Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!

17 އޯގަސްޓު 2026 | ހޯމަ 09:37

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި ދެކުނު ކޮރެއާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފައި. އެއާއެކު ދެކުނު ކޮރެއާގެ ލީޑަރުން އެކަމާ ނޫނެކޭ ވިދާޅުވިކަން ޓްރަމްޕް ފާހަގަ ކުރެއްވި

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 09:37
އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ކޮރެއާ އަދި ދެކުނު ކޮރެއާގެ އާމީ ސްޕެޝަލް ވޯފެއާ ކޮމާންޑުގެ ސިފައިން ގުޅިގެން، 2023 އޮގަސްޓް 28 ވަނަ ދުވަހު ބޭއްވި "އުލްޗީ ފްރީޑަމް ޝީލްޑް" (ޔޫ.އެފް.އެސް) ތަމްރީނުތަކުގެ ތެރެއިން

އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ކޮރެއާ އަދި ދެކުނު ކޮރެއާގެ އާމީ ސްޕެޝަލް ވޯފެއާ ކޮމާންޑުގެ ސިފައިން ގުޅިގެން، 2023 އޮގަސްޓް 28 ވަނަ ދުވަހު ބޭއްވި "އުލްޗީ ފްރީޑަމް ޝީލްޑް" (ޔޫ.އެފް.އެސް) ތަމްރީނުތަކުގެ ތެރެއިން | ރޮއިޓާސް

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮންމެ އަހަރަކު ބާއްވާ އަސްކަރީ ތަމްރީނުތައް ކަމަށްވާ "އުލްޗީ ފްރީޑަމް ޝީލްޑް" މިދިޔަ ހޯމަ ދުވަހު ފަށައި، 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ރޮއިޓާސް އިން މިދިޔަ ހަފުތާގައި އާންމުކުރި ދެ ގައުމުގެ ގުޅިފައިވާ ބަޔާނަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަމްރީނުތަކަކީ އުތުރު ކޮރެއާގެ ކުރިއަރަމުން އަންނަ އަސްކަރީ ގާބިލުކަމަށް ރިއާޔަތްކޮށް، ޑްރޯންތަކާއި، ޖީޕީއެސް މެދުކަނޑާލުމާއި އަދި ސައިބަރ ހަމަލާތަކުން ދިފާއުވުމަށް ފަރުމާކޮށްފައިވާ ތަމްރީނުތަކެކެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި، ތާވަލާ އެއްގޮތަށް މިދިޔަ ހޯމަ ދުވަހު ވަނީ ތަމްރީނުތައް ފަށާފަ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލިއަކަށް ކުރެއްވި އިއުލާނާ ގުޅިގެން، މި ތަމްރީނުތަކުގެ ފެންވަރު ކުއްލި ގޮތަކަށް ކުޑަކޮށްފައިވޭތޯ ނުވަތަ ނޫންތޯ މިހާތަނަށް ސާފެއް ނުވެ އެވެ.

މި ތަމްރީނުތަކަކީ އާންމުގޮތެއްގައި އެތައް ހާސް ސިފައިންނާއި ބޮޑެތި އަސްކަރީ ސާމާނު ބޭނުންކޮށްގެން ބާއްވާ ވަރުގަދަ ހަރަކާތެކެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިފަހަރުގެ ތަމްރީނުތަކުގައި ދެކުނު ކޮރެއާގެ މަދުވެގެން 18،000 ސިފައިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ މިފަދަ ތަމްރީނުތަކަށް އުތުރު ކޮރެއާއިން އަބަދުވެސް ފާޑުކިޔަ އެވެ. އެގޮތުން، މިދިޔަ ހަފުތާގައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ މި ތަމްރީނުތަކަކީ "އިސްތިއުމާރީ ހަނގުރާމައަކަށް ތައްޔާރުވުން" ކަމަށާއި، އެއީ އެ ގައުމުގެ ސަލާމަތަށް އޮތް "ބޮޑު ނުރައްކަލެއް" ކަމަށް ސިފަކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު، ބްލޫ ހައުސްއިން ބުނީ ޓްރަމްޕްގެ ވާހަކަފުޅުތައް ދިރާސާކުރަމުންދާ ކަމަށެވެ. އަދި ތަމްރީނުތަކުގެ ތަފްސީލުތަކާއި ދެ ގައުމުގެ ގުޅިފައިވާ ދިފާއީ ނިޒާމު ވަރުގަދަކޮށް ބެލެހެއްޓުމާ ގުޅޭގޮތުން އެމެރިކާއާއެކު މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބްލޫ ހައުސްއިން ބުންޏެވެ.

މިދިޔަ އަހަރު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، ކޮރެއާ ސަރަހައްދުގެ ސުލްހައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އަލުން ބައްދަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވަނީ ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއުންގްގެ އަރިހުގައި ވިދާޅުވެފަ އެވެ.

"އުތުރު ކޮރެއާ އާއި އެމެރިކާގެ ލީޑަރުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން، ދެ ގައުމުގެ މެދުގައި މާނަހުރި މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ދެކުނު ކޮރެއާ ސަރުކާރުން އުއްމީދު ކުރޭ،" މިދިޔަ ހޯމަ ދުވަހު ބްލޫ ހައުސްއިން ނެރުނު ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ރައީސް ލީ ވަނީ 1953 ވަނަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބަދަލުގައި، ރަސްމީ ސުލްހައިގެ މުއާހަދާއެއް ގާއިމުކުރުމަށްޓަކައި، ފަންނީ ގޮތުން އަދިވެސް ހަނގުރާމައިގެ ހާލަތުގައި އޮތް ދެ ކޮރެއާގެ މެދުގައި މަޝްވަރާ ކުރުމަށް މީގެ ކުރިން ގޮވާލައްވާފަ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި ދެކުނު ކޮރެއާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.

"މިއީ މާ ބޮޑު ގުޅުމެއް ނެތް ކަމަކަށް ވިޔަސް، އިސްލާމީ ޖުމްހޫރިއްޔާ އީރާން ނިއުކްލިއާ ހަތިޔާރުން ސަލާމަތްކުރުމަށް (ޑިނިއުކްލިއަރައިޒޭޝަން) ކުރާ މަސައްކަތުގައި ބައިވެރިވުމަށް އަޅުގަނޑު ދާދި ފަހުން ދެކުނު ކޮރެއާގެ ރައީސްގެ ކިބައިން އެދުނިން. ނަމަވެސް އެ ބޭފުޅުން ވިދާޅުވީ 'ނޫނެކޭ، ޝުކުރިއްޔާ!'" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

އެމެރިކާގެ ރައީސް ގެންދަވަނީ ހަނގުރާމައިގެ ކަންކަމުގައި އެހީތެރިނުވާ އެކުވެރި ގައުމުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

ދެކުނު ކޮރެއާއިން ހޯމަ ދުވަހު ބުނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި "އަސްކަރީ ގޮތުންނާއި އަމަލީ ގޮތުން އެހީތެރިވެދެވޭނެ ގޮތްތަކާ" ގުޅޭގޮތުން އެމެރިކާއާ ގާތުން މަޝްވަރާ ކުރަމުންދާ ކަމަށާއި، ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ބައިވެރިވަމުންދާ ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ވިދާޅުވި ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިން، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާއާއެކު ކުރި ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބުވުމުން، ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އޭނާގެ ގައުމުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން އެނގިގެން ދިޔަ ކަމުގަ އެވެ. މާޗް މަހު އާންމުކުރި އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ކިމް ވަނީ ވޮޝިންޓަނުން "ދައުލަތުން ސްޕޮންސާކޮށްގެން ޓެރަރިޒަމާއި އުދުވާނީ އަމަލުތައް" ހިންގާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. 

އަސްކަރީ ތަމްރީނުތައް ކުޑަކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭންއާ ގުޅޭގޮތުން ކިމް އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް، ޖަޕާނުގެ އިސްތިއުމާރުން އުތުރު ކޮރެއާ މިނިވަންވި ދުވަހުގެ މުނާސަބަތުގައި ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ފޮނުއްވި މެސެޖެއްގައި، ރަޝިޔާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާކަން ކިމް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އެހީތެރިވުމަށް އުތުރު ކޮރެއާއިން ވަނީ ސިފައިންނާއި މިސައިލް ފޯރުކޮށްދީފަ އެވެ.

ޓްރަމްޕާއި ކިމްގެ ގުޅުން

އުތުރު ކޮރެއާއަކީ އެމެރިކާގެ ޒަމާންވީ ދުޝްމަނަކަށް ވީނަމަވެސް، ޓްރަމްޕާއި ކިމްއާ ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. މި ހަފުތާ ބަންދުގައި ޓްރަމްޕް ވަނީ ކިމްއާއެކު ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، "މި ފޮޓޯއިން ފެންނަނީ އެހާ ރަހުމަތްތެރި ސިފައެއް ނޫން ކަމަށް ވިޔަސް، އަޅުގަނޑުމެން ހިނިތުންވެގެން ތިބި ވަރަށް ގިނަ ފޮޓޯ އެބަހުރި ކަމަށާއި، ކިމް ޖޮންގް އުން އާއި އަޅުގަނޑާ ދެމެދު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް" ކަމަށް ލިޔުއްވާފަ އެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް، އުތުރު ކޮރެއާއާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތައް ވަނީ މަދުކޮށްފަ އެވެ.

އެމެރިކާއިން އުތުރު ކޮރެއާއާއެކު ނިއުކްލިއާ މަޝްވަރާތައް ކުރަމުންދަނިކޮށް، ކޮރެއާ ސަރަހައްދުގައި ވޯ ގޭމްސް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް 2018 ވަނަ އަހަރު ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

2018 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި ތާރީޚީ ސަމިޓް ފެށުމުގެ ގޮތުން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަލާމްކުރައްވަނީ

2018 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި ތާރީޚީ ސަމިޓް ފެށުމުގެ ގޮތުން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަލާމްކުރައްވަނީ | ގެޓީ އިމޭޖަސް

ހަނޯއީގައި ބޭއްވި ޓްރަމްޕް-ކިމް ސަމިޓް އެއްބަސްވުމަކަށް ނައިސް ނިމުނު ފަހުން، 2019 ވަނަ އަހަރުގެ މާޗް މަހު އެމެރިކާ އާއި ދެކުނު ކޮރެއާއިން ވަނީ، ދެ ގައުމުގެ ދިފާއީ ގުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި އޮތް އަހަރީ ބޮޑެތި ތަމްރީނުތައް ކުދި ތަމްރީނުތަކަކަށް ބަދަލުކުރާނެކަން އިއުލާނުކޮށްފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ފަދައިން، 2019 ވަނަ އަހަރުވެސް ޓްރަމްޕް ވަނީ މި ތަމްރީނުތަކަށް އެމެރިކާއިން ކުރަންޖެހޭ ހޭދައާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. "ދެކުނު ކޮރެއާއާއެކު އަސްކަރީ ތަމްރީނުތައް ބާއްވަން ބޭނުންނުވާ ސަބަބަކީ، އެމެރިކާގެ އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރުން. އެ ފައިސާއަކީ އަޅުގަނޑުމެންނަށް އަނބުރާ ލިބޭ އެއްޗެއް ނޫން،" އެ ދުވަސްވަރު ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައިވެ އެވެ.

ފުރަތަމަ ދައުރުގައި ކިމްއާ އެތައް ފަހަރަކު ބައްދަލުކުރެއްވުމަށްފަހު، އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ޓްރަމްޕް ގެންދަވަނީ އެ ދެ ބޭފުޅުންގެ މެދުގައި އޮތް "ރަނގަޅު ގުޅުމުގެ" ވާހަކަ ދައްކަވަމުންނެވެ. މިސާލަކަށް، މިދިޔަ މޭ މަހު ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާގެ ލީޑަރާ މުއާމަލާތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކިތައް ފަހަރު މަޝްވަރާ ކުރެއްވި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެމެރިކާ-ދެކުނު ކޮރެއާއުލްޗީ ފްރީޑަމް ޝީލްޑްއުތުރު ކޮރެއާޑޮނަލްޑް ޓްރަމްޕްކިމް ޖޮންގ އަން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026
ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026
އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!
13 އޯގަސްޓު 2026

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި

13 އޯގަސްޓު 2026
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
13 އޯގަސްޓު 2026

ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި

13 އޯގަސްޓު 2026
ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
13 އޯގަސްޓު 2026

ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ

13 އޯގަސްޓު 2026
ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ
12 އޯގަސްޓު 2026

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

12 އޯގަސްޓު 2026
ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 އޯގަސްޓު 2026

ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!

12 އޯގަސްޓު 2026
ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް