Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026 | އަންގާރަ 07:16

އީރާން އަށް ވަރުގަދަ އިންޒާރު ދެއްވަމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ މި ފިޔަވަޅުތަކާ އެކު އީރާން އަށް ޖެހޭނީ އެ ޤައުމުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ކަަމަށް. އަދި އީރާން އަށް ޖެހޭނީ އެމެރިކާ އަށް ބޯލަނބައި، އެމެރިކާ އިން ބޭނުންވާ ފަދަ އެއްބަސްވުމަކަށް ދާން ކަަމަށް ވެސް ބެސެންޓް ވިދާޅުވި. އެ ނޫން އެހެން އެއްވެސް ގޮތެއް އީރާން އަށް ނޯންނާނެ ކަމަށާއި އެ މިންވަރަށް އީރާންގެ ކަރު ފިއްތާލައި، ނޭވާ ހޮޅި އަށް އަޅުވާނެ ކަމަށް ބެސެންޓް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2026 | އަންގާރަ 07:16
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އިއުލާނު ކުރުމާ އެކު، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އީރާން އަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އެ ފިޔަވަޅުތައް އެމެރިކާ އިން އިއުލާނު ކޮށްފައިވާއިރު، މި ފިޔަވަޅުތަކުގެ ދަށުން އީރާން އާއި އީރާން އަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ވެސް އެމެރިކާ އިން ފިޔަވަޅު އަޅާނެ އެވެ. 

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
Raajje.mv

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

ބެސެންޓް ވިދާޅުވީ ދެން އީރާން އަށް ކުރިމަތިވާނީ އިޤްތިސާދީ ގޮތުން ހިސާބު ބެލުމުގެ ޤިޔާމަތް ދުވަސް ކަމަށެވެ. އަދި އެމެރިކާާ އަކީ ކިހާ ބާރުގަދަ ޤައުމެއް ކަމަށާއި އެމެރިކާާގެ ބާރުވެރިކަން އީރާން އަށް އިހުސާސް ކުރެވޭނެ ކަމަށް ވެސް ބެސެންޓް ވިދާޅުވި އެވެ. އެމެރިކާ އިން މިފަހަރު އީރާންއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ އެފަދަ އިހުސާސެއް ކުރެވޭނެ ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީރާން އަށް ވަރުގަދަ އިންޒާރެއް ދެއްވަމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ މި ފިޔަވަޅުތަކާ އެކު އީރާން އަށް ޖެހޭނީ އެ ޤައުމުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ކަަމަށެވެ. އަދި އީރާން އަށް ޖެހޭނީ އެމެރިކާ އަށް ބޯލަނބައި، އެމެރިކާ އިން ބޭނުންވާ ފަދަ އެއްބަސްވުމަކަށް ދާން ކަަމަށް ވެސް ބެސެންޓް ވިދާޅުވި އެވެ. އެ ނޫން އެހެން އެއްވެސް ގޮތެއް އީރާން އަށް ނޯންނާނެ ކަމަށާއި، އެ މިންވަރަށް އީރާންގެ ކަރު ފިއްތާލައި، ނޭވާ ހޮޅި އަށް އަޅުވާނެ ކަމަށް ބެސެންޓް ވިދާޅުވި އެވެ. 

އެއާ އެކު ބެސެންޓް ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތަކަަށް ގޮންޖަހާ މީހުން ވެސް ޒިންމާދާރު ކުރުވާނެ ކަމަށެވެ. އަދި އެ ފަރާތްތައް ވެސް ހިސާބު ކުރާނެ ކަމަށާއި، އެ އެންމެނަށް ވެސް އަދަބު ދޭނެ ކަމުގެ އިންޒާރު ބެސެންޓް ދެއްވި އެވެ. އީރާން އަށް އެހީތެރިވާ ކޮންމެ ޤައުމަކުން ވެސް އެކަމާ މެދު ވަރަށް ފުންކޮށް ވިސްނުމަށް ބެސެންޓް ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ އީރާން އެކޭ އެއް ފަަދައިން އެއް ޤައުމަށް އެހީތެރިވާ ކޮންމެ ޤައުމެއް ވެސް އިނދަޖައްސާލާނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ހަ މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އެމެރިކާ އިން ބޭނުން ވަނީ އީރާން އިން އަމާން ދިނުމަށެވެ. އެހެން ނަމަވެސް، އެމެރިކާ އާއި އިސްރާއީލްގެ ކުރިމަތީގައި އީރާން އިން އަންނަނީ ސާބިތުކަން ދައްކަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާސްކޮޓް ބެސެންޓް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
25 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް

25 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް
25 އޯގަސްޓު 2026

އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި

25 އޯގަސްޓު 2026
އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި
24 އޯގަސްޓު 2026

އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު

24 އޯގަސްޓު 2026
އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު
24 އޯގަސްޓު 2026

ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

24 އޯގަސްޓު 2026
ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
24 އޯގަސްޓު 2026

ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ

24 އޯގަސްޓު 2026
ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ
23 އޯގަސްޓު 2026

އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން
23 އޯގަސްޓު 2026

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 އޯގަސްޓު 2026

ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ

23 އޯގަސްޓު 2026
ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް