Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިއާއުގެ މަރު

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026 | ހުކުރު 16:49

ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ޝާހިލްގެ މައްޗަށް ސާބިތުވި ކުށްތަކުގެ ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި. މި މައްސަލަ ބަލައިނުގަތީ އިސްތިއުނާފު ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ބަޔާންކޮށްފައި ނުވާތީ ކަމަށްވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖުލައި 2026 | ހުކުރު 16:49
ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް | ފޭސްބުކް

މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ބައެއް ދައުވާތައް ސާބިތުވާކަމަށް ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.

މި މައްސަލަ މީގެ ކުރިން ވެސް އޭނާ ގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. ނަމަވެސް އޭރު ލިޔެކިޔުންތައް ފުރިހަމަނުވާތީ ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ ވަނީ މައްސަލަ އަލުން ހުށަހަޅާފަ އެވެ.

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު، އެ ރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ޝާހިލްއެވެ. އޭނާ ގެ މައްޗަށް ފަސް ދައުވާ އެއް އުފުލާފައިވެ އެވެ.

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

އޭނާ ގެ މައްޗަށް ސާބިތުވެފައިވަނީ އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެ އޭނާ ގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އޭނާ ގެ ފަރާތުން އިސްތިއުނާފުކުރީ އެ މައްސަލަ އެވެ.

އިސްތިއުނާފު ކުރުމަށް ޝާހިލް ހުށަހެޅި ދެ މައްސަލަ ވެސް ބަލައިނުގަތުމަށް ރެޖިސްޓްރާ ނިންމެވީ ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފަށް ކުރަން ފުދޭ ހާލަތެއް ބަޔާންކޮށްފައި ނުވުމުންނެވެ.

އެހެންނަމަވެސް ގަސްތުގައި ޝިއާއު މަރާލިކަމުގެ ތުހުމަތުގައި އުފުލާފައިވާ ބޮޑު ދައުވާއާއި ބާކީ އޮތް 2 ދައުވާގައި އަދި ޙުކުމްކޮށްފައެއް ނުވެއެވެ. އެ ދައުވާތައް ވެސް މިހާރު އޮތީ ނިމުމަކާ ގާތްވެފަ އެވެ.

ޝިއާއުގެ މަރުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަން ވެސް ގިނަ ދުވަސްތަކެއް ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި "މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

ޝިއާއުގެ މަރަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޮތީ ބޮލާއި އަތާއި ފައި ވެސް ބުރިކޮށްލާފަ އެވެ.

ޝިއާއުގެ މަރުއަލީ ޝާހިލްހައި ކޯޓުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
19 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި

19 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
13 ޖުލައި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު

13 ޖުލައި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް