Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުވެކްސިން

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026 | އަންގާރަ 02:53

އެމެރިކާގައި ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު 18 އިން 11 އަށް މަދުކުރުމަށް ރައީސް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ސިއްހީ މާހިރުންނާއި ސިޔާސީ ބޭފުޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި. ވެކްސިން ދިނުން ލަސްކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާހިރުން ބުނާއިރު، މި ނިންމުމަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށް އެ ފަރާތްތަކުން ފާހަގަކުރޭ

ރާއްޖެ އެމްވީ | 11 އޯގަސްޓު 2026 | އަންގާރަ 02:53

ވީޑީއޯ: ކުޑަކުދިންނަށް ދޭ ވެކްސިނާއި އޯޓިޒަމްއާ ގުޅުމެއް އޮންނަކަމަށް ބުނެ، ސައިންޓިފިކް ގޮތުން ދޮގުކުރެވިފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފި | އާރްއެސްބީއެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމަށާއި، ހިިިމަބިހި، މަމްޕްސް އަދި ރުބެއްލާ (އެމްއެމްއާރު) އަށް ދޭ ވެކްސިން ވަކިވަކިން ދިނުމަށް އިރުޝާދުދޭ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިން ކުޑަކުދިންނަށް ދެނީ މިހާރު ދޭ ވެކްސިންތަކުގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އަދި އެ ދުވަސްވަރު މީހުންގެ ސިއްހަތު މާ ރަނގަޅު ކަމަށާއި، މިހާރު ފެންނަ އޯޓިޒަމްގެ މައްސަލަތައް އޭރު އެހާ ބޮޑަށް ކުރިމަތިވެފައި ނުވާ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

އެމްއެމްއާރު ވެކްސިންގެ ރައްކާތެރިކަމާ މެދު ރައީސް ޓްރަމްޕް މީގެ ކުރިން ވެސް ޝައްކު އުފައްދަވާފައިވީ ނަމަވެސް، އެކި ދިރާސާތަކުން ދައްކާ ގޮތުގައި އެ ވެކްސިނާއި އޯޓިޒަމާ ދެމެދު އެއްވެސް ގުޅުމެއް ނެތެވެ.

މި ގަރާރުގައި ލަފާދީފައިވަނީ އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް (އޭއޭޕީ) އިން މިހާރު ދިނުމަށް އިރުޝާދުދޭ 18 ވެކްސިންގެ ބަދަލުގައި، ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު 11 އަށް މަދުކުރުމަށެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ސަރުކާރުން ބަލައިގަންނަނީ އެންމެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ދޭ އެންމެ މުހިންމު 11 ވެކްސިން ކަމަށެވެ.

މި ގަރާރުގެ ދަށުން ހުރިހާ ކުދިންނަށް ދިނުމަށް ލަފާދީފައިވާ ވެކްސިންތަކަކީ ހިމަބިހި (މީސަލްސް)، މަމްޕްސް، ރުބެއްލާ، ޑިފްތީރިއާ، ޓެޓްނަސް، ހޯއްގޮވާ ކެއްސުން (ޕާޓޫސިސް)، ޕޯލިއޯ، ހީމޯފިލަސް އިންފްލުއެންޒާ ޓައިޕް ބީ، ނިއުމޯކޯކަލް ބަލިތައް، ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) އަދި ފާނަބަސަންދު (ޗިކަންޕޮކްސް) އެވެ.

"އަޅުގަނޑުމެން މިދަނީ ވެކްސިންގެ އަދަދު މަދުކުރަމުން،" ޓްރަމްޕް ވިދާޅުވިއެވެ. "މިއީ ހަމައެކަނި ވެކްސިންގެ އަދަދު މަދުކުރުމެއް ނޫން، މި ވެކްސިންތައް ދޭނީ ވެސް އެކި ފަހަރު މަތިން ޑޮކްޓަރަށް ދައްކައިގެން."

އެމްއެމްއާރު ވެކްސިން އެއްފަހަރާ ދިނުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެއީ ކުއްޖެއްގެ ހަށިގަނޑަށް އެއްފަހަރާ ސޯޑާ ފުޅިއެއް އޮއްސާލުން ކަހަލަ ކަމެއް ކަމަށެވެ. ނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިންތައް ދިނުން ލަސްކުރުމުން އެ ދޭތެރޭގެ މުއްދަތުގައި ބަލިޖެހުމުގެ ފުރުސަތު ބޮޑުވެ، ވެކްސިން ފުރިހަމަކުރުމަށް ޑޮކްޓަރަށް ދެއްކުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ އެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި، އެމްއެމްއާރު ވެކްސިން ތިން ފަހަރަށް ބަހާލައިގެން ދިނުމުން ލިބޭނެ އެއްވެސް އިތުރު ފައިދާއެއް ސައިންޓިފިކް ދިރާސާއަކުން މިހާތަނަށް ފެންނާކަށް ނެތެވެ.

އެ އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި، އެމްއެމްއާރު ވެކްސިން ޖަހާ ގިނަ މީހުންނަށް އެއްވެސް ސީރިއަސް މައްސަލައެއް ކުރިމަތިނުވެ އެވެ. އަދި ވެކްސިން ނުޖަހައި ހުރުމަށްވުރެ، ވެކްސިން ޖެހުމުން ހިމަބިހި ފަދަ ބަލިތަކުން ލިބޭ ރައްކާތެރިކަން މާ ބޮޑެވެ.

ޓްރަމްޕް ސަރުކާރުގެ ހެލްތު އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް) ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ ވިދާޅުވީ، މި ބަދަލުތަކުގެ މަގްސަދަކީ ބެލެނިވެރިންނަށް އިޚްތިޔާރު ދިނުން ކަމަށާއި، ވެކްސިން ދިނުން ހުއްޓުވުން ނޫން ކަމަށެވެ.

2025 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކެނެޑީ ގެންދަވަނީ ވެކްސިންގެ ގަވާއިދުތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. މިދިޔަ ހަފުތާގައި ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ކެނެޑީ ވިދާޅުވީ، އެމްއެމްއާރު ވެކްސިންގެ ފައިދާއާ މެދު އޭނާ ދުވަހަކުވެސް ސުވާލު އުފައްދާފައި ނުވާނެ ކަމަށެވެ.

ޓްރަމްޕް ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި އާ ގަރާރުގެ ސަބަބުން ކުރިން ދެމުން އައި 72 ޑޯޒްގެ ބަދަލުގައި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންގެ ޖުމްލަ އަދަދު ވަރަށް ބޮޑަށް މަދުވާނެއެވެ.

ނަމަވެސް، ވެކްސިން މާހިރުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި، 72 ޑޯޒްގެ ވާހަކައަކީ އޮޅުވާލުމެކެވެ. އެ އަދަދު ގުނާފައިވަނީ އެމްއެމްއާރު ފަދަ އެއްކޮށްލައިގެން ދޭ ވެކްސިންތަކަކީ ވަކިވަކި އިންޖެކްޝަންތަކެއްގެ ގޮތުގައި ބަލައިގެންނާއި، ކޮންމެ އަހަރަކު ދޭ ފްލޫ ވެކްސިނާއި ކޮވިޑް ވެކްސިން ވެސް ހިމަނައިގެންނެވެ.

އެމެރިކާގެ ފެޑަރަލް ސަރުކާރަށް މި އިރުޝާދުތައް މަޖުބޫރުކުރުވުމުގެ ބާރެއް ނޯވެ އެވެ. ސްކޫލްތަކަށް ވަނުމަށް ބޭނުންވާ ވެކްސިންތައް ކަނޑައަޅަނީ އެމެރިކާގެ ވަކިވަކި ސްޓޭޓްތަކުންނެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްގެ ރައީސް ޑރ. އެންޑްރޫ ރަސީން، ޓްރަމްޕްގެ މި ގަރާރަކީ "މާޔޫސްކުރުވަނިވި" އަދި "ނުރައްކާތެރި" ނިންމުމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ނިންމުން މި އައީ އެމެރިކާގައި ހިމަބިހި ޖެހޭ މިންވަރު ފާއިތުވި 35 އަހަރު ތެރޭގައި ނުދާހާ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

"އާއިލާތަކަށް ބޭނުންވާ މުހިންމު ވެކްސިންތައް ފޯރުކޮށްދިނުމުގެ ބަދަލުގައި، ސަރުކާރުގެ އިސްވެރިން މިދަނީ ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުން،" ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ރަސީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ބޮޑު ބަދަލެއް ގެންނަންޖެހޭ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ކަމަށާއި، މި ގަރާރަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމަށެވެ.

"ވެކްސިން ދިނުން ލަސްކުރުމަކީ ނުރައްކާތެރި ކަމެއް. ޚާއްސަކޮށް ހިމަބިހި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުދިން ސްކޫލަށް ދާން ފެށުމުން މި ނުރައްކާ ބޮޑުވާނެ،" ރަސީން ވިދާޅުވިއެވެ.

ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ބިލް ކެސިޑީ ވެސް ވަނީ ޓްރަމްޕްގެ މި ގަރާރަށް ފާޑުވިދާޅުވެ، އެއީ "ގޯސް" ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

"މިފަދަ ބަދަލުތައް ގެނައުމުގެ ފަންނީ ގާބިލުކަމެއް ރައީސްގެ ކިބަޔަކު ނެތް،" ޑޮކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ކެސިޑީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ. "ވެކްސިންތަކަކީ ރައްކާތެރި އަދި ނަތީޖާ ފެންނަ އެއްޗެއް. ވެކްސިން ޖެހުމަކުން އޯޓިޒަމެއް ނުޖެހޭނެ."

ސެނެޓްގެ ހެލްތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ކެސިޑީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަތީ، ހަގީގަތާ ޚިލާފު ގަރާރަކަށް ތަބާވުމުގެ ބަދަލުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދު ގަބޫލުކުރުމަށެވެ.

މާހިރުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، ވެކްސިނާއި އޯޓިޒަމާ ގުޅުން ހުރި ކަމަށް ބުނާ ދޮގު ވާހަކަތަކުގެ ސަބަބުން ބެލެނިވެރިން ވެކްސިން ނުޖަހައިފިނަމަ، ނެތިގޮސްފައިވާ ނުރައްކާތެރި ބަލިތައް އަލުން ފެތުރިގެން ހިނގައިދާނެ އެވެ.

އެމްއެމްއާރު ވެކްސިނާއި އޯޓިޒަމާ އެއްވެސް ގުޅުމެއް ނެތްކަން ގިނަ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ޑެންމާކުގައި 657,461 ކުދިން ބޭނުންކޮށްގެން ހެދި ބޮޑު ދިރާސާއަކުން ވެސް ދައްކާފައިވަނީ، ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ބުނާ ވާހަކައަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެމެރިކާގެ ސީޑީސީގެ ވެބްސައިޓުގައިވާ ގޮތުން، ކުޑަކުދިންނަށް އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ދޭންޖެހެ އެވެ. އެއީ 12 މަހާއި 15 މަހާ ދެމެދު ފުރަތަމަ ޑޯޒް، އަދި 4 އަހަރާއި 6 އަހަރާ ދެމެދު ދެވަނަ ޑޯޒެވެ.

އޭއޭޕީ އިން ބުނާ ގޮތުގައި، ވެކްސިން ދޭނެ ވަގުތާއި އަދަދު ކަނޑައަޅާފައިވަނީ ކުއްޖާގެ ދިފާއީ ނިޒާމަށް އެންމެ ފައިދާހުރި ގޮތަށާއި، ބަލިތަކުގެ ނުރައްކާ އެންމެ ބޮޑުވާ އުމުރަށް ބަލައިގެންނެވެ.

އެހެންކަމުން، ވެކްސިން ދިނުން ލަސްކުރުމަށް ނުވަތަ ބައެއް ވެކްސިންތައް ދޫކޮށްލުމަށް އެއްވެސް ސިއްހީ ސަބަބެއް ނެތް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ޓްރަމްޕްގެ ގަރާރުގައި ވެކްސިން ތައްޔާރުކުރުމުގައި ބޭނުންކުރާ އެލުމިނިއަމްގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވޭތޯ ބެލުމަށާއި، އެއީ މާ ރައްކާތެރި ގޮތެއްތޯ ތަހުލީލުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

މިއީ ވެކްސިންގައި ހުންނަ އެލުމިނިއަމް ސޯލްޓްގެ ސަބަބުން އޯޓިޒަމާއި ސިއްހީ އެހެނިހެން މައްސަލަތައް ކުރިމަތިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ގެނައި ބަދަލެކެވެ.

ނަމަވެސް އޭއޭޕީ އިން ބުނަނީ މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ވެކްސިންގައި ހުންނަ އެލުމިނިއަމްގެ މިންވަރަކީ ސިއްހަތަށް ނުރައްކާވާ ވަރުގެ މިންވަރެއް ނޫންކަން ދިރާސާތަކުން ވަނީ ކަށަވަރުވެފަ އެވެ.

ވެކްސިންގައި ވަރަށް ކުޑަ މިންވަރަކަށް އެލުމިނިއަމް ސޯލްޓް ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންކުރާ އެއްޗެކެވެ. މީގެ ސަބަބުން ވެކްސިން ދޭންޖެހޭ މިންވަރާއި އަދަދު މަދުކުރެވޭ ކަމަށް އޭއޭޕީ އިން މައުލޫމާތުދެ އެވެ.

ޑޮނަލްޑް ޓްރަމްޕްއެމް.އެމް.އާރް ވެކްސިންރޮބަޓް ކެނެޑީ ޖޫނިއަރއޯޓިޒަމްސީޑީސީއެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސްވެކްސިންސިއްހަތު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް

22 އޯގަސްޓު 2026
ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް
22 އޯގަސްޓު 2026

އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް

22 އޯގަސްޓު 2026
އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026

މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި

22 އޯގަސްޓު 2026
މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
20 އޯގަސްޓު 2026

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

20 އޯގަސްޓު 2026
ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި
20 އޯގަސްޓު 2026

އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު

20 އޯގަސްޓު 2026
އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް