Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި

17 އޯގަސްޓު 2026 | ހޯމަ 02:27

އިރާނުގެ އަސްކަރީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ދުޝްމަނުންނަށް "ސްޓްރެޓީޖިކް ސަޕްރައިޒް" ދިނުމަށް ތައްޔާރުވަމުންދާކަމުގެ އިންޒާރު އައި.އާރް.ޖީ.ސީ އިން ދީފި. އާ ކޮމާންޑަރުން އައްޔަންކުރުމާއެކު، ދިފާއީ އުސޫލުތަކުގެ ބަދަލުގައި އިސްވެ ހަމަލާދިނުމުގެ ގާބިލުކަން އިތުރުކޮށް، ގައުމުގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި ވަރުގަދަ ރައްދުތަކެއް ދޭނެކަމަށް އެ ގައުމުން ބުނޭ

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 02:27
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޕޮލިޓިކަލް ޑެޕިއުޓީ، ބްރިގޭޑިއަރ ޖެނެރަލް ޔާދުﷲ ޖަވާނީ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޕޮލިޓިކަލް ޑެޕިއުޓީ، ބްރިގޭޑިއަރ ޖެނެރަލް ޔާދުﷲ ޖަވާނީ | ޕްރެސްޓީވީ

އިރާނުގެ އަސްކަރީ ހަރަކާތްތައް މިހާތަނަށް ބިނާވެފައިވަނީ ހަމައެކަނި ދިފާއީ އުސޫލުތަކެއްގެ މައްޗަށް ކަމަށްވީ ނަމަވެސް، ބޭނުންވެއްޖެ ހާލަތެއްގައި އިސްވެ ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން އެ ގައުމުގެ ސިފައިންނަށް ލިބިގެންވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން "ސްޓްރެޓީޖިކް ސަޕްރައިޒްތަކަށް" ތައްޔާރުވުމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިސް ކޮމާންޑަރަކު އިންޒާރު ދެއްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މިފަދައިން ވިދާޅުވީ އައި.އާރް.ޖީ.ސީގެ ޕޮލިޓިކަލް ޑެޕިއުޓީ، ބްރިގޭޑިއަރ ޖެނެރަލް ޔާދުﷲ ޖަވާނީ އެވެ.

ޖެނެރަލް ޖަވާނީ ފާހަގަކުރެއްވި ގޮތުގައި މި ހަމަނުޖެހުންތައް ފެށީ އިދިކޮޅު ދުޝްމަނުންނެވެ. އަދި މިހާތަނަށް އިރާނުން ދީފައިވާ ހުރިހާ ރައްދުތަކަކީ ހަމައެކަނި ދިފާއީ ރައްދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، މިހާރު އޮތް ދިފާއީ ސިޔާސަތު ބަދަލުވުމުގެ މަގުމަތީގައިވާ ކަމަށާއި، މިއީ އަސްކަރިއްޔާގެ ސްޓްރެޓީޖިކް އުސޫލުތަކަށް އަންނާނެ ބޮޑު އަދި އިންގިލާބީ ބަދަލެއް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

"އަހަރެމެން ސިއްސުވާލެވިދާނެ ކަމަށް ދުޝްމަނުން ހީކޮށްގެން ނުވާނެ،" ޖެނެރަލް ޖަވާނީ ވިދާޅުވި އެވެ. "އޭގެ ބަދަލުގައި، ސްޓްރެޓީޖިކް ސަޕްރައިޒްތަކަކަށް ނުވަތަ ހީނުކުރާ ފަދަ ވަރުގަދަ ހަމަލާތަކަކަށް އިންތިޒާރު ކުރަންޖެހޭނީ ދުޝްމަނުން."

އޭނާ ވަނީ ދާދިފަހުން އައި.އާރް.ޖީ.ސީގެ އިސް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަށް، ހާއްސަކޮށް އާ ކޮމާންޑަރ-އިން-ޗީފް މޭޖަރ ޖެނެރަލް އަހުމަދު ވަހީދީއަށް ދީފައިވާ މެންޑޭޓަށް ސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފަ އެވެ.

ޖެނެރަލް ޖަވާނީ ފާހަގަކުރެއްވި ގޮތުގައި އާ ކޮމާންޑަރުން އައްޔަންކުރުމަކީ ހަމައެކަނި އިދާރީ ބަދަލެއް ނޫނެވެ. އެއީ ޒަމާނީ ހަނގުރާމައިގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިރާނުގެ އަސްކަރީ އުސޫލުތައް ތަރައްގީވަމުންދާކަން ދުޝްމަނުންނަށް އަންގައިދޭ ސާފު ސިގްނަލެކެވެ.

ޖެނެރަލް ޖަވާނީ ވިދާޅުވި ގޮތުގައި، ޖެނެރަލް ވަހީދީއަށް ދީފައިވާ އަމުރުގައި "އެންމެ މަތީ ދަރަޖައިގެ ދިފާއީ ބާރު" ދެއްކުމަށް ބާރުއަޅާފައިވެ އެވެ. އަދި މީގެ ފަހުން އަސްކަރިއްޔާއިން އަޅާ ކޮންމެ ދިފާއީ ފިޔަވަޅެއްގައި، ކުރިމަތިވެދާނެ ނުރައްކާތައް ނައްތާލުމަށްޓަކައި އިސްވެ ހަމަލާދިނުމުގެ ސިފަ އެކުލެވިގެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމީ ޖުމްހޫރިއްޔާއަކީ ކުރީގެ ލީޑަރު އިމާމް ޚުމައިނީ އާއި، ޝަހީދުވެފައިވާ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޒައާމަތުގައި ވެސް އަދި މިހާރުގެ ލީޑަޝިޕްގައި ވެސް ދުވަހަކުވެސް އިސްވެ ހަމަލާދިން ބައެއް ނޫންކަން ތަކުރާރު ކުރައްވަމުން، ދުޝްމަނުން ހަދަމުންދާ "ގޯސް ހިސާބުތަކަށް" ޖެނެރަލް ފާޑުވިދާޅުވި އެވެ.

"މި ބިން ދިފާއުކުރުމަށާއި، ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ދުޝްމަނުންގެ ނުރައްކާތައް ނައްތާލުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އެންމެ އެކަށީގެންވާ ވަގުތުގައި ކުރާނަން،" ޖެނެރަލް ޖަވާނީ ވިދާޅުވި އެވެ. އަދި ދާދިފަހުން ހިނގާދިޔަ ހާދިސާތަކުން ވެސް އަސްކަރިއްޔާގެ މި އަޒުމް ދައްކުވައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައި.އާރް.ޖީ.ސީގެ ކޮމާންޑަރ-އިން-ޗީފްގެ މަގާމަށް މޭޖަރ ޖެނެރަލް އަހުމަދު ވަހީދީ އައްޔަންކުރުމަކީ އިރާނުގެ އަސްކަރީ އަދި ސްޓްރެޓީޖިކް ލީޑަޝިޕް ވަރުގަދަވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޖެނެރަލް ވަހީދީއަކީ 1980 ގެ އަހަރުތަކުގައި އިރާގުން އިރާނަށް އެރި ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ، އަދި އިރާނުގެ ސަލާމަތީ އިދާރާތަކުގެ އިތުބާރު ބޮޑު، އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މީގެ ކުރިން އޭނާ ވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސްގެ މަގާމާއި ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. މީގެ ސަބަބުން ނުރަސްމީ ހަނގުރާމައިގެ އުކުޅުތަކާއި ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.

އައި.އާރް.ޖީ.ސީގެ އެންމެ މަތީ މަގާމަށް އޭނާ އައްޔަންކުރުމަކީ، އިރާނުގެ ދިފާއީ ސިޔާސަތު އިތުރަށް ގުޅުވާލައި، އިސްވެ ފިޔަވަޅު އަޅާ އަދި ހުރަސްތަކަށް ނުގުޑާ ފަދަ ވަރުގަދަ ނިޒާމަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމެއްކަން ހާމަވެގެންދާ ކަމެކެވެ.

އީރާންއައިއާރުޖީސީޔަދުﷲ ޖަވާނީއަހުމަދު ވަހީދީއީރާން ހަނގުރާމަ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!

16 އޯގަސްޓު 2026
އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
15 އޯގަސްޓު 2026

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026
ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް
15 އޯގަސްޓު 2026

އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟

15 އޯގަސްޓު 2026
އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
14 އޯގަސްޓު 2026

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

14 އޯގަސްޓު 2026
ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ
14 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި

14 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި
14 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް

14 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް
14 އޯގަސްޓު 2026

މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި

14 އޯގަސްޓު 2026
މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި
14 އޯގަސްޓު 2026

އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި

14 އޯގަސްޓު 2026
އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް