Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ މައްސަލަ

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026 | ބުދަ 11:22

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރި ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރި ގަސްތުމަރުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި. އާބިދު އަމިއްލަ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ބުނި ނަމަވެސް، އޭނާ ހަމަލާދިނީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ ނުރައްކާތެރި ގޮތަކަށްކަން ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވި. އެހެންކަމުން މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ނިންމާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖުލައި 2026 | ބުދަ 11:22
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު | ރާއްޖެއެމްވީ

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ޝާފިއު އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ މި އަޑުއެހުމަކީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭއްވެވި އަޑުއެހުމެކެވެ.

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގަ އެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭކަމަށާއި، ގަސްދު މަރުގެ ދައުވާއަށް އިންކާރުކުރާކަމަށް އޭނާ ބުނެ އެވެ.

މި މައްސަލައިގައި އާބިދުގެ ފަރާތުން ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް ދައުލަތުން ހެކި ހުށަހެޅިއެވެ. އެ ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތް ފެށުމުގެ ކުރިންނެވެ. ސަބަބަކީ މި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންނަށްވާތީ، ދައުލަތުން އެގޮތަށް އެދިފައިވާތީ އެވެ.

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު | ރާއްޖެއެމްވީ

މި މައްސަލައިގެ ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޑެތް ސަމަރީ ތައްޔާރުކުރި ޑޮކްޓަރުވެސް ހިމެނެއެވެ. ނަމަވެސް އެ ހެކިވެރިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ޝަރީއަތުން ބުރަދަން ދީފައިވެ އެވެ.

ގާޒީ ވިދާޅުވީ، އާބިދު ތަހުގީގު މަރުޙަލާގައާއި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަކީ އޭނާ ވެފައިވާ އިއުތިރާފެއްކަމަށް ދައުލަތުން ޤަބޫލު ކުރިނަމަވެސް، އޭނާގެ ބަޔާނަށް ބަލާއިރު، އޭނާ ޙަމަލާދިނީ ގަސްދެއް ނެތިކަމަށް ބުނެފައިވާތީ އެއީ ގަސްދުމަރުގެ ދައުވާއަށް އޭނާ އިއުތިރާފުވުންކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާ ދައްކާފައިވާ ވާހަކަތަކަކީ އޭނާގެ އިޤުރާރެއްކަމަށް ބުރަވެވޭކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، އޭނާ ގަސްދެއް ނެތްކަމަށް ބުނިނަމަވެސް، އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއްކަމަށް ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ ރުޅިވެރިކަމާއެކު ވަޅިއެއް ބޭނުންކޮށްގެން ހަމަލާދިންކަން ހެކިންގެ ހެކިބަހުންވެސް އެނގެން އޮތުމުން އެކަމަށް އިތުރަށް ބާރު ލިބިދޭކަމަށް ގާޒީ ވިދާޅުވި އެވެ.

 ގާޒީ ވަނީ އޭނާ ނަފްސުގެ ދިފާއުގައި ކުރި ކަމެއްކަމަށް ބުނެ ދެއްކި ވާހަކަތަކަކީ އޭނާ އަމިއްލައަށް "އުފަންކުރުވި" ހިޔާލީ ޙާލަތެއްކަމަށް ބުރަވެވޭކަމަށްވެސް ވިދާޅުވެފަ އެވެ.

ގާޒީ ވަނީ އޭނާ ގެ މައްޗަށް އުފުލާފައިވާ ގަސްދުމަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފަ އެވެ.  އެހެންކަމުން ދެން އޮންނާނީ ވާރިސުންގެ މައުލޫމާތު ސާފު ކުރުމަށްފަހު އެމީހުންގެ ބަސް ނެގުމެވެ. 

ޚާންޖީ ރެސްޓޯރަންޓްމުހައްމަދު އާބިދުކްރިމިނަލް ކޯޓްމަރުގެ މައްސަލަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް