ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 އޯގަސްޓު 2026 | ބުދަ 05:12ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ މަސްރަހު ދަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން ކަމަށް. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު މިހާރު އޮތީ އެމެރިކާގެ އަތް ދަށުގައި ކަމަށާއި، އެ ސަރަހައްދުގައި އެމެރިކާ ފިޔަވައި އެހެން އެއްވެސް ބައެއްގެ ބާރެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވި


އެމެރިކާާގެ ރައީސް ޑޮނަލްްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތް ދަށުގައި ކަމަށާއި އީރާން އާއެކު އޮތް މަސްރަހު ދަނީ ވަރަށް ރަނގަޅަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ މަސްރަހު ދަނީ ވަރަށް ބޮޑަށް ރަނގަޅު ވަމުން ކަމަށެވެ. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު މިހާރު އޮތީ އެމެރިކާގެ އަތް ދަށުގައި ކަމަށާއި، އެ ސަރަހައްދުގައި އެމެރިކާ ފިޔަވައި އެހެން އެއްވެސް ބައެއްގެ ބާރެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅު
އެމެރިކާގެ ކަނޑުގެ ސިފައިންގެ ޤާބިލުކަމަށް ތައުރީފު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ނޭވީ އަކީ ޤަބޫލު ކުރަން ދަތި މިންވަރަކަށް ވަރުގަދަ ލަޝްކަރެއް ކަމަށެވެ. އަދި ޤައުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ ވަރަށް ފުރިހަމަ އަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އީރާންއާ މެދު އޮތް އިތުބާރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ އީރާން އަށް އެންމެ ކުޑަކޮށް ވެސް އިތުބާރު ކުރާނެ މީހާ ނޫން ކަމަށެވެ. އަދި އީރާން އިން އޭނާ އަށް ތަކުރާރުކޮށް ދޮގު ހަދާފައިވާ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިވަގުތު އީރާންގެ އަތް ދަށުގައި ނެތް ކަމަށާއި، އެމެރިކާ އިން އެ ސަރަހައްދު ފުރިހަމަ އަށް ބަލަހައްޓަމުން ގެންދާ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދު ފަހަރަށް ހުރަސް އެޅުމުގެ ހާދިސާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރީ ބާރު އެ ސަރަހައްދުގައި ވަރުގަދަކޮށް، ހުރިހާ ކަމެއް އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް ޓްރަމްޕް ވަނީ ޔަޤީންކަމާ އެކު ވިދާޅުވެފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










