Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026 | އަންގާރަ 06:50

މި އައު ސިޔާސަތުގެ ދަށުން ދުނިޔޭގެ ޤައުމުތަކަށް އޮތީ އެމެރިކާ ނުވަތަ އީރާންއާ ދެމެދު ގޮތެއް ނިންމުން ކަމަށް ބެސެންޓް ފާހަގަ ކުރެއްވި. އީރާން އާއެކު ވިޔަފާރި ކުރާ ފަރާތްތަކަށް "ސެކަންޑަރީ ޕެނަލްޓީ" ނުވަތަ ދެވަނަ ދަރަޖައިގެ އަދަބުތައް ކުރިމަތިވާނެކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2026 | އަންގާރަ 06:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް | ރޮއިޓާސް

އީރާންގެ އިގްތިސާދީ ވަސީލަތްތައް ބަންދުކޮށް، އެ ޤައުމު އެކަހެރި ކޮށްލުމަށްޓަކައި "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އެމެރިކާ އިން ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.

އެމެރިކާގެ ޓްރެޒްރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު އިއުލާން ކުރެއްވި މި ފިއްތުންތަކުގެ މަގުސަދަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި އޮތް ނަމަވެސް އީރާންގެ މާލީ މަސްލަހަތުތަކަށް ހުރަސް އެޅުމެވެ. ބެސެންޓް ވިދާޅުވީ، އީރާން އަށް އާމްދަނީ ލިބޭ ހުރިހާ މަގުތަކެއް، ޚާއްސަކޮށް ތެލުގެ ވިޔަފާރި ހުއްޓުވައި، އެހެން ޤައުމުތަކާއި ކުންފުނިތަކުން އީރާން އާއެކު މުއާމަލާތް ކުރުން ހުއްޓުވާނެ ކަމަށެވެ.

މި އައު ސިޔާސަތުގެ ދަށުން ދުނިޔޭގެ ޤައުމުތަކަށް އޮތީ އެމެރިކާ ނުވަތަ އީރާންއާ ދެމެދު ގޮތެއް ނިންމުން ކަމަށް ބެސެންޓް ފާހަގަ ކުރެއްވި އެވެ. އީރާން އާއެކު ވިޔަފާރި ކުރާ ފަރާތްތަކަށް "ސެކަންޑަރީ ޕެނަލްޓީ" ނުވަތަ ދެވަނަ ދަރަޖައިގެ އަދަބުތައް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ. 

މި ކެމްޕެއިން އަށް "އިކޮނޮމިކް ޑީ-ޑޭ" ގެ ނަން ދެއްވަމުން ބެސެންޓް ވަނީ، މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ބަލި ކުރުމަށް އެލައިޑް ފޯސްތަކުން ފްރާންސް އަށް އެރި އެރުމާ އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައި އެވެ.

އެމެރިކާގެ މި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާންގެ އިގުތިސާދުގެ އެންމެ މުހިންމު ފަސް ދާއިރާ އަކަށެވެ. އެއީ ޑިޖިޓަލް އެސެޓްސް، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ޝިޕިންގްގެ ދާއިރާ އެވެ. މީގެ އިތުރުން ޔޫއޭއީ، ހޮންކޮންގް، ޗައިނާ، ސިންގަޕޫރު އަދި ސްވިޒަލޭންޑް ހިމެނޭހެން ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ 60 ކުންފުންޏަކާއި އުޅަނދަކާއި އަދި ފަރުދުންނާ ދެކޮޅަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވެސް ދުނިޔޭގެ ލީޑަރުންނަށް ގުޅުއްވައި، އީރާން އާއެކު ބާއްވާ ގުޅުންތައް ކަނޑާލުމަށް އެދިވަޑައިގަންނަވަމުންދާ ކަމަށް ޓްރެޒަރީ ސެކްރެޓަރީ ވިދާޅުވި އެވެ.

މި އިގުތިސާދީ ހަނގުރާމަ ފަށާފައި މިވަނީ އީރާން އާއެކު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކަށް ހަ މަސް ފުރެން ކައިރިވެފައި ވަނިކޮށެވެ. އެމެރިކާ އާއި އިސްރާއީލް އިން ދިން ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އޮފިޝަލުންތަކެއް އަވަހާރަވި ނަމަވެސް، އީރާންގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގައި ވަނީ ނާކާމިޔާބުވެފައި އެވެ.

އީރާން އިން ވަނީ މީގެ ރައްދުގައި ސަރަހައްދީ ޤައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާދީ، ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައި، ތެލާއި ގޭހުގެ އަގު އުފުލާލާފައި އެވެ.

އެމެރިކާގެ ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވިދާޅުވީ، މި އިގުތިސާދީ ފިއްތުންތަކާ އެކު އީރާން އަށް މަޖުބޫރުވާނީ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ކަމަަށެވެ. އަދި އިގުތިސާދީ ފިޔަވަޅުތަކުން ނަތީޖާ ނުނިކުމެ، އީރާން އިން އެމެރިކާގެ އަސްކަރިއްޔާ އަށް ގޮންޖަހާ ނަމަ، އަސްކަރީ ހަމަލާތައް ދޭން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާސްކޮޓް ބެސެންޓް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް

25 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް
25 އޯގަސްޓު 2026

އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި

25 އޯގަސްޓު 2026
އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި
24 އޯގަސްޓު 2026

އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު

24 އޯގަސްޓު 2026
އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު
24 އޯގަސްޓު 2026

ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

24 އޯގަސްޓު 2026
ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
24 އޯގަސްޓު 2026

ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ

24 އޯގަސްޓު 2026
ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ
23 އޯގަސްޓު 2026

އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން
23 އޯގަސްޓު 2026

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 އޯގަސްޓު 2026

ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ

23 އޯގަސްޓު 2026
ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
22 އޯގަސްޓު 2026

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

22 އޯގަސްޓު 2026
ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް