Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދު

ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް

23 އޯގަސްޓު 2026 | އާދީއްތަ 07:11

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ބައި އަލުން ބަލަން ހައިކޯޓުން އެންގުމާ ގުޅިގެން ބޭއްވި އަޑުއެހުމުގައި، ސިއްރު ހެކިވެރިޔަކު ދިން ބަޔާން އަނބުރާ ނުގެންދެވޭނެ ކަމަށް ދައުލަތުން ބުނެފި. ދައުލަތުން ފާހަގަކުރި ގޮތުގައި ހެކިބަސް ދިންތާ ދެ އަހަރު ފަހުން ސިޓީއެއް މެދުވެރިކޮށް ހެކިބަސް އަނބުރާ ގެންދަން އުޅުނީ ނުފޫޒެއް އޮވެގެން ކަމަށް ބެލެވޭތީ، އެ ސިޓީއަށް ރިއާޔަތް ނުކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އޯގަސްޓު 2026 | އާދީއްތަ 07:11
ޔާމީން ރަޝީދު

ޔާމީން ރަޝީދު | ޓްވިޓަރ

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ދައުލަތުގެ ސިއްރު ހެކިވެރިޔަކު ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެކަމަށް ދައުލަތުން ބުނެފި އެވެ.

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދު އާއި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އާއި މ. ތާއިފް އިސްމާއީލް ރަޝީދު އާއި މ. ކުދެހިގެ ހަސަން ޝިފާޒް އާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމްކޮށް ނިންމާފައިވަނީ ދައުވާލިބޭ ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށެވެ.

ހައިޝަމްއާއި ޒިހާންގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމާފައިވަނީ މައްސަލަ އަލުން ބަލައި، ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ބޭއްވި އަޑުއެހުމުގައި ސިއްރު ހެކިވެރިޔާގެ ސިޓީއާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ނިމި، ހުކުމް ކުރުމަށް ތާވަލުކޮށްފައި ވަނިކޮށް ސިއްރު ހެކިވެރިއެއްގެ ކުއްލި ސިޓީއެއް އޭރުގެ އިސްގާޒީ އަހުމަދު ޝަކީލަށް ލިބިވަޑައިގަތެވެ.

އެކަން އޭރު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ ސާފު ކޮށްދެއްވާފަ އެވެ.

ގާޒީ ވިދާޅުވީ، އެ ސިޓީން ސިއްރު ހެކިވެރިޔާއަށް މަޖުބޫރީ ހާލަތެއް މެދުވެރިވި ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށެވެ. އަދި އޭރުގެ ހެއްކާބެހޭ ޤާނޫނުގައި ހެކިބަހުން ރުޖޫއަވެވޭނެ ގޮތެއް ނެތްއިރު، މިއީ ޤާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައިދެވެންޖެހޭ ކަމެއްކަމަށް ހުކުމް ކުރެއްވިއިރު ގާޒީ ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގައި ދައުލަތުން ވެސް އޭރު ވަނީ ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވައި، ބިރު ދައްކާކަމަށް ބަޔާންކޮށް ލިއެކިއުންތަކެއް ހުށައަޅާފަ އެވެ. އެ ލިއެކިއުންތަކަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ އެ ސިޓީއަށް ރިއާޔަތް ނުކުރައްވައި ހުކުމާއިގެން ކުރިއަށް ވަޑައިގެންނެވުމަށެވެ.

އެކަމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިވެރިޔާ ސިޓީ ހުށަހެޅީ ހެކިބަސް ނެގުމަށްފަހު ދެ އަހަރު ފަހުން ކަމަށާއި ހެކިބަސް ދިންއިރު ވެސް އެކަންކަން ފާހަގަކުރެވެން އޮތް ކަމަށެވެ.  

ޔާމިން ރަޝީދުއިސްމާއިލް ހައިޝަމް ރަޝީދުއަހުމަދު ޒިހާން އިސްމާއީލްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

19 އޯގަސްޓު 2026
މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
13 އޯގަސްޓު 2026

ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

13 އޯގަސްޓު 2026
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި
10 އޯގަސްޓު 2026

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

10 އޯގަސްޓު 2026
ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް