Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު ހިޔާނަތް

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

ވ. އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، ކުރީގެ ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަންނަ މަހު ފެށުމަށް ކްރިމިނަލް ކޯޓުން މިހާރު އަންނަނީ ތައްޔާރުވަމުން. މި މައްސަލަ އަލުން ބަލަން ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން، ދަށު ކޯޓުގައި ދެން ކުރިއަށްދާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދީގެން މައްސަލަ ބެލުމުގެ މަރުހަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2026 | އަންގާރަ 11:37
ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ތެރެއިން | ރާއްޖެއެމްވީ

ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައިގައި، އެ ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށްކަމަށް ޙުކުމް ކުރުމާއެކު، އެ މައްސަލައިގެ އަޑުއެހުންތައް ފަށަން ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ އޮތީ މަޑުޖައްސާލާފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެ އެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.

އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށް ކަމަށެވެ.

އެހެންކަމުން މިހާރު ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައެވެ. އެގޮތުން އަންނަ މަހު އަޑުއެހުންތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ކޯޓުން މައުލޫމާތު ދެ އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވާއިރު، ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ވާކަަމަށް ކަނޑައަޅައި، 4 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި މި ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން 25 ޑިސެންބަރު 2022 ގައި ހުކުމްކޮށްފައިވެއެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 18 އޭޕްރީލް 2024 ގައި ޔޫސުފް ނައީމަށް ކުރި ހުކުމް ބާތިލް ކަމަށް ކަނޑައަޅައި، އަލުން މައްސަލަ ބެލުމަށް އޭރު އަންގާފައިވެ އެވެ.

އެ މައްސަލަ އަލުން ބަލާއިރު، ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައެއް ނުގަންނާނެ އެވެ.

އާރަށްކްރިމިނަލް ކޯޓްއަބްދުﷲ ޔާމީންޔޫސުފް ނައީމް

އިތުރަށް ކިޔާލަން

15 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުގެ އަދަދާއި ޚަރަދު ހާމަކުރުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް: ޑިފެންސް މިނިސްޓްރީ

15 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުގެ އަދަދާއި ޚަރަދު ހާމަކުރުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް: ޑިފެންސް މިނިސްޓްރީ
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު