އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026 | ހޯމަ 05:52ޣަލިބާފް ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލްގެ ބާރުތަކާ ދެކޮޅަށް އީރާން އިން ކުރި ހަނގުރާމައިގައި އެ ޤައުމުން ވަނީ ސިޔާސީ ގޮތުން އަދި ހަނގުރާމައިގެ ގޮތުން ވެސް ކާމިޔާބު ހޯދާފައި ކަަމަށް. އީރާން އަށް މި ކާމިޔާބީ ލިބުނީ އެ ޤައުމުގެ ރައްޔިތުންނާއި، އެ ޤައުމުގެ ސިފައިންގެ ބުރަ މަސައްކަތާއި، ހިތްވަރުން ކަމަށް ވެސް ޣަލިބާފް ވަނީ ވިދާޅުވެފައި


އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް | ގެޓީ އިމޭޖަސް
އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް އީރާން އިން ކުރި ހަނގުރާމައިގައި، އެ ޤައުމަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް އިއުލާން ކުރައްވައިފި އެވެ.
އީރާންގެ ފަރާތުން މަޝްވަރާތަކުގައި ވެސް އިސްކޮށް ހުންނެވި ޣަލިބާފް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާއާ ދެކޮޅަށް އީރާން އިން ކުރަމުން އަންނަ ހަނގުރާމައިގެ އެއްބަސްވުމުގެ 60 ދުވަަސް ހަމަވުމާ ގުޅިގެންނެވެ. މި އެއްބަސްވުން ހަމަވުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޣަލިބާފް ވިދާލުވީ، އީރާން އިން މި ހަނގުރާމައިގައި ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަަމަށެވެ.
ޣަލިބާފް ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލްގެ ބާރުތަކާ ދެކޮޅަށް އީރާން އިން ކުރި ހަނގުރާމައިގައި އެ ޤައުމުން ވަނީ ސިޔާސީ ގޮތުން އަދި ހަނގުރާމައިގެ ގޮތުން ވެސް ކާމިޔާބު ހޯދާފައި ކަަމަށެވެ. އީރާން އަށް މި ކާމިޔާބީ ލިބުނީ އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގެ ސިފައިންގެ ބުރަ މަސައްކަތާއި ހިތްވަރުން ކަމަށް ވެސް ޣަލިބާފް ވަނީ ވިދާޅުވެފައި އެވެ.
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް ދެއްކެވި ވާހަކަ
އެމެރިކާ އާއި އީރާންއާ ދެމެދު ވެފައިވާ މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށް ހަދާފައިވާ ވަގުތީ އެއްބަސްވުމެކެވެ. ނަމަވެސް ދެ ޤައުމުން އެއްބަސްވެފައިވަނީ ބައެއް ކަންކަމުގަ އެވެ.
ޣަލިބާފް ވިދާޅުވީ އީރާން އިން މި ހަނގުރާމަ އިން ކާމިޔާބު ހޯދިއިރު، އެމެރިކާ އާއި އިސްރާއީލް އިން ވަނީ އެ ޤައުމުތަކުގެ ބޭނުންތައް ހާސިލު ކުރުމުގައި ފެއިލްވެފައި ކަމަށެވެ. އީރާންގެ ރައްޔިތުން އަދި އެ ޤައުމުގެ ލީޑަރުން ދެއްކި ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާ އަކީ އީރާންގެ ކާމިޔާބީ ކަމަށް ވެސް ޣަލިބާފް ވިދާޅުވެފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










