Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026 | ހޯމަ 14:52

އީރާނުގެ ވިޔަފާރި އުޅަނދަކަށް ޔޫކްރެއިނުން ދިން ހަމަލާ އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ޔޫކްރެއިނާއި އިސްރާއީލުން އެމެރިކާއާއެކު ބާއްވާ ގުޅުމަކީ ސުލްހައަށް އޮތް ހުރަހެއް ކަމަށް އީރާނުން ބުނެފި. އަދި އަވަށްޓެރި ގައުމުތަކާއެކު ބާއްވާ ގުޅުންތަކަކީ ބޭރުގެ ނުފޫޒެއް ނެތް، ގައުމީ މަސްލަހަތަށް އިސްކަންދީގެން ކުރިއަށްގެންދާ ކަންކަން ކަމުގައިވެސް އެ ގައުމުން ފާހަގަކުރޭ

ރާއްޖެ އެމްވީ | 27 ޖުލައި 2026 | ހޯމަ 14:52
އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަހަރީ އަސްކަރީ ޕެރޭޑެއްގައި އެ ގައުމުގެ ސިފައިން މާޗުކުރަނީ

އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަހަރީ އަސްކަރީ ޕެރޭޑެއްގައި އެ ގައުމުގެ ސިފައިން މާޗުކުރަނީ | ގެޓީ އިމޭޖަސް

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައެޅުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ. އީރާނުގެ ދިފާއީ އަދި ހާރިޖީ ސިޔާސަތުތައް ބިނާވެފައިވަނީ ހަމައެކަނި އެ ގައުމުގެ ގައުމީ މަސްލަހަތާއި ސަލާމަތުގެ މައްޗަށް ކަމަށް ފާހަގަކުރައްވައި، ހަނގުރާމައެއް ފަށާނެ ނުވަތަ ނިންމާނެ ވަގުތު ކަނޑައެޅުމުގެ ބާރު އެމެރިކާއަށް ނޯންނާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްމާއިލް ބަޣާއީ މިހެން ވިދާޅުވީ، ގަތަރާއި ޕާކިސްތާނުން ހުށަހެޅި ސުލްހައިގެ ހުށަހެޅުމަކަށް އީރާނާއި އެމެރިކާއިން އިޖާބަދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މި ދަނޑިވަޅަކީ އެމެރިކާއިން މި ސަރަހައްދަށް ހަތިޔާރު ފޮނުވުން ކުރިއަށްގެންދާ ވަގުތެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުގެ ނިންމުންތައް ނިންމާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަޣާއީ ވިދާޅުވީ، އެ ގައުމުގެ ސިޔާސަތުތައް ބިނާވަނީ ބޭރުގެ ނުފޫޒަށްވުރެ ބޮޑަށް، ގައުމުގައި ގާއިމުކުރެވިފައިވާ މުއައްސަސާތަކުގެ ނިންމުންތަކުގެ މައްޗަށް ކަމަށެވެ.

"އަސާސީ ގޮތުން ބަލާއިރު، އަޅުގަނޑުމެންނެއް ތެލާ މެދުވެސް އަދި އެމެރިކާގެ ކަންބޮޑުވުންތަކާ މެދުވެސް ފަރުވާލެއް ނުބަހައްޓަން. އަޅުގަނޑުމެންނަށް މުހިންމީ އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި ގައުމަށް އެންމެ ފައިދާހުރި ގޮތް،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ގައުމީ މަސްލަހަތު ކަނޑައެޅުމަކީ އެންމެ ކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، އެކަމުގައި ގިނަ ކަންތައްތަކަކަށް ރިއާޔަތްކުރަންޖެހޭ ކަމަށެވެ. އަދި އީރާނުގެ ނިންމުންތައް ނިންމަނީ އިސްލާމީ ޖުމްހޫރިއްޔާގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ހިމެނޭ ގޮތަށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައެޅުމުގެ ފުރުސަތު އަޅުގަނޑުމެން ދުވަހަކުވެސް އެމެރިކާއަކަށް ނުދެން، އަދި ނުވެސް ދޭނަން. ގައުމީ މަސްލަހަތު ނިޔާކުރާހާ ހިނދަކު އަޅުގަނޑުމެންގެ ދިފާއުގައި ދެމިތިބޭނަން. އަދި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ޑިޕްލޮމަސީ ނުވަތަ ހާރިޖީ ގުޅުންތަކަކީ އެންމެ ރަނގަޅު ވަސީލަތް ކަމަށް ފެންނަ ކޮންމެ ހިނދެއްގައި، އޭގެ ބޭނުންވެސް ހިފާނަން،" ބަޣާއީ ވިދާޅުވި އެވެ.

'އީރާނުގެ އުޅަނދަކަށް ޔޫކްރެއިނުން ދިން ހަމަލާގެ ނަތީޖާ ވަރަށް ހިތިވާނެ'

މީގެ އިތުރުން، ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި އުޅަނދަކަށް ޔޫކްރެއިނުން ދިން ނުރައްކާތެރި ހަމަލާ ތަރުޖަމާނު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރަޝިއާއާއި ޔޫކްރެއިނުގެ ހަނގުރާމައިގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ނަމަވެސް، ޔޫކްރެއިނުން މިފަދަ ލާއިންސާނީ އަމަލެއް ހިންގާފައިވާ ކަމަށެވެ.

މިއީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި، މިކަމުގެ ރައްދު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޔޫކްރެއިނަށް އެހީތެރިވާ ގައުމުތަކުންވެސް މިފަދަ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިފަދަ ހަމަލާތަކުގެ ސަބަބުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާތަކަށް ބަލައި، ޔޫކްރެއިނުގެ ރައީސް ވުލޮޑިމިރް ޒެލެންސްކީގެ "ބޮޑުން" އޭނާ ކޮންޓްރޯލްކޮށް، ސަމާލުވާންޖެހޭ ކަމަށް ބަޣާއީ ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ހަމަލާއަކީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ޔޫކްރެއިނުގެ ބާރު ދެއްކުމަށް ހިންގި ރަމްޒީ އަމަލެކެވެ.

ޒެލެންސްކީއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ، އެ ތިން ފަރާތުގެ މެދުގައި އޮތް ނުރައްކާތެރި ގުޅުމަށް ބަޣާއީ ފާޑުވިދާޅުވި އެވެ.

"މި ގުޅުން ސިފަކުރެވޭނީ 'ނުބައިކަމުގެ ތިނެސްކަނެއް'ގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ. އަދި މިފަދަ ގުޅުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ދުވަހަކުވެސް ހެޔޮ ބަދަލެއް އައިސްފައިނުވާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

'އީރާނުން ބޭނުންވަނީ އަވަށްޓެރި ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ބާއްވަން'

އީރާނުން އަވަށްޓެރި ގައުމުތަކާ ކުރިމަތިލުމަކަށް ދާން ބޭނުންނުވާ ކަމަށް ބަޣާއީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެއްވެސް އަވަށްޓެރިއަކާ މެދު ދުޝްމަންކަމެއް ނެތް. އޭގެ ބަދަލުގައި، އީރާނާއި ޕާޝިއަން ގަލްފުގެ ދެކުނު އައްސޭރީގެ ގައުމުތަކާ ދެމެދު ބޮޑެތި ގުޅުންތަކާއި ގުޅިފައިވާ މަސްލަހަތުތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސަރަހައްދުގެ ބައެއް ގައުމުތަކުން އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، ބައެއް ހާލަތްތަކުގައި އެ ގައުމުތަކުން އަމަލީ ގޮތުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ސަބަބުން، އެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ރައްދު ހަމަލާ ދޭންޖެހުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، މިފަދަ އެއްބާރުލުން ދިނުމަކީ "ހަނގުރާމައިގެ ކުށެއް" ކަމަށް އީރާނުން ދެކޭ ކަމަށާއި، އެކަން ހުއްޓާލުމަށް އީރާނުން އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

'އީރާނާއި އޮމާންގެ މަޝްވަރާތަކަކީ އެމެރިކާއާ ގުޅުމެއް އޮތް ކަމެއް ނޫން'

އީރާނާއި އޮމާނާ ދެމެދު ކުރިއަށްދާ ދެފަރާތުގެ މަޝްވަރާތަކާ ގުޅޭގޮތުން ބަޣާއީ ވިދާޅުވީ، ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުނު ބައްދަލުވުންތަކަކީ ވަރަށް ބޭނުންތެރި އަދި ނަތީޖާ ނެރެވޭނެ މަޝްވަރާތަކެއް ކަމަށެވެ.

މި މަޝްވަރާތަކަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމާއި، ދެ ގައުމުގެ ސިޔާދަތީ ހައްގުތަކަށް އިހުތިރާމްކުރަމުން، ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްވަރާތަކަކީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ހިނގާ ކަމެއްކަން ބަޣާއީ ފާހަގަކުރެއްވި އެވެ. "މި މަޝްވަރާތަކާ އެމެރިކާއާ އެއްވެސް ގުޅުމެއް ނެތް. މިއީ އީރާނާއި އޮމާނާ ދެމެދު އޮތް ދެފަރާތުގެ މައްސަލައެއް، އަދި މި މަޝްވަރާތައް ދަނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

އީރާން-އެމެރިކާއިސްމާޢީލް ބަޣާއީޔޫކްރެއިންވުލަޑިމިއަރ ޒެލެންސްކީއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

27 ޖުލައި 2026

އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން

27 ޖުލައި 2026
އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން
27 ޖުލައި 2026

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން

27 ޖުލައި 2026
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން
27 ޖުލައި 2026

ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ

27 ޖުލައި 2026
ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ
27 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި

27 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި
27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
27 ޖުލައި 2026

އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް

27 ޖުލައި 2026
އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް
26 ޖުލައި 2026

އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ

26 ޖުލައި 2026
އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026

ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު

26 ޖުލައި 2026
ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް