Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމާން

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026 | ހޯމަ 18:08

އީރާނާއެކު ކުރާ ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތަށް އޮމާނުން ހުރަސްއަޅާނަމަ އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި. ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އޮމާނާއި އީރާނުން މަޝްވަރާ ކުރަމުންދާއިރު، އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުމަކީ އެމެރިކާގެ އެންމެ މުހިންމު އަމާޒު ކަމަށް ޓްރަމްޕް ވިދާޅުވި

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 18:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތަށް އޮމާނުން ހުރަސްއަޅާނަމަ، އެ ގައުމަށް ބޮން އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ދެއްވައިފި އެވެ.

ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ މަސައްކަތްތަކަށް އޮމާނުން ހުރަސްއަޅާނަމަ އެ ގައުމަށް ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްލާނެ ކަމަށެވެ. މިއީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މުއާމަލާތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އަދި އެމެރިކާގެ ޒަމާންވީ އިސްތިރާޖީ ބައިވެރިއެއް ކަމަށްވާ އޮމާނަށް އަމާޒުކޮށް ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވި ދެވަނަ ފަހަރެވެ.

އެމެރިކާގެ ރައީސް މި އިންޒާރު ދެއްވާފައިވަނީ، އީރާނާއެކު ފެށި ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ ކުރައްވާ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް ކަނޑައެޅި މުއްދަތު ހަމަވިއިރުވެސް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެންނެވެ. ނަމަވެސް، ހޯމަ ދުވަހުގެ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް އައުމަށް އޭނާ "އަވަސް އަރުވާނުލާ" ކަމަށެވެ.

މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް ދިން ދެ މަސް ދުވަހުގެ މުއްދަތު އެއްވެސް ކުރިއެރުމެއް ނުލިބި ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ. ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އަދި ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ އުންމީދު އޮތް ކަމަށް ފާއިތުވި މަސްތަކުގައި ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އެފަދަ އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

ހަމަ އެ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އީރާނުން "ހުދު ދިދަ ނަގައި އަމާންދޭންޖެހޭ" ކަމަށެވެ. ނަމަވެސް، ތެހެރާނަށް އާ ސުންގަޑިއެއް ކަނޑައަޅަން އުޅޭ ކަމުގެ އިޝާރާތެއް އޭނާ ނުދެއްވަ އެވެ. "އަހަރެންގެ އެއްވެސް ތާވަލެއް ނެތް. އަހަރެން މިއުޅެނީކީ އަވަސް އަރުވާލައިގެންނެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހު ޖީ7 ސަމިޓުގެ ހަވާސާގައި، ފަރަންސޭސިވިލާތުގެ ޕެލަސް އޮފް ވާސައިލްގައި ޓްރަމްޕް ވަނީ އީރާނާއެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހަމަލާބަދަލުކުރުން މެދުކަނޑާލައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ޖުމްލަ އެއްބަސްވުމަކަށް އައުމަށް 60 ދުވަހުގެ މުއްދަތެއް ދެފަރާތަށް ދެވުނެވެ. މި މުއްދަތު އިތުރުކުރެވެނީ ދެފަރާތުގެ ރުހުމާއެކުގަ އެވެ.

ހަ މަސް ދުވަހުގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ މިންވަރު މަދުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އީރާނާ ދެކޮޅަށް ބޭނުންކުރި ހަތިޔާރަކީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުތަކާއި ވައިގެ ދިފާއީ ނިޒާމުތައް ވަނީ އޭނާގެ ކުރިން ރައީސްކަން ކުރެއްވި ޖޯ ބައިޑަންގެ ސަރުކާރުން ޔޫކްރެއިނަށް "ހިލޭ ދީފަ އެވެ". މިއީ ހަނގުރާމައިގެ ކުރީކޮޅު ދިފާއީ މާހިރުން ދެއްވަމުން ގެންދެވި އިންޒާރުތަކާ އެއްގޮތް ވާހަކައެކެވެ. އެ މާހިރުން ވިދާޅުވަމުން ގެންދެވީ އެމެރިކާއާއި ބައިވެރިންގެ ހަތިޔާރުގެ ރިޒާވް ހުސްވަމުންދާ މިންވަރު، އެ ތަކެތި އަލުން އުފައްދާ މިންވަރަށްވުރެ އަވަސް ކަމަށެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ އޭނާގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމް މެދުވެރިކޮށް މަޝްވަރާތަކުގައި އޭނާ ދޫނުދޭނެ ކަންކަން ހާމަކުރެއްވުމަށްފަހު އެވެ. އޭނާ ލިޔުއްވާފައިވަނީ "އެންމެ މުހިންމު އަމާޒަކީ، އަދި އަބަދުވެސް އޮންނާނެ އަމާޒަކީ، އެއްވެސް ހާލެއްގައި އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުން" ކަމަށެވެ.

ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާއިރު، ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެ ސަރަހައްދު އޮތީ ބަންދުވެފަ އެވެ.

ހުރްމުޒް ކަނޑުއޮޅީގެ އުތުރުގައި އީރާން އޮތްއިރު، ދެކުނުގައި އޮތީ އޮމާނެވެ. އެ ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން މި ދެ ގައުމުން ދަނީ މަޝްވަރާ ކުރަމުންނެވެ.

މިދިޔަ މެއި މަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައިވެސް، އޮމާނުން "ރަނގަޅަށް އަމަލުނުކުރާނަމަ" އެ ގައުމު "ގޮއްވާލާނެ" ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅިއަކީ "އެމެރިކާގެ މިލްކެއް" ކަމަށް އިއުލާން ކުރައްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ.

އޮމާނަކީ އެމެރިކާއާއެކު އެތައް އަހަރެއްގެ އަސްކަރީ އަދި އިގްތިސާދީ ގުޅުންތަކެއް އޮންނަ، 5.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. މި ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އޮމާނަށް އީރާނުގެ ހަމަލާތައްވެސް ވަނީ އަމާޒުވެފަ އެވެ.

ޓްރަމްޕްގެ މި އިންޒާރުތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ، ޓްރަމްޕް ކިތަންމެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި ނަމަވެސް، އޮމާނާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ސީރިއަސްކޮށް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމައިގައި އެމެރިކާއާއި އިސްރާއީލުން އަމާޒުކުރަމުންދާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއެކު ސީދާ މުއާމަލާތް ކުރެވޭނެ މަގެއް ވޮޝިންގޓަނުން ހުޅުވާފައިވާކަން ޓްރަމްޕް ފުރަތަމަ ފަހަރަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އައި.އާރު.ޖީ.ސީގެ ލީޑަޝިޕާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އެމީހުންނަކީ މަކަރުވެރި ބައެއް ނަމަވެސް، އެމީހުން އެދަނީ ނެތިދަމުން" ކަމަށެވެ.

މަސްދަރު: ދަ ގާޑިއަން

އޮމާންއިސްރާއީލްހުރްމުޒް ކަނޑުއޮޅިއައިއާރުޖީސީއީރާން-އެމެރިކާ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި

17 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
16 އޯގަސްޓު 2026

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

16 އޯގަސްޓު 2026
މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި
16 އޯގަސްޓު 2026

އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!

16 އޯގަސްޓު 2026
އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް