Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ

8 އޯގަސްޓު 2026 | ހޮނިހިރު 16:13

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސިއްހީ ހާލަތު ގޯސްވެ، ކެންސަރު ބަލީގެ ވޭން ތަހައްމަލު ކުރައްވަމުން ގެންދަވާކަން ދަރިކަލުން ހަންޓާ ބައިޑަން ހާމަކުރައްވައިފި. ބައިޑަންގެ ބަލިހާލަތު ސިއްރުކުރި ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ބަލީގެ ސަބަބުން ބޮޑެތި ތަދުތަކެއް އިހުސާސް ކުރަންޖެހުނު ނަމަވެސް އެމަނިކުފާނު އަދިވެސް ގެންދަވަނީ އާންމު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން

ރާއްޖެ އެމްވީ | 8 އޯގަސްޓު 2026 | ހޮނިހިރު 16:13
ޝިކާގޯގައި ހުންނަ ޖޯން ލޫވިސް ޕްލާޒާގައި ބަރަކް އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވުމަށް 2026 ޖޫން 18 ވީ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ބައިވެރިވެވަޑައިގަންނަވަނީ

ޝިކާގޯގައި ހުންނަ ޖޯން ލޫވިސް ޕްލާޒާގައި ބަރަކް އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވުމަށް 2026 ޖޫން 18 ވީ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ޕްރޮސްޓޭޓް ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި، އެމަނިކުފާނަށް ބޮޑެތި ތަދުތަކެއް އިހުސާސް ކުރަންޖެހިފައިވާ ކަމަށް ދަރިކަލުން ހަންޓާ ބައިޑަން ވިދާޅުވެއްޖެ އެވެ. ހަންޓާ މިހެން ވިދާޅުވީ ދާދި ފަހުން ދެއްވި އިންޓަވިއުއެއްގަ އެވެ.

ހުކުރު ދުވަހުގެ ރޭ ބީބީސީން ދެއްކި ފުޅާ ދާއިރާއެއްގެ އިންޓަވިއުއެއްގައި، ބައްޕާފުޅުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަންޓާ ބައިޑަން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި ބައްޕާފުޅުގެ ހާލަތު އެގޮތަށް ފެނުމަކީ ވަރަށް ހިތްދަތި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކެންސަރު ވަނީ ފެތުރި، ކަށިތަކަށާއި ހަށިގަނޑުގެ އެހެން ބައިތަކަށްވެސް އަސަރުކޮށްފައި،" ހަންޓާ ވިދާޅުވި އެވެ. "މިއީ ވަރަށް ވޭންދެނިވި ކަމެއް، އަދި ގިނަ ގޮތްގޮތުން ބަލާއިރު މީހާ ވަރަށް ބޮޑަށް ބަލިކޮށްލާ ކަމެއް."

ހަންޓާ ބައިޑަން ބީބީސީ އަށް ދެއްވި އިންޓަވިއުގެ ތެރެއިން

އުމުރުފުޅުން 83 އަހަރުގެ ބައިޑަންއަކީ އެމެރިކާގެ ރައީސްކަން ކުރެއްވި އެންމެ ދުވަސްވީ ބޭފުޅާ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި، އެމަނިކުފާނުގެ އުމުރުފުޅާ މެދު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައިޑަންގެ ސިއްހީ މައްސަލަތަކުގެ ސީރިއަސްކަން ސިއްރުކުރި ކަމަށް ބުނެ، އެމަނިކުފާނަށާއި ވައިޓް ހައުސްގެ މުޝީރުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. ހާއްސަކޮށް، އެމަނިކުފާނުގެ ފަހުން ރައީސްކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ރިޔާސީ ބަހުސްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހި، އަލުން އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވުމާ ގުޅިގެން މި ފާޑުކިޔުންތައް އިތުރުވި އެވެ.

ކުރީގެ ރައީސް ބައިޑަންއަށް ކެންސަރު ޖެހިފައިވާކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ. އެއީ ވައިޓް ހައުސްއިން ވަކިވެވަޑައިގަތްތާ ހަތަރު މަސްވެސް ނުވަނީހެވެ.

ހަންޓާ ބައިޑަން ވިދާޅުވި ގޮތުގައި ބައްޕާފުޅަށް ކެންސަރު ޖެހިފައިވާކަން އެނގުމަކީ މުޅި އާއިލާއަށްވެސް ކުރިމަތިވި ވަރަށް ހިތްދަތި ކަމެކެވެ.

"އެ މަންޒަރު ބަލަން ހުންނަން ވަރަށް ދެރަވޭ،" ހަންޓާ ވިދާޅުވި އެވެ. "ބައްޕަގެ ސިއްހަތާ ގުޅޭގޮތުން މިވަގުތު އަޅުގަނޑު ބުނަން އޮތް ހަމައެކަނި ވާހަކައަކީ... މިހާރު ކަންތައް ހުރިގޮތް އެއްގޮތަކަށްވެސް ރަނގަޅެއް ނޫން."

ނަމަވެސް، ބައިޑަން ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު އަދިވެސް ހުންނެވީ "މައިދާނުގައި" ކަމަށާއި، އެމަނިކުފާނަށް މުހިންމު ކަންކަމާ ގުޅޭގޮތުން އާންމުންގެ ތެރޭގައި ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ.

"ބައްޕަ އަދިވެސް ގެންދަވަނީ ބައްޕަގެ މަސައްކަތްތައް ކުރައްވަމުން،" އޭނާ ވިދާޅުވި އެވެ. "ބައްޕަ މި ގައުމަށް ކުރާ އިތުބާރު ވަރަށް ބޮޑު."

މިޑް-ޓާމް އިންތިހާބަށްފަހު، "ޕްރޮމިސް މީ، އެމެރިކާ" ގެ ނަމުގައި ބައިޑަންގެ ހަޔާތުނާމާއެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

ޖޯ ބައިޑަންހަންޓަރ ބައިޑަންޕްރޮސްޓޭޓް ކެންސަރއެމެރިކާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ޓްރަމްޕް އާއެކު އޮތް ބަހުސްގައި ބައިޑަން އަށް ދިމާވީ ކެންސަރުގެ މައްސަލަ، އޭރު އެކަން އޮތީ ނޭނގި!

03 އޯގަސްޓު 2026
ޓްރަމްޕް އާއެކު އޮތް ބަހުސްގައި ބައިޑަން އަށް ދިމާވީ ކެންސަރުގެ މައްސަލަ، އޭރު އެކަން އޮތީ ނޭނގި!
01 އޯގަސްޓު 2026

އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ

01 އޯގަސްޓު 2026
އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
30 ޖުލައި 2026

ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!

30 ޖުލައި 2026
ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!
29 ޖުލައި 2026

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

29 ޖުލައި 2026
ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު

27 ޖުލައި 2026
އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު
24 ޖުލައި 2026

މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި

24 ޖުލައި 2026
މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި
23 ޖުލައި 2026

އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި

23 ޖުލައި 2026
އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި
17 ޖުލައި 2026

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް