Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

8 އޯގަސްޓު 2026 | ހޮނިހިރު 10:00

ރަޝިޔާގެ ބެލިސްޓިކް މިސައިލް ހަމަލާތަކުގައި ކީވްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ވައިގެ ދިފާއީ ނިޒާމުތައް ލިބުން ލަސްވުމުގެ ސަބަބުން ފުރާނައާއި މުދަލަށް ލިބޭ ގެއްލުން އިތުރުވަމުންދާކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެ. މީގެ އިތުރުން ރަޝިޔާގެ އިގްތިސާދަށް ހުރަސްއެޅުމަށް ޔޫކްރެއިނުން ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ހަމަލާދެމުންދާއިރު، ޒެލެންސްކީ މިހާރު ގެންދަވަނީ ބައިނަލްއަގުވާމީ ތާއީދު ހޯއްދެވުމަށް ސާބިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން

ރާއްޖެ އެމްވީ | 8 އޯގަސްޓު 2026 | ހޮނިހިރު 10:00

ޔޫކްރެއިންގެ ވެރިރަށް ކީވް ކައިރިއަށް ރަޝިޔާއިން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން އުފެދުނު ބޮޑު އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން | ސްކްރީން އިމޭޖް

ޔޫކްރެއިންގެ ވެރިރަށް ކީވް ކައިރިއަށް ރަޝިޔާއިން ރޭގަނޑު ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކީވްގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ހަމަލާތައް ދީފައި މިވަނީ ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކެއްގައި 21 މީހުން މަރުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ރަޝިޔާއިން ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގައި ތިން މީހުން މަރުވެ، އިތުރު ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ޓިމޫރް ޓްކަޗެންކޯ ވިދާޅުވި އެވެ. އަދި މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން އެޕާޓްމަންޓް އިމާރާތްތަކަށާއި ކާރުތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، ވަކިން ހުރި އެހެން އިމާރާތެއްގައި އަލިފާން ރޯވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވި ގޮތުގައި، ކީވްގެ އިމާރާތެއްގައާއި ތެޔޮ ރައްކާކުރާ ޓޭންކެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ޔޫކްރެއިންގެ ސްޓޭޓް އެމަޖެންސީ ސާވިސް (ޑީ.އެސް.އެން.އެސް) އިން ވަނީ ކީވްގެ ގަރާޖުތަކަކާއި، ވިޔަފާރިކުރާ ތަނެއްގެ އިތުރުން އިމާރާތެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އަދި މި ހަމަލާތަކުގައި އަނިޔާވި މީހުންގެ ސީދާ އަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ މިހާރު ވަނީ ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ވަޑައިގެންފަ އެވެ. މިއީ އޭނާ އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސާބިއާގެ ރައީސް އަލެކްސަންޑަރ ވޫޗިޗްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ އިގްތިސާދީ ގުޅުމާއި، ސަލާމަތީ ކަންކަމުގެ އިތުރުން ޔޫރަޕްގެ އިއްތިހާދާ (އީ.ޔޫ) އޮންނަ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޒެލެންސްކީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔޫކްރެއިނަށް އޮތް ތާއީދު އިތުރުކުރުމަށެވެ. ނަމަވެސް ރައީސް ވޫޗިޗް ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިންކާރު ކުރައްވާފަ އެވެ. ސާބިއާއަކީ ޔޫރަޕްގެ އިއްތިހާދާ ގުޅުމަށް މަސައްކަތް ކުރަމުންދާ ގައުމެކެވެ. އެ ގައުމުން ވަނީ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދީ، ހަނގުރާމައަށްފަހު އެ ގައުމު އަލުން އާރާދުކުރުމުގައި އެހީތެރިވާނެ ކަމަށް ވައުދުވެފަ އެވެ.

މި ހަފުތާގެ ކުރީކޮޅު ޒެލެންސްކީ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ބައިވެރިންގެ ފަރާތުން އެންޓި-ބެލިސްޓިކް ސިސްޓަމްތައް ލިބުން ލަސްވުމަކީ "ބިރުވެރި މަރުތަކާއި ހަލާކުތަކެއް" ކުރިމަތިވާ ކަމެކެވެ. އަދި ވަރުގަދަ ވައިގެ ދިފާއީ ނިޒާމެއް އޮތްނަމަ، ފަހަކަށް އައިސް ދިން ނުރައްކާތެރި ހަމަލާތަކުގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ބޭރުގެ ބައިވެރިން ޔޫކްރެއިނަށް ފޯރުކޮށްދޭ މިސައިލް ދިފާއީ ނިޒާމުތަކުގެ މިންވަރު މިއަހަރު "ވަރަށް ބޮޑަށް މަދުވެފައިވާ" ކަމަށްވެސް ރައީސް ޒެލެންސްކީ ފަހުން ވިދާޅުވި އެވެ.

މި ހަމަލާތައް ދީފައި މިވަނީ، ރަޝިޔާގެ އެތެރޭގައި ހުރި ދެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި ކަޅު ކަނޑުގައި ހުރި ރަޝިޔާއާ ގުޅުންހުރި އުޅަނދުތަކަކަށް ޔޫކްރެއިނުން ހަމަލާދީފައި ވަނިކޮށެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ބޭނުމަކީ، ޔޫކްރެއިން ހަނގުރާމައަށް ޚަރަދުކުރުމަށް ރަޝިޔާއިން ތެލުގެ ވިޔަފާރިން ހޯދާ އާމްދަނީ މަދުކުރުމެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ރޭގަނޑު ދިން ހަމަލާތަކުގައި ރަޝިޔާގެ އިލްސްކީ އަދި ސިޒްރާން ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ވަނީ ހަމަލާދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެ ދެ ތަނުގައިވެސް ވަނީ އަލިފާން ރޯވެފަ އެވެ.

ފަހަކަށް އައިސް ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވެފައިވާއިރު، މީގެ ސަބަބުން ދެ ގައުމުގެ މެދުގައި ދެވޭ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.

ޔޫކްރެއިން-ރަޝިޔާވުލަޑިމިއަރ ޒެލެންސްކީޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
05 އޯގަސްޓު 2026

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ

05 އޯގަސްޓު 2026
ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
04 އޯގަސްޓު 2026

ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

04 އޯގަސްޓު 2026
ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި
03 އޯގަސްޓު 2026

ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

03 އޯގަސްޓު 2026
ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
01 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ

01 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ
27 ޖުލައި 2026

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026
ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން
27 ޖުލައި 2026

އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް

27 ޖުލައި 2026
އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް
26 ޖުލައި 2026

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފި

26 ޖުލައި 2026
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފި
22 ޖުލައި 2026

ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ

22 ޖުލައި 2026
ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް