Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ

1 އޯގަސްޓު 2026 | ހޮނިހިރު 09:21

ރަޝިޔާއިން ކީވްއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އާންމު އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންވާ އެހީތެރިކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެދިވަޑައިގެންފިއެވެ. މި ދަނޑިވަޅުގައި ޕެޓްރިއަޓް މިސައިލް އުފެއްދުމުގެ ހުއްދަ ޔޫކްރެއިނަށް ދިނުމާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވާއިރު، ދެ ގައުމުގެ ދެމެދުގައި މިކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 09:21

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި މަދުވެގެން 9 މީހުން މަރުވެ، އިތުރު 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވޭ | ސްކްރީން އިމޭޖް

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު ކީވްއަށް ދިން މި ހަމަލާތަކުގައި އިތުރު 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

މޮސްކޯއިން ފަހަކަށް އައިސް ކީވްއަށް ދޭ ބެލިސްޓިކް މިސައިލް ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިސައިލް ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ އިންޓަސެޕްޓަރުތައް މިހާރުން މިހާރަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މި ހަމަލާތައް ދީފައި މިވަނީ، ރަޝިޔާއިން ޔޫކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގެ ތެރޭގައި، އެއް އާއިލާއެއްގެ ހަ މީހުން ހިމެނޭހެން މަދުވެގެން އަށް މީހަކު މަރުވިތާ ދެ ދުވަސް ފަހުން، ރަޝިޔާގެ ކްރޫޒް މިސައިލެއް ކަމަށް ބެލެވޭ މިސައިލެއް ޕޮލެންޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޝްކޯ ވިދާޅުވީ ހޮނިހިރު ދުވަހު ވެރިރަށަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ. އަދި އެ ސިޓީން 10 އަށްވުރެ ގިނަ ގޮވާ އަޑު އިވިފައިވާ ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ.

މި ހަމަލާތަކާ ގުޅިގެން ސިޓީގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގައި، ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ.

މޭޔަރު ކްލިޝްކޯ ވިދާޅުވި ގޮތުގައި ޝެވްޗެންކިވްސްކީ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް ލިބުނު ގެއްލުންތަކާއެކު، ބައެއް މީހުން ވަނީ އެ އިމާރާތުގެ ތެރޭގައި ތާށިވެފަ އެވެ.

އިމަޖެންސީ ސާވިސްއިން ބުނި ގޮތުގައި ދާރްނިޓްސްކީ ޑިސްޓްރިކްޓަށް ދިން ހަމަލާއެއްގައި މަދުވެގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ. އަދި ދެ ކުޑަކުދިން ހިމެނޭހެން އިތުރު 14 މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

ސޮލޮމިއަންސްކީ ޑިސްޓްރިކްޓްގައި ހުރި ފަސް ބުރީގެ އިމާރާތަކަށް ލިބުނު ގެއްލުންތަކުގައި ދެ މީހަކު މަރުވެ، ދެ ކުޑަކުދިން ހިމެނޭހެން އަށް މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ލިތުއޭނިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ އެމްބަސީ ކައިރިއަށް މިސައިލެއް ވެއްޓުމުގެ ސަބަބުން އެމްބަސީގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، ގޯތިތެރެއަށް ކުނިތައް ވަނީ ބުރައިގެން ގޮސްފަ އެވެ.

މި ހަމަލާތައް ދީފައި މިވަނީ، ޕެޓްރިއަޓް އިންޓަސެޕްޓަރު މިސައިލް އުފެއްދުމުގެ ހުއްދަ ޔޫކްރެއިނަށް ދިނުމަށް އެދިވަޑައިގެން، މި ހަފުތާގެ ކުރީކޮޅު ވޮޝިންގްޓަން ޑީސީގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ޒެލެންސްކީ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ހުކުރު ދުވަހު ކޭމްޕް ޑޭވިޑްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި މިސައިލްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޕެޓްރިއަޓް މިސައިލް އުފެއްދުމަށް ޔޫކްރެއިނަށް ހުއްދަ ދިނުމަށް އެމެރިކާއިން އަދި އެއްބަސްވެފައި ނުވާ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެހެން ބަޔަކަށް މިފަދަ ހަތިޔާރު އުފެއްދުމުގެ ހުއްދަ ދިނުމުގައި އެމެރިކާއިން "ވަރަށް ބޮޑަށް ސަމާލުވާންޖެހޭ" ކަމަށެވެ.

އެމެރިކާގެ ކުރިއަރާފައިވާ ހަތިޔާރުގެ ޓެކްނޮލޮޖީ ހިއްސާކުރުމާ މެދު އޮތް ކަންބޮޑުވުންތައް ފާހަގަކުރައްވަމުން، ޓްރަމްޕް ވިދާޅުވީ އެއީ "ވަރަށް ބޮޑު ނިންމުމެއް" ކަމަށެވެ.

ޕެޓްރިއަޓް މިސައިލާ ގުޅޭގޮތުން ޓްރަމްޕް އެންމެ ފަހުން މި ދެއްކެވި ވާހަކަތަކަކީ، އެ މިސައިލް އުފެއްދުމުގެ ހައްގު ޔޫކްރެއިނަށް ދިނުމަށް އޭނާ ހުށަހެޅުއްވިތާ ހަފުތާތަކެއް ފަހުން ދެއްކެވި ވާހަކަތަކެކެވެ.

ރަޝިޔާއިން ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ބެލިސްޓިކް މިސައިލްތައް ވައްޓާލުމުގެ ގާބިލުކަން ހުރި ހަމައެކަނި ހަތިޔާރު ކަމަށްވާ ޕެޓްރިއަޓް މިސައިލްގެ ސްޓޮކް ޔޫކްރެއިންގައި ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ޒެލެންސްކީ ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕާއެކު ބޭއްވި ބައްދަލުވުމަށްފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ ފޯނުން ގުޅުއްވައި "ކާމިޔާބު" މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމަށް ރަޝިޔާއިން ދޭ ވައިގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ވައިގެ ދިފާއީ ނިޒާމު، ޚާއްސަކޮށް ބެލިސްޓިކް މިސައިލްތަކާ ދެކޮޅަށް ބޭނުންކުރާ ޕެޓްރިއަޓް އިންޓަސެޕްޓަރުތަކަކީ އެންމެ އިސްކަންދޭ ކަންތައް،" ޒެލެންސްކީ ލިޔުއްވާފައިވެ އެވެ.

ޔޫކްރެއިންގެ ފަރާތުންވެސް ފަހަކަށް އައިސް ރަޝިޔާއަށް ދޭ ރައްދު ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. މީގެ ތެރޭގައި ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ ކަމަށްވާ 'ވައިލްޑްބެރީސް' ގެ ގުދަންތަކަށް ދިން ހަމަލާތައް ހިމެނެ އެވެ.

ކީވްއިން ބުނާ ގޮތުގައި އެ ގައުމުން އަމާޒު ކުރަނީ ރަޝިޔާގެ އަސްކަރީ ސާމާނު ގަތުމަށް ބޭނުންކުރާ ލޮޖިސްޓިކް މަރުކަޒުތަކަށެވެ. އަދި މީގެ ބޭނުމަކީ ރަޝިޔާގެ ސިފައިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކަމަށްވެސް ބުނެފައިވެ އެވެ.

ރަޝިޔާ-ޔޫކްރެއިންވުލަޑިމިއަރ ޒެލެންސްކީޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

27 ޖުލައި 2026

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026
ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން
27 ޖުލައި 2026

އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް

27 ޖުލައި 2026
އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް
26 ޖުލައި 2026

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފި

26 ޖުލައި 2026
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފި
22 ޖުލައި 2026

ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ

22 ޖުލައި 2026
ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ
20 ޖުލައި 2026

ކަޅުކަނޑުގައި ދަތުރުކުރި އާގުބޯޓަކަށް ރަޝިޔާ އިން ހަމަލާދީފި، މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި

20 ޖުލައި 2026
ކަޅުކަނޑުގައި ދަތުރުކުރި އާގުބޯޓަކަށް ރަޝިޔާ އިން ހަމަލާދީފި، މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި
19 ޖުލައި 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި

19 ޖުލައި 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި
12 ޖުލައި 2026

ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި

12 ޖުލައި 2026
ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި
12 ޖުލައި 2026

ޒެލެންސްކީގެ ކެބިނެޓަށް ބަދަލު ގެންނަވަނީ، ބޮޑުވަޒީރު ވަކިކުރައްވަނީ

12 ޖުލައި 2026
ޒެލެންސްކީގެ ކެބިނެޓަށް ބަދަލު ގެންނަވަނީ، ބޮޑުވަޒީރު ވަކިކުރައްވަނީ
12 ޖުލައި 2026

ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު

12 ޖުލައި 2026
ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު
08 ޖުލައި 2026

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

08 ޖުލައި 2026
ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް