާގެ ކުރީ ކޮޅު އިއުލާންކުރި އިޤްތިސާދީ ފިޔަވަޅުތަކަށް އިސްކަން ދެއްވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2026 | ބުދަ 10:33
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އީރާން އަށް އައު ހަމަލާތަކެއް ދިނުމުގެ ވިސްނުމެއް އެމެރިކާގެ މިވަގުތު ނެތް ކަމަށް އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް އަންގަވާފައިވާ ކަމަށް އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފި އެވެ. 

ރޫބިއޯ ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި އިރާންއާ ދެކޮޅަށް އެހެން ފިޔަވަޅުތަކަކަށް ސަމާލުކަން ދެއްވާނެ ކަމަށާއި، މި ހަފުތާގެ ކުރީކޮޅު އިއުލާންކުރި އިޤްތިސާދީ ފިޔަވަޅުތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލް އިން އީރާން އަށް ހަމަލާތައް ދޭން ފެށީ މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. މިކަމުގެ ސަބަބުން އީރާން ކައިރީގައިވާ ޤައުމުތަކަށާއި، ހުރްމުޒް ކަނޑުއޮޅީގެ ތެރެއިން ދަތުރުކުރާ އުޅަނދު ފަހަރަށް އީރާން އިން ހަމަލާތައް ދީފައިވެ އެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ ތެރޭގައި ދެ ޤައުމުން ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއި ކުރި ނަަމަވެސް، އެއްބަސްވުމާ ޚިލާފަށް ހަމަލާ ބަދަލުކޮށްފައިވެ އެވެ. 

އެމެރިކާ އިން ހޯމަ ދުވަހު އިއުލާންކުރީ އީރާން އާއެކު ވިޔަފާރިކުރާ ޤައުމުތަކާއި، އެކިއެކި ކުންފުނިތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށެވެ. އެމެރިކާ އިން މި ފިޔަވަޅުތައް އެޅުމުގެ މައިގަނޑު މަޤުސަދަކީ، އީރާން ބަލިކަށިކޮށް، އެ ޤައުމު ކުޑަ ކަކޫ ޖެއްސުވުން ކަމަށް އެމެރިކާާ އިން ބުނެފައިވެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ މި ބަޔާނަކީ އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމައަށް ލިބުނު މުހިންމު އެންގުމެއް ކަމަށް ސިފަކޮށްފައިވެ އެވެ. މި ސިޔާސަތުގެ ބަދަލުން އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅުތަކުގެ ބަދަލުގައި އިޤްތިސާދީ ފިޔަވަޅުތަކަށް އިސްކަންދޭން ނިންމާފައިވާކަން ސާފުވެ އެވެ.

ނަމަވެސް މި ސަރަހައްދުގައި ވަރުގަދަ ނޭވީ ހަރަކާތްތަކެއް އެމެރިކާ އިން ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ. ހުރްމުޒް ކަނޑުއޮޅީގައި ތަންފީޒު ކުރަމުންދާ ބްލޮކޭޑަކީ އީރާންގެ އިޤްތިސާދަށް ބާރު ބޮޑު، ނޭދެވޭ އަސަރެއް ކުރާނެ ފިޔަވަޅެކެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާމާކޯ ރޫބިއޯ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް

26 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026

ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟

25 އޯގަސްޓު 2026
ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟
25 އޯގަސްޓު 2026

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި

25 އޯގަސްޓު 2026
އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި
25 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

25 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
25 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް

25 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް
25 އޯގަސްޓު 2026

އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި

25 އޯގަސްޓު 2026
އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި
25 އޯގަސްޓު 2026

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026
އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް