Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

75 ގައުމަކަށް ވިސާ މަނާކުރި ޓްރަމްޕްގެ އަމުރު އެމެރިކާގެ ފަނޑިޔާރަކު ބާތިލްކޮށްފި

22 އޯގަސްޓު 2026 | ހޮނިހިރު 17:50

ދުނިޔޭގެ 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނެރުނު އަމުރު، އެ ގައުމުގެ ފެޑަރަލް ފަނޑިޔާރަކު ބާތިލްކޮށްފި. މި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ކުރި ހުކުމާއެކު، އެ ސިޔާސަތުގެ ދަށުން ވިސާ ނުދީ ހިފަހައްޓާފައިވާ ހުރިހާ ނިންމުންތަކެއް މިހާރު ވަނީ ބާތިލްވެފައި

ރާއްޖެ އެމްވީ | 22 އޯގަސްޓު 2026 | ހޮނިހިރު 17:50
ކެލިފޯނިއާގެ ސެން އިސިޑްރޯ ބޯޑަރުން އެމެރިކާއަށް އެތެރެވި އަންހެނެއްގެ ލިޔެކިޔުންތައް ޔޫއެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ އޮފިސަރަކު (ވައަތްފަރާތުގައި) ޗެކްކުރަނީ

ކެލިފޯނިއާގެ ސެން އިސިޑްރޯ ބޯޑަރުން އެމެރިކާއަށް އެތެރެވި އަންހެނެއްގެ ލިޔެކިޔުންތައް ޔޫއެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ އޮފިސަރަކު (ވައަތްފަރާތުގައި) ޗެކްކުރަނީ | ގެޓީ އިމޭޖަސް

75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މަނާކޮށް، އެމެރިކާގައި ދާއިމީކޮށް ވަޒަންވެރިވުން ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނެރުނު އަމުރު، އެމެރިކާގެ ފެޑަރަލް ފަނޑިޔާރަކު ބާތިލްކޮށްފި އެވެ. މިއީ ހިޖުރަކުރާ މީހުންނާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަށް ލިބުނު ބޮޑު ނުތަނަވަސްކަމެކެވެ.

ނިއުޔޯކްގެ ސަަދަން ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޖެނެޓް ވަރގަސް ހުކުރު ދުވަހު ނެރުއްވި ހުކުމުގައި ވިދާޅުވީ، ސަރުކާރުގެ މި ސިޔާސަތަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި މި އަމުރު ނެރުއްވުމުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އޭނާއަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭރުން އަމަލުކުރައްވާފައި ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި މި ސިޔާސަތުގެ ދަށުން، ދުނިޔޭގެ 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން އޮތީ މެދުކަނޑާލާފަ އެވެ. މީގެ ތެރޭގައި އަފްޣާނިސްތާން، ބްރެޒިލް، މިސްރު، އީރާން، އިރާގު، ނައިޖީރިއާ، ސޯމާލިއާ، ތައިލެންޑް އަދި ޔަމަން ފަދަ ގައުމުތައް ހިމެނެ އެވެ.

އެ ދުވަސްވަރު ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، މި ނިންމުމަކީ ނުރައްކާ ބޮޑު ގައުމުތަކުން އެމެރިކާއަށް ހިޖުރަކުރާ މީހުން، އެ ގައުމުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށާއި، އެމީހުންނަކީ ދައުލަތަށް ބުރައަކަށް ވާނެ ބަޔަކަށް ވިޔަނުދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ވަރގަސް ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ވިސާއަށް އެދޭ މީހަކީ އެހެން ހުރިހާ ގޮތަކުން ޝަރުތު ހަމަވާ މީހެއް ކަމަށް ވީނަމަވެސް، ހަމައެކަނި އެމީހަކު ނިސްބަތްވާ ގައުމަށް ބަލައި ވިސާ ދިނުމަށް އިންކާރުކުރުމަށް ކޮންސިއުލާ އޮފިސަރުންނަށް އަމުރުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

ހުކުރު ދުވަހު ކުރި މި ހުކުމާއެކު، ސަރުކާރުގެ އެ ސިޔާސަތުގެ މައްޗަށް ބިނާކޮށް ވިސާ ނުދީ ހިފަހައްޓާފައިވާ ހުރިހާ ނިންމުންތަކެއް މިހާރު ވަނީ ބާތިލްވެފަ އެވެ.

ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ސަރުކާރަށް އެބައޮތެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާގައި ގަވާއިދާ ޚިލާފަށް އުޅޭ މިލިއަނުން ބޭރު މީހުން ގައުމުން ބޭރުކޮށްލައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ވައިޓް ހައުސްއާ އަލުން ހަވާލުވެވަޑައިގަތުމަށްފަހު، މީހުން ޑީޕޯޓްކުރުން އަވަސްކުރުމަށާއި ބޯޑަރު ހުރަސްކުރާ މީހުންގެ އަދަދު މަދުކުރުމަށް ޓްރަމްޕް ގެންދަވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

އެމެރިކާ'އައިސް' (އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް)

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2026
ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި
19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
13 އޯގަސްޓު 2026

އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ

13 އޯގަސްޓު 2026
އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ
08 އޯގަސްޓު 2026

އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ

08 އޯގަސްޓު 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ
01 އޯގަސްޓު 2026

އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ

01 އޯގަސްޓު 2026
އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
27 ޖުލައި 2026

އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު

27 ޖުލައި 2026
އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު
24 ޖުލައި 2026

މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި

24 ޖުލައި 2026
މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި
23 ޖުލައި 2026

އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި

23 ޖުލައި 2026
އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި
21 ޖުލައި 2026

ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި

21 ޖުލައި 2026
ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް