Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026 | ހޯމަ 06:32

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި ތުރުކީ އަދި ޕާކިސްތާން އިން ދާދި ފަހުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް. މިއީ މެދު އިރުމަތީގެ ޤައުމުތައް އެކަތިގަނޑަކަށް ވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2026 | ހޯމަ 06:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާ އާއި ތުރުކީ އަދި ޕާކިސްތާން ގުޅިގެން ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި ތުރުކީ އަދި ޕާކިސްތާން އިން ދާދި ފަހުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވާތީ އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. މިއީ މެދުއިރުމަތީގެ ޤައުމުތައް އެކަތިގަނޑަކަށް ވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެ ޤައުމުތަކަށް އަމިއްލަ އަށް ދިފާއުވުމުގެ ޤާބިލުކަން އިތުރު ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ އިސްނެގުމެއްގެ ސަބަބުން ޤައުމުތަކަށް މާނަހުރި ގޮތެއްގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، މި ތިން ޤައުމުގެ ލީޑަރުން ދެއްކެވި ހިކުމަތްތެރިކަމަށް ޓްރަމްޕް ވަނީ މަރުހަބާ ވިދާޅުވެފައި އެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ބޮޑު، ހިތްވަރުގަދަ އަދި އެހާމެ މުހިންމު ފިޔަވަޅެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް އައު އުންމީދުތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާން ގުޅިގެން ދިފާއީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި މިވަނީ، ދުނިޔޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި އެވެ. ޚާއްސަކޮށް އިސްލާމީ ބޮޑެތި ބާރުތަކުން މިފަދަ އިއްތިހާދެއް އުފެއްދުމަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމަމައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓްޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި

17 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި
16 އޯގަސްޓު 2026

އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!

16 އޯގަސްޓު 2026
އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
15 އޯގަސްޓު 2026

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026
ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް
15 އޯގަސްޓު 2026

އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟

15 އޯގަސްޓު 2026
އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
14 އޯގަސްޓު 2026

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

14 އޯގަސްޓު 2026
ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ
14 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި

14 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި
14 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް

14 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް