Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާ ތަކެތި

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026 | ހުކުރު 13:42

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ރާއިފްގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ވަނީ ޖަހާފައި. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުށަހަޅާފައިވާއިރު، އޭނާއަކީ އޯޓިސްޓިކް މީހަކަށްވާތީ ނަފްސާނީ އެސެސްމަންޓެއް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2026 | ހުކުރު 13:42
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.

ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް. | ރާއްޖެއެމްވީ

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހަކީ، އޯޓިސްޓިކް މީހެއް ކަމަށާއި، ކުޑައިރުން ފެށިގެން ފަރުވާ ހޯދާތީ، މިހާރު ވެސް އޭނާ ގެ ނަފުސާނީ ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް ދިފާއުން ކޯޓުގައި ބުނެފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ލ.ކަލައިދޫއަށް އުފަން، 30 އަހަރުގެ އަބްދުﷲ ރާއިފް އެވެ. މިމަހުގެ 9 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާ ގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފަ އެވެ. 

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ކުރި އަމުރުން އެނގޭ ގޮތުގައި، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ކޯޓަށް ފުލުހުން ވަނީ ހުށަހަޅާފަ އެވެ.

އޭގެތެރޭގައި، ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއި، އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސަރ ރިޕޯޓުތައް ހިމެނެ އެވެ. އަދި، އޭނާ ގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލް ރިޕޯޓު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އޭނާ އަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮންނަ މީހެއްކަން ވެސް ކޯޓު އަމުރުން އެނގެ އެވެ. 

މި މައްސަލައިގައި ރާއިފްއާ ގުޅުންހުރި އިތުރު ތަންތަން ބަލައި ފާސްކޮށް މަސްތުވާތެކެތި ފެނިފައިވާ ކަމަށާއި، އޭނާއާ މިހާދިސާގައި ފެނުނުތަކެއްޗާއި ގުޅުން އޮތްކަމާއި އަދި މި އަމަލުތައް ހިންގާފައިވާނީ އެހެން ފަރާތްތަކާއ ގުޅިގެން ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ. 

ނަމަވެސް ދިފާއުން ކޯޓުގައި ބުނީ، އޭނާ އަކީ އޯޓިސްޓިކް މީހަކަށްވާތީ ކުޑައިރުއްސުރެ ފަރުވާ ހޯދާފައިވާ ފަރާތެއް ކަމަށާއި، އޭނާ ގެ ނަފްސާނީ ހާލަު ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ނުވާ ކަމަށް ބަޔާން ކޮށްފައިވާތީ އެކަމަށް ރިޔާއަތްކޮށް ތަހުގީގުން އޭނާ ގެ އެސެސްމަންޓު ކަންކަން ބަލައި އެކަން ކަމަށް ބޭނުންވާ އެހީތެރިކަން ފުރިހަމަ ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ކޯޓުން ވަނީ އަންގާފަ އެވެ.

ޢަބްދުﷲ ރާއިފްކްރިމިނަލް ކޯޓްކަސްޓަމްސް މަސްތުވާތަކެތި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

08 ޖުލައި 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް