Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ސިއްރު ހެކިވެރިއެއްގެ ކުއްލި ސިޓީއެއް ކޯޓަށް ލިބުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2022 | ބުދަ 18:29
ޔާމީން ރަޝީދު - އޭނާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހު

ޔާމީން ރަޝީދު - އޭނާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހު

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުން ގާތްގަނޑަކަށް 10 ގަޑިއިރަށް ދިގުދެމިގެންގޮސް، ބުދަ ދުވަހުގެރޭ 09:35 ގައި މި މައްސަލައިގެ ޙުކުމްކޮށް ނިންމާފައިވަނީ ދައުވާލިބޭ ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށެވެ.

ހައިޝަމްއާއި ޒިހާން ކުށުގެ އަމަލުގައި ބައިވެރިވިކަން ހެކިބަސްތަކުން ސާބިތުވޭ؛

ދައުލަތުން ކުރާ ދައުވާގައި ބުނެފައިވާ ގޮތުން ހައިޝަމްއަކީ ޔާމީނަށް ޙަމާލާ ދިނުމަށް ރޭވުމުގެ "މާސްޓަރމައިންޑް"އެވެ. މުޅި ޙަމަލާ ރޭވުމާއި، އެކަން ކުރާނެ ގޮތުގެ ޓާސްކްތައް ޙަވާލު ކުރުމާއި، ޔާމީނަށް އަމަލީ ގޮތުން ޙަމަލާ ދިނުމުގައިވެސް އޭނާ ހިމެނޭކަން ޝަރީއަތަށް ވަނީ ސާބިތުވެސް ވެފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަމުގެ މަޝްވަރާތައް ފަށާފައިވާއިރު، ދީނީ ހަރުކަށި ފިކުރުގެ ވިސްނުމެއްގައި ތިބެ، މަަރަން ޖެހޭ މީހުންގެ ލިސްޓެއް ހެދިކަމަށްވެއެވެ. އެ ލިސްޓުގެ ކުރީގައި އޮތް އެއް ނަމަކީ ޔާމީން ރަޝީދެވެ.

ޔާމީން ރަޝީދަށް ޙަމަލާ ދިނުމުގެ ކަންކަން ރާވަމުންދިޔައިރު އެމީހުން އާންމުކޮށް ލައި އުޅޭ ކުރުތާ ފަދަ ހެދުން ޒަމާނީ ގަމީހަށް ބަދަލުކޮށް، ޝައްކު ނުއުފެދޭނެހެން ކަންކަން ގެންދިއުމަށް ރޭވިކަމަށްވެއެވެ. އެކަމަށްޓަކައި ސައިކަލާއި، ވަޅިއާއި، ވިގް ފަދަ ތަކެތި ހަމަޖެއްސިކަމަށްވެއެވެ. ތުނބުޅި ކޮށައި، ސިފަ ބަދަލުކުރިކަމަށްވެއެވެ.

ޔާމީން ރަޝީދުގެ ހަށިގަނޑުގެ 24 ތަނަކަށް ވަޅިން ޙަމަލާ ދީފައިވާއިރު، އެ ޙާދިސާގެ ގިނަ ތަފްސީލުތައް ހިއްސާކޮށްފައިވަނީ ސިއްރު ހެކިވެރިޔާ 1 އެވެ.

ހައިޝަމާއި ޒިހާނަށް ކުރާ ދައުވާ ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިންގެ ތެރެއިން ސިއްރު ހެކިވެރިޔާ 1 އަކީ ޙަމަލާ ރޭވުމުގައި ބައިވެރިވެފައިވާ ފަރާތަކަށްވާއިރު، ކުށުގެ އަމަލުގައި ހިމެނޭ މީހުންގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެއްކަށް ބާރު ލިބިދޭ ހެއްކާއި ޤަރީނާވެސް ހުރެގެންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލައިގައި ކުރި ޙުކުމަށް ގާޒީ ރިއާޔަތް ކުރެއްވިއެވެ. އެގޮތުން ޔާމީނުގެ މައްސަލައިގައި އެ ހެކިވެރިންގެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ޤަރީނާ ނެތް ނަމަވެސް، މި މައްސަލައިގައި ހައިޝަމްއާއި ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެފަދަ ބާރު ލިބިދޭ ޤަރީނާ ހުރިކަމަށް ޝަރީއަތުން ނިންމެވިއެވެ.

އެހެންނަމަވެސް،، ބާކީ ތިބި މީހުންގެ މައްޗަށް އެފަދަ ބާރު ލިބިދެވޭ ޤަރީނާތަކެއް ދައުލަތަށް ހުށައެޅިފައިނުވާއިރު، ގަސްތު މަރު ސާބިތުކުރުމަށް ދައުވާތައް ހުށައަޅާފައިވަނީ އެކަށީގެންވާ ގޮތެއްގައި ދިރާސާ ނުކޮށްކަންވެސް ޝަރީއަތަށް ބެލެވޭކަމަށް ޙުކުމުގައި ވިދާޅުވެއެވެ.

މި މައްސަލައިގައި ހިމެނޭ ޝިފާޒްއާއި، ދިފްރާންއަކީ ޔާމީން ރަޝީދަށް ފާރަލައި، ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއްކަން ދައުލަތުން ކުރި ދައުވާގައި ބުނި ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުން އެކަން ސާބިތުނުވާކަމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ގަސްތު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުން އެމީހުންގެ މައްޗަށް ސާބިތުނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ދޫވި 4 މީހުންގެ މައްޗަށް ދައުލަތުން ކުރި ތުހުމަތުތައް:

އިސްމާއިލް ރަޝީދު: ދައުވާލިބޭ ހައިޝަމް ސައިކަލުގައި ގެންގޮސްދިނުމާއި، ޙަމަލާ ރޭވުމުގައި ބައިވެރިވުން

ހަސަން ޝިފާޒް: ޔާމީން ރަޝީދަށް ފާރަލުމާއި، ހެކި ނައްތާލުން

މުހައްމަދު ދިފްރާން: ޔާމީން ރަޝީދަށް ފާރަލުމާއި، ހެކި ނައްތާލުން

ހުސައިން ޒިޔާދު: ދައުލަތުން ބުނާ ގޮތުގައި ޒިޔާދަކީ ޔާމީން ރަޝީދުގެ މެރުމުގެ އަމަލުގައި ބައިވެރިވުމުގެ ޓާސްކް ޙަވާލު ކުރެވުނު ފަރާތް، ނަމަވެސް ފަހު ވަގުތު އޭނާއަށް ދިމާވި ސިއްޙީ ކަމެއްގެ ސަބަބުން އޭނާ އެ ޙަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާކަމަށާއި، ނަމަވެސް ޙަމަލާ ރޭވުމުގައި އުޅުނު ކަމަށް ދައުލަތުގެ ހެކިވެރިންވެސް ބުނޭ

ގަސްތު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުނަކީ އެމީހަކު މަރުވީ ޤާތިލުގެ އަމަލުގެ ނަތީޖާއަކުން ކަމަށް ވުމެވެ. މި މައްސަލައިގައި ޝިފާޒް ހާދިސާ ހިނގި ތަނުން ނުފެންނަކަމަށް ސިއްރު ހެކިވެރިޔާ 1 ބުނެފައިވާއިރު، ދައުލަތުގެ ދައުވާ ސާބިތު ކުރުމަށް ބާރުދޭ އިތުރު ހެއްކެއް ހުށައަޅާފައިވެސް ނުވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި ސައިކަލުގައި ހައިޝަމް ގެންގޮސްދިން އިސްމާއިލް ރަޝީދާއި، ހަމަލާގެ ޓާސްކާއި ފުރަތަމަ ޙަވާލުވި ހުސައިން ޒިޔާދުގެ މައްޗަށްވެސް ޤަސްދު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުން ސާބިތު ނުވާތީ އެމީހުންގެ މައްޗަށްވެސް މި ކުށް ސާބިތުނުވާކަމަށް ވަނީ ނިންމަވާފައެވެ.

"ޒިޔާދު ކޮރުޖަހަމުން އުޅުނީ، އެހެންވެ ބައިވެރި ނުވެވޭނެކަމަށް ބުނި، ނަމަވެސް އެހިސާބަަށްވެސް އެންމެ ގާތުން އުޅުނީ ޒިޔާދު، ދެން އެ ޓާސްކް ޙަވާލުކުރީ ޒިހާންއާ": ސިއްރު ހެކިވެރިޔާ 1 ބުނެއެވެ.

ސިއްރު ހެކިވެރިއެއްގެ ކުއްލި ސިޓީއެއް:

މި މައްސަލައިގެ އަޑުއެހުން ނިމި، ޙުކުމް ކުރުމަށް ތާވަލުކޮށްފައި ވަނިކޮށް ސިއްރު ހެކިވެރިއެއްގެ ކުއްލި ސިޓީއެއް އިސްގާޒީ އަހުމަދު ޝަކީލަށް ލިބިލެއްވިއެވެ. އެ ވާހަކަތައް ބައެއް މީޑިއާތަކުންވެސް ރިޕޯޓު ކުރުމާއެކު، އެ ސިޓީއަކީ މި މައްސަލައިގެ ޙުކުމް ފުރޮޅާލެވޭނެ ވަރުގެ ސިޓިއެއްތޯ މީހުން ސުވާލު ކުރަމުން ދިޔައެވެ. އެކަން ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ ސާފު ކޮށްދެއްވާފައެވެ.

ގާޒީ ވިދާޅުވީ، އެ ސިޓީން ސިއްރު ހެކިވެރިޔާއަށް މަޖުބޫރީ ޙާލަަތެއް މެދުވެރިވި ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށެވެ. އަދި ހެއްކާބެހޭ ޤާނޫނުގައި ހެކިބަހުން ރުޖޫއަވެވޭނެ ގޮތެއް ނެތްއިރު، ކްރިމިނަލް ކޯޓަށް މިފަދަ އެތައް ސިޓީއެއް ލިބެމުންދާކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޤާނޫނީ ނިޒާމުގެ ތެރެއިން ޙައްލު ހޯދައިދެވެންޖެހޭ ކަމެއްކަމަށްވެސް ގާޒީ ދެކިލައްވައެވެ.

"ހެކިބަސް ދިނުމަށްފަހު މިހެން ސިޓީ ފޮނުވުން އާންމު ކަމަކަށް ވަނީ ވެފައި، މިފަދަ ކަންކަމަށް ޤާނޫނީ ނިޒާމުގެ ތެރެއިން ޙައްލު ލިބިދޭންޖެހޭކަމަށް ޤަބޫލުކުރަން"ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުންވެސް ވަނީ ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވައި، ބިރު ދައްކާކަމަށް ބަޔާންކޮށް ލިއެކިއުންތަކެއް ހުށައަޅާފައެވެ. އެ ލިއެކިއުންތަކަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ އެ ސިޓީއަށް ރިއާޔަތް ނުކުރައްވައި ޙުކުމާއިގެން ކުރިއަށް ވަޑައިގެންނެވުމަށެވެ.

މަރަށް މަރުހިފަން ޔާމީން ރަޝީދުގެ މަންމަ ބޭނުމެއް ނުވޭ، ބައްޕަ ބޭނުންވޭ:

ޔާމީން ރަޝީދުގެ ބައްޕަ ދުނިޔޭގައި ހުރުމާއެކު، އޭނާގެ އެއްބަނޑު މީހުން ޙަޖުބުވެގެންދާތީ، ވާރިސުންގެ ގޮތުގައި ތިބީ މަންމައާއި ބައްޕައެވެ.

ޔާމީން ރަޝީދުގެ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ބުނެއެވެ. ނަމަވެސް ޔާމީން ރަޝީދުގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމުގެ ނިޔަތާއެކު، މަރުގެ ދިޔަ ނަގަން ބޭނުންވާކަމަށް މަންމަ ބުނެއެވެ.

އެހެންނަމަވެސް، ޔާމީން ރަޝީދުގެ ބައްޕަ ބުނާ ގޮތުގައި ޤަސްދުގައި މީހުން މަރާ މީހުންނަށް އޮންނަންވާނެ ގޮތަކީ މަރަށް މަރު ހިފުމެވެ.

ހައިޝަމާއި ޒިހާނަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް:

އެއްވެސް ފަރާތަކުން ޤިސާސް ހިފަން ދެކޮޅު ހަދާނަމަ މަރަށް މަރު ނުހިފޭކަން ބަޔާން ކުރައްވައި ދައުލަތުގެ ވަކީލާ ވަނީ އަދަބާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އެގޮތުން މަރުގެ ދިޔަ ބޭނުންވާކަމަށް ޔާމީން ރަޝީދުގެ މަންމަ ބުނެފައިވާއިރު، ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް ދައުވާލިބޭ މީހުން 4 އަހަރާއި 8 މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު 25 އަހަރުން ކެނޑުމުން އެމީހުން ތަންފީޒު ކުރަންޖެހޭ ޖަލު ޙުކުމުގެ އަދަބަކީ 20 އަހަރާއި، 3 މަހާއި 19 ދުވަސްކަމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އޭގެ އިތުރުން، މަރުގެ ދިޔައަކީ އެއް މިލިއަން ރުފިޔާ ނަމަވެސް، ސުޕްރީމް ކޯޓުގެ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ބަލާއިރު، ޤަތުލު ހިނގާފައިވަނީ ޙުރުމަތްތެެރިވެގެންވާ މަހެއްގައި ކަމަށްވާތީ ދިޔައިގެ އަދަދަށް ތިންބައި ކުޅަ އެއްބައި އިތުރުވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ދިޔައާއި ގުޅިގެން ގާޒީ ޙުކުމް ކުރައްވާފައިވަނީ ދިޔައިގެ އަދަދަށް ތިންބައި ކުޅަ އެއްބައި އިތުރު ކުރައްވައި، 1،333،333 ރުފިޔާ ބައިކުރުމަށްފަހު، ކޮންމެ މީހަކަށްޖެހޭ 666،666 ރުފިޔާ ޙުކުމް ކުރި ދުވަހުން ފެށިގެން 1 އަހަރު ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ. އަދި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށް ނަސޭހަތްތެރިވިއެވެ.

ކޮންމެއަކަސް، އެތައް އަހަރެއްގެ އިންތިޒާރަށްފަހު ޔާމީން ރަޝީދުގެ މައްސަލަ މިވަނީ ޙުކުމަކަށް އައިސްފައެވެ. ޙުކުމުގެ އަޑުއެހުން ނިމުމާއެކު ކޯޓު ބޭރުގައި މީޑިއާތަކާއި ވާހަކަ ދައްކަމުން ޔާމީންގެ މަންމަ ބުނި ގޮތުގައި ޔާމީނަށް ދިން ޙަމަލާއަކީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން ބޭނުންވެގެން ދީފައިވާ ޙަމަލާއަކަށްވުރެ ބޮޑަށް، މާ ބާރުގަދަ ބަޔަކު އަޑީގައި ތިބެގެން ކުރުވާފައިވާ ކަމެކެވެ. ޔާމީންގެ މަންމަ އެދެނީ އެކަމުގެ ފަހަތުގައި ތިބި ބައެއް ހޯދި، އެކަމަށް ފަންޑު ކުރި ބަޔަކު ހޯދުމެވެ.

ޔާމީންކްރިމިނަލް ކޯޓްޔާމީން ރަޝީދު މަރާލުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު