Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސަގެ މަރު

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

5 ޖުލައި 2026 | އާދީއްތަ 06:20

ލ. މާވަށު، މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު އިބްރާހީމް ކުށަށް އިއުތިރާފުވެ، ލުއި ދިނުމަށް އެދުނު ނަމަވެސް އޭނާއަށް މާފު ދެވެން ނެތް ކަމަށާއި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް މޫސަގެ ވާރިސުން ކޯޓުގައި ބުނެފި. މި މައްސަލައިގައި ޝަރީއަތުން ހެކިބަސް ނަގައި، އިއުތިރާފުގެ ސައްޙަކަން ކަށަވަރުކޮށްފައިވާއިރު، މޫސަގެ މަރަކީ ގަސްތުގައި ދީފައިވާ ހަމަލާއެއްކަން ޑޮކްޓަރުގެ ހެކިބަހުގައިވެސް ފާހަގަކޮށްފައިވޭ، މައްސަލައިގެ ހުރިހާ މަރުހަލާއެއް ނިމުމަކާ ގާތްވެފައިވާތީ، ކްރިމިނަލް ކޯޓުން ވަރަށް އަވަހަށް މި މައްސަލައިގައި ހުކުމް ކުރާނެ ކަމަށް ބެލެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2026 | އާދީއްތަ 06:20
ލ. މާވަށު، މޫސާ އިބްރާހީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު އިބްރާހީމް

ލ. މާވަށު، މޫސާ އިބްރާހީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު އިބްރާހީމް | ޕޮލިސް

ލ. މާވަށު، މޫސާ އިބްރާހީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު އިބްރާހީމްއަށް މާފު ދެވެން ނެތްކަމަށް މޫސަގެ ވާރިސުން ކޯޓުގައި ބުނެފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.

ދެވަނަ ދައުވާއަކީ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 6 މަހާއި 12 މަހާއި ދެމެދުގެ މުއްދަތެއްގެ ޖަލު ޙުކުމެކެވެ. ނަމަވެސް މަރުގެ މައްސަލަ ސާބިތުވެއްޖެނަމަ މި ދައުވާއަށް އަދަބު ކަނޑައެޅުމުގެ މަސްލަޙަތެއް ނޯންނާނެއެވެ.

މި މައްސަލައިގައި އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދި އޭނާގެ އޮތީ އެންމެ އެދުމެއް ކަމަށާއި، އެއީ ވާރިސުން އޭނާއަށް ލުއި ގޮތެއް ހަދައިދިނުންކަމަށް ވަނީ ބުނެފައެވެ.

އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި އޮތީ ވާރިސުންގެ ބަސް ނެގުމެވެ. އެގޮތުން މި އަޑުއެހުމުގައި މޫސަގެ ބައްޕައާއި މަންމަ ވާރިސުންގެ ގޮތުގައި ވަނީ ހާޒިރުވެފައެވެ. އަދި ދައުލަތުން ވަނީ ޤިސާސް ހިފުމާއި މާފު ދިނުމާ ގުޅޭގޮތުން ދީނުގައި އޮންނަ ކަންކަން ސާފުކޮށްދީފައެވެ.

އެ ދެމީހުންވެސް ބުނީ މާފު ދެވެން ނެތްކަމަށާއި، އެމީހުން ބޭނުންވަނީ މަރަށް މަރު ހިފަންކަމަށެވެ.

އަޅުގަނޑު މާފެއް ނުދެން، ދޭކަށް ބޭނުމެއް ނޫން، ބޭނުންވަނީ މަރަށް މަރު ހިފަން، އަޅުގަނޑުގެ ދަރިފުޅުވެސް ނިމިދިޔައީ
މޫސަގެ ވާރިސުންގެ ބަސް

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަނީ އިސްގާޒީ އާދަމް މުޙައްމަދެވެ.

މިއީ ގަސްތުމަރުގެ މައްސަލައަކަށްވާތީ، އަދި ޤިސާސް ހިފޭ ބާވަތުގެ މައްސަލައަކަށްވާތީ، ދައުވާލިބޭ މިހާ އިއުތިރާފުވިނަމަވެސް، ޝަރީއަތުން އެ އިއުތިރާފު ސައްޙަކަން ކަށަވަރު ކުރަންޖެހެއެވެ. އަދި އެކަމަށްޓަކައި ކޯޓުގެ އިސްނެގުމަށް ހެކިން ހާޒިރު ކުރުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ކޯޓަށް ލިބިދެއެވެ.

އެގޮތުގެ މަތިން ކޯޓުން ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޑޮކްޓަރަކު ހާޒިރުކޮށް ހެކިބަސް ނަގާފައެވެ. އެއީ އިއުތިރާފާ އެއްގޮތަށް އެކަން ހިނގާ ދިޔަތޯ އިތުރަށް ކަށަވަރު ކުރުމަށެވެ.

އެ އަޑުއެހުމުގައި ދައުވާލިބޭ ފަރާތުން ވަނީ އޭނާ މޫސާ މަރާލި ގޮތް ދައްކުވައިދީފައެވެ. އެގޮތުން މޫސާއާ އެއް އިސްކޮޅެއްގެ މީހަކު ބަހައްޓައިގެން އެ އަޑުއެހުމުގައި ޙާދިސާ ހިނގިކަމަށް ބުނާ ގޮތް ދައްކުވައިދީފައިވެއެވެ.

އެ ޑޮކްޓަރުވެސް ވަނީ ވަޅި ހެރީ ގަސްތުގައިކަމަށް ބުރަވެވޭކަމަށް ބުނެފައެވެ. އެގޮތަށް ނިންމުމުގައި ޒަޚަމްގެ ފުން މިނާއި، ވަޅި ހަރާފައިވާ އޭންގަލް ފަދަ ކަންކަމަށް ރިއާޔަތްކޮށްފައިވެއެވެ.

މިހާރު މި މައްސަލަ މިވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައެވެ. އެހެންކަމުން ވަރަށް އަވަހަށް މި މައްސަލައިގައި ޙުކުމް ކުރައްވާނެކަމަށް ބެލެވެއެވެ.

މޫސާ އިބްރާހިމްމުހައްމަދު އިބްރާހީމްލ.މާވަށްކްރިމިނަލް ކޯޓްއިސްގާޒީ އާދަމް މުޙައްމަދުޤިޞާޞް

އިތުރަށް ކިޔާލަން

01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް