Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯބަން ވައިރަސް

ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބޯބަން ވައިރަސް ބަލި ނިއުޔޯކުން ފެނިއްޖެ

3 އޯގަސްޓު 2026 | ހޯމަ 14:52

"ލޯން ސްޓާ ޓިކް" ނަމަކަށް ކިޔާ ސޫތްޕެއްގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި "ބޯބަން ވައިރަސް" ނިއުޔޯކުން ފެނުމާ ގުޅިގެން، މި ބަލި މިހާރު ބެލެވިފައިވާ މިންވަރަށް ވުރެ ބޮޑަށް ފެތުރިފައި އޮތުމުގެ ބިރު އޮތް ކަމުގެ އިންޒާރު ދިރާސާކުރާ ފަރާތްތަކުން ދީފި. މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު، ބަލި ދެނެގަތުމަށް ކުރާ ތަހުލީލުތައް އިތުރަށް ފުޅާކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައި

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 14:52
ބޯބަން ވައިރަސް ޖައްސާ ސޫތްޕެއް މީހެއްގެ އިނގިލީގެ ކޮޅުގައި

ބޯބަން ވައިރަސް ޖައްސާ ސޫތްޕެއް މީހެއްގެ އިނގިލީގެ ކޮޅުގައި | އިންސްޕިރާ ހެލްތް

ނިއުޔޯކުން ފުރަތަމަ ފަހަރަށް "ބޯބަން ވައިރަސް" ޖެހިފައިވާ މީހަކު ފެނިފައިވާކަން ކަށަވަރުވުމާ ގުޅިގެން، ތަންމަކުނު ފާޑުގެ ކުދި ސޫތްޕެއް ނުވަތަ "ޓިކް" ގެ ޒަރީޢާއިން ފެތުރޭ މި ނުރައްކާތެރި ބަލި މިހާރު ބެލެވިފައިވާ މިންވަރަށް ވުރެ ބޮޑަށް ފެތުރިފައި އޮތުމުގެ ބިރު އޮތް ކަމުގެ އިންޒާރު ދިރާސާކުރާ ފަރާތްތަކުން ދީފި އެވެ. އަދި މި ބަލި ދެނެގަތުމަށް ކުރާ ތަހުލީލުތަކާއި ބަލި މޮނިޓަރކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

ކެންސަސްގެ ބޯބަން ކައުންޓީން 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން އެ ސަރަހައްދަށް ނިސްބަތްކޮށް ނަން ދީފައިވާ މި ވައިރަސް ފެތުރެނީ "ލޯން ސްޓާ ޓިކް" ކިޔާ ސޫތްޕެއްގެ ޒަރީޢާއިން ކަމަށް ބެލެވެ އެވެ. މި ބަލިން ރައްކާތެރިވުމަށް ބޭނުންކުރާނެ ވެކްސިނެއް ނުވަތަ ބައްޔަށް ފަރުވާކުރާނެ ވަކި ޚާއްޞަ ބޭހެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ވަރުބަލިވުން، ހަމުގައި ބިހި ނެގުން، ބޮލުގައި ރިއްސުން، ހަށިގަނޑުގެ މަސްތަކުގައި ރިއްސުން، މޭނުބައިކުރުން އަދި ހޮޑުލުން ހިމެނެ އެވެ.

Advertisement - newsAdvertisement

މި ވައިރަސް ފެނުނު ފަހުން މިހާތަނަށް އިންސާނުންގެ ގަޔަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެންމެ ހަ ކޭސް އެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ އެމެރިކާގެ މެދުތެރޭގެ ސަރަހައްދުތަކުންނެވެ. މި ބަލި ޖެހުނުކަން އެންމެ ފުރަތަމަ އެނގުނު މީހާ، 2014 ވަނަ އަހަރު ކެންސަސްގައި ވަނީ މަރުވެފަ އެވެ.

ސްޓޯނީ ބްރޫކް މެޑިސިންއިން މިދިޔަ މަހު ނެރުނު ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް މި ހޫނު މޫސުމާއި ކުރިއަށް އޮތް އަހަރުތަކުގައި ބޯބަން ވައިރަސް ފެތުރޭ މިންވަރު އިތުރުވެއްޖެނަމަ، ބަލިތައް ދެނެގަތުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ 2019 އާއި 2024 އާ ދެމެދު ސަފޯކް ކައުންޓީގައި މި ސޫފި ހެފުމުގެ ސަބަބުން ހުން އައުމާއި އެހެނިހެން އަލާމާތްތައް ފެނުނު 107 ބަލިމީހެއްގެ ލޭގެ ސާމްޕަލް ދިރާސާކޮށްފަ އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގައި ބޯބަން ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީޒް ހުއްޓެވެ.

މި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ލޯންގް އައިލެންޑަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނަކަށް، 2021 ވަނަ އަހަރު "ލޯން ސްޓާ ޓިކް" ހެފުމާ ގުޅިގެން ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެނި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ފުރަތަމަ ބެލެވުނީ އޭނާއަށް ޖެހިފައިވަނީ "ލައިމް ޑިޒީޒް" ކަމަށެވެ. އެހެންކަމުން އެ ބައްޔަށް ފަރުވާކުރުމަށް "ޑޮކްސީސައިކްލިން" ދިން ނަމަވެސް، އޭނާގެ ވަރުބަލިކަމާއި ބޮލުގައި ރިއްސުމަށް އެއްވެސް ލުޔެއް ނުލިބުނެވެ. ފަހުން އޭނާ ބަލިން މުޅިން ފަސޭހަވި ނަމަވެސް، އޭނާގެ ޓެސްޓުތައް އަލުން ބެލިއިރު، އެއް މަސް ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ހުރި ބޯބަން ވައިރަސް އެންޓިބޮޑީގެ މިންވަރު އަށް ގުނަ އިތުރުވެފައިވާކަން ފާހަގަކުރެވުނެވެ. މިއީ އޭނާއަށް އެ ވައިރަސް ޖެހިފައިވާކަން ކަށަވަރުވި ހެއްކެކެވެ.

ސްޓޯނީ ބްރޫކް މެޑިސިންގެ ޕްރޮފެސަރު އަދި ޓިކް-ބޯން ޑިޒީޒް ކްލިނިކްގެ ޑިރެކްޓަރު ޑރ. ލުއިސް މާކޯސް ވިދާޅުވި ގޮތުގައި، ނިއުޔޯކާއި އެމެރިކާގެ އިރުއުތުރު ސަރަހައްދުތަކުގައި "ލޯން ސްޓާ ޓިކް" ވަރަށް ގިނަ އެވެ. އެ ސަރަހައްދުތަކުގައި މީހުން ގިނަ އަދަދަކަށް ދިރިއުޅޭއިރު، ބޯބަން ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކަކީ މިފަދަ ސޫފިތަކުގެ ޒަރީޢާއިން ފެތުރޭ އެހެން ބަލިތަކާ ވަރަށް އެއްގޮތް އަލާމާތްތަކެކެވެ.

މި ސަބަބުތަކަށްޓަކައި، ބޯބަން ވައިރަސް މި ސަރަހައްދުގައި ފެތުރިފައިވާ މިންވަރު މިހާރު ބެލެވިފައިވާ މިންވަރަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށާއި، ބަލި ޖެހިފައިވާ އެހެން މީހުންވެސް ބަލި ދެނެނުގަނެވި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. މާކޯސް ފާހަގަކުރެއްވި އެވެ.

މި ބަލި ދެނެގަތުމަށް ބޭނުންކުރާނެ ވިޔަފާރި އުސޫލުން އުފައްދާފައިވާ ޓެސްޓެއް މިހާރު ނެތްއިރު، ނިއުޔޯކުގައި މި ބަލި ހުރިކަމަށް ޝައްކުކުރެވޭ ސާމްޕަލްތައް ފޮނުވަން ޖެހެނީ ޚާއްޞަ ތަހުލީލުތައް ކުރުމަށްޓަކައި ސްޓޭޓް ޑިޕާޓްމަންޓް އޮފް ހެލްތަށެވެ. ދިރާސާކުރާ ފަރާތްތަކުން ވަނީ ބަލި މޮނިޓަރކުރުމާއި ޓެސްޓުކުރުން ފުޅާކުރުމަށް ގޮވާލާފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ބަލި ޖެހެން މެދުވެރިވާ ސަބަބު ދެނެނުގަނެވޭ ނަމަ، ސައްހަ ތަހުލީލުތަކެއް ނުވަތަ ފައިދާހުރި ފަރުވާއެއް ހޯދުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

"ލޯން ސްޓާ ޓިކް" އަކީ އާންމުކޮށް ރަތް މުށި ކުލައެއްގައި ހުންނަ، ލޭ ބޯ، ނުރައްކާތެރި ސޫތްޕެކެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނާ ގޮތުގައި، މި ސޫފީގެ އަންހެން އެއްޗެހީގެ ބުރަކަށީގައި ހުދު ކުލައިގެ ތިއްކެއް އިނުމުން އެ އެއްޗެހި ވަކިކުރަން އެނގެ އެވެ. އިންސާނުންގެ ގައިގައި ދަތްއަޅައި ބަލި ފަތުރަނީ މީގެ އަންހެން އެއްޗެއްސެވެ.

ކުރިން އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކުން އެކަނި ފެންނަ މި ސޫފި، މިހާރު ވަނީ އެމެރިކާގެ އިރުމަތީގެ ގިނަ ސަރަހައްދުތަކަށް ފެތުރިފަ އެވެ. އަދި މިހާރު އުތުރުގެ މެއިން ސްޓޭޓާ ހަމައަށްވެސް މި ސޫފި ވަނީ ފެނިފަ އެވެ. މީގެ ދަތް އެޅުމުގެ ސަބަބުން "އާލިކިއޯސިސް"، "ހާޓްލޭންޑް ވައިރަސް" އަދި "ޓިއުލަރީމިއާ" ފަދަ ބަލިތައް ފެތުރެ އެވެ. މީގެ އިތުރުން، ހަމުގައި ބިހި ނެގުމާއި، އެއްގަމު މަސް (ރެޑް މީޓް) ކެއުމުން އެލާޖިކްވާ "އަލްފާ-ގަލް ސިންޑްރޯމް" އާ ވެސް މި ސޫފި ވަނީ ގުޅިފަ އެވެ.

ބޯބަން ވައިރަސްލޯން ސްޓާ ޓިކްސިއްހަތުބަލި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ

03 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ
02 އޯގަސްޓު 2026

ކަށިތައް ވަރުގަދަކުރުމަށް ހިއްކި މޭވާ އާއި ސޯޔާ ވަރަށް މުހިންމު

02 އޯގަސްޓު 2026
ކަށިތައް ވަރުގަދަކުރުމަށް ހިއްކި މޭވާ އާއި ސޯޔާ ވަރަށް މުހިންމު
29 ޖުލައި 2026

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

29 ޖުލައި 2026
ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި
28 ޖުލައި 2026

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި

28 ޖުލައި 2026
ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
19 ޖުލައި 2026

ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން

19 ޖުލައި 2026
ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން
16 ޖުލައި 2026

އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ

16 ޖުލައި 2026
އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ
08 ޖުލައި 2026

މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި

08 ޖުލައި 2026
މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި
07 ޖުލައި 2026

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

07 ޖުލައި 2026
އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް