Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2026 | ހުކުރު 05:48

އައިއެސް ޖަމާއަތަށް ތާއީދުކުރާ ޖެސިކާ ބޯވީ ނިއުޔޯކްގެ ކެޕިޓަލް ބިލްޑިންގަށް ބޮމުގެ ހަމަލާއެއް ދޭން ރޭވީ އެމެރިކާގެ ނިޒާމަށް ގެއްލުންދީ ސެނެޓަރުން މަރާލުމުގެ މަގްސަދުގައި ކަމަށް ބުނޭ. އެފްބީއައިގެ އަންޑަރކަވަރު އެޖެންޓުންނާ ގުޅިގެން ހަމަލާ ދޭނެ ގޮތްތައް ބަލައި ތަކުރާރުކޮށް އެ ސަރަހައްދަށް ޒިޔާރަތްކޮށްފައިވާ މި އަންހެންމީހާ ހައްޔަރުކުރީ ފޭކު ބޮމަކާއި ހަތިޔާރާއެކުގައި

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 05:48
ހަމަލާދިނުމަށް ރޭވުމަށް ކެޕިޓަލް އިމާރާތަށް ކުރި ޒިޔާރަތެއްގައި ބޯވީ ފޮޓޯ ނަގަނިކޮށް ފެނިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނޭ

ހަމަލާދިނުމަށް ރޭވުމަށް ކެޕިޓަލް އިމާރާތަށް ކުރި ޒިޔާރަތެއްގައި ބޯވީ ފޮޓޯ ނަގަނިކޮށް ފެނިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނޭ | އެފްބީއައި

ނިއުޔޯކްގެ އަލްބަނީގައި ހުންނަ އެ ސްޓޭޓްގެ ކެޕިޓަލް ބިލްޑިންގަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި އުމުރުން 35 އަހަރުގެ ޖެސިކާ ބޯވީ ވަނީ މީގެކުރިން އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ބައިއަތު ހިފާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާއްދީ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި، ބޯވީ ވަނީ ހަމަލާ ދިނުމުގެ ކުރިން އެ އިމާރާތް "ތަކުރާރުކޮށް ބަލައި ފާސްކޮށްފަ އެވެ." އަދި އޭނާ ހައްޔަރުކުރި އިރު، އެފްބީއައިގެ އަަންޑަރކަވަރު އެޖެންޓުން އޭނާއަށް ދީފައިވާ ފޭކު ބޮމަކާއި، ހަލާކުވެފައިވާ ބަޑިއެއް އޭނާގެ އަތުގައި އޮތް ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން، ބޯވީ އެޖެންޓުން ގާތު ބުނެފައިވަނީ "އަހަރެން ބޭނުންވަނީ އެ އިމާރާތަށް ވީހާވެސް ބޮޑު ގެއްލުމެއްދީ، ސެނެޓަރުން މަރާލަން" ކަމަށެވެ. ނަމަވެސް އޭނާ މި ދައުވާތަކަށް އިންކާރުކުރާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ނިއުޔޯކްގެ އަލްބަނީއަށް ނިސްބަތްވާ ބޯވީ، އޭނާގެ މި ރޭވުންތަކާ ބެހޭގޮތުން އެފްބީއައިގެ އިންފޯމަންޓުންނާ ވާހަކަދައްކާފައިވާ ކަމަށާއި، އައިއެސްގެ މެންބަރުންގެ ގޮތުގައި ހެދިގެން ތިބި އެޖެންޓުންނާއެކު އޭނާ ހަފުތާތަކެއް ހޭދަކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ބޯވީ ނިއުޔޯކްގެ ސްޓޭޓްހައުސް ހަމަލާ ދިނުމަށް އިޚްތިޔާރު ކުރީ، އެއީ ވައިޓް ހައުސްއަށްވުރެ ފަސޭހައިން ހަމަލާދެވޭނެ ތަނެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭތީ އެވެ.

އޭނާ އެޖެންޓުން ގާތު ބުނެފައިވަނީ "އަހަރެން ބޭނުންވަނީ އެމެރިކާގެ ނިޒާމަށް މީގެ އަސަރު ފޯރުވަން" ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން، ކަންކަން ދެނެގަތުމުގެ މިޝަންތަކުގައި މަދުވެގެން ފަސް ފަހަރު އޭނާ އެ އިމާރާތަށް ޒިޔާރަތްކުރި އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި، ބޯވީ ރާވާފައިވަނީ ބޮން ފޮރުވުމަށްޓަކައި ކާބޯތަކެތި ޑެލިވަރީ ކުރާ ކޮތަޅެއް (ފުޑް ޑެލިވަރީ ބޭގް) ބޭނުންކުރުމަށެވެ. ދައުވާގެ ލިޔުންތަކުގައި އޭނާ އެޖެންޓުންގެ ގާތަށް ގެންދިޔަ "ޑޯޑޭޝް" ކޮތަޅުގެ ފޮޓޯއެއްވެސް ހިމަނާފައިވެ އެވެ.

ބޮން ހެދުމަށް ބޭނުންވާ ސާމާނު ގަތުމަށް އެޖެންޓުން ބޯވީއަށް 200 ޑޮލަރު (147 ޕައުންޑް) ދިން ކަމަށް ތުހުމަތު ކުރެވެ އެވެ. އެމީހުން އޭނާ ގޮވައިގެންދިޔައީ "ހޯމް ޑިޕޯ" ފިހާރައަށެވެ. އެ ފިހާރައިން ނުކުމެގެން އައިސް، އޭނާ ގަތް މޮހޮރުތަކަކީ ބޮން ގޮއްވާލާއިރު ބޭނުންވާނެ ފަދަ ބާރުގަދަ އެއްޗަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުނި ކަމަށްވެ އެވެ.

ބޯވީ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން ވަޅިތަކަކާއި، އައިއެސްއަށް ބައިއަތު ހިފާފައިވާކަން ބަޔާންކޮށް ލިޔެފައިވާ ލިޔުމެއް ފެނިފައިވާ ކަމަށް ކޯޓު ރިޕޯޓުތަކުން ދައްކަ އެވެ. ބުރާސްފަތި ދުވަހު އެފްބީއައިއިން ހުށަހެޅި ލިޔުމެއްގައި ބުނެފައިވަނީ އޭނާއަކީ ސޯޝަލް މީޑިއާގައި އެމެރިކާއާ ދެކޮޅު މެސެޖުތައް ފަތުރާ މީހެއް ކަމަށެވެ.

އެ ލިޔުމުގައިވާ ގޮތުން، ސޯޝަލް މީޑިއާގެ އުސޫލުތަކާ ޚިލާފުވުމުގެ ސަބަބުން ބައެއް ޕްލެޓްފޯމްތަކުން އޭނާ ވަނީ ބޭންކޮށްފަ އެވެ. އަދި 11 ސެޕްޓެމްބަރު 2001 ގައި އަލްގައިދާއިން ދިން ޓެރަރިސްޓް ހަމަލާތަކަށް ތައުރީފުކޮށްވެސް އޭނާ ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވެ އެވެ.

ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯކުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށްޓަކައި އެފްބީއައިއަށް އަދި މި ނުރައްކާތެރި މީހާ ހައްޔަރުކުރުމުގައި ނިއުޔޯކް ސްޓޭޓް ޕޮލިސްއިން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ސިޔާސީ ހަމަނުޖެހުންތަކާއި ސަރުކާރުގެ އޮފިޝަލުންނަށް ދޭ އިންޒާރުތައް އިތުރުވަމުންދާތީ، މި އަހަރުގެ ކުރީކޮޅު ސްޓޭޓް ކެޕިޓަލް ބިލްޑިންގާއި މުޅި ސަރުކާރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.

ޖެސިކާ ބޯވީއެފްބީއައިއިސްލާމިކް ސްޓޭޓްނިއުޔޯކްއެމެރިކާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
13 އޯގަސްޓު 2026

އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ

13 އޯގަސްޓު 2026
އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ
08 އޯގަސްޓު 2026

އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ

08 އޯގަސްޓު 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ
01 އޯގަސްޓު 2026

އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ

01 އޯގަސްޓު 2026
އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
27 ޖުލައި 2026

އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު

27 ޖުލައި 2026
އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު
24 ޖުލައި 2026

މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި

24 ޖުލައި 2026
މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި
23 ޖުލައި 2026

އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި

23 ޖުލައި 2026
އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި
21 ޖުލައި 2026

ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި

21 ޖުލައި 2026
ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި
19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް