Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026 | ބުރާސްފަތި 06:08

މި މައުލޫމާތު ހާމަކުރި ވައިޓް ހައުސްގެ އޮފިޝަލު ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ އިޤްތިސާދީ ދަތިކުރުންތައް ވަރަށް ބާރުގަދަ ކަމަށާއި، އެޤައުމުގެ މާލީ ނިޒާމު ވަނީ ފުރިހަމަ އަށް ހުސްވެފައި ކަމަށް. އަދި އީރާން އިން ތެލުގެ ވިޔަފާރި ކުރުމަށް ހުރަސް އެޅުމަށް އެމެރިކާ އިން ކަނޑު މަގުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، އެޤައުމުގެ އިޤްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2026 | ބުރާސްފަތި 06:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ދަތިކުރުންތަކާއި، ކަނޑުގެ ހުރަސްތަކުގެ ސަބަބުން އީރާން އިން މުޅިން ދަރަނިވެރިވެ ބަނގުރޫޓުވެފައިވާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

މި މައުލޫމާތު ހާމަކުރެއްވި ވައިޓް ހައުސްގެ އޮފިޝަލު ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ އިޤްތިސާދީ ދަތިކުރުންތައް ވަރަށް ބާރުގަދަ ކަމަށާއި، އެޤައުމުގެ މާލީ ނިޒާމު ވަނީ ފުރިހަމަ އަށް ހުސްވެފައި ކަމަށެވެ. އަދި އީރާން އިން ތެލުގެ ވިޔަފާރި ކުރުމަށް ހުރަސް އެޅުމަށް އެމެރިކާ އިން ކަނޑު މަގުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، އެޤައުމުގެ އިޤްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އެއާ އެކު އެ އޮފިޝަލު ވިދާޅުވެފައި ވަނީ، މި ހާލަތުގައި ވެސް އީރާާންއާ ދެކޮޅަށް އަޅާނެ ގިނަ ފިޔަވަޅުތަކެއްގެ ފުރުސަތު އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްޕުޅު މަތީގައި އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް، އެމެރިކާ އިން އީރާންއާ ދެކޮޅަށް ދަތި ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާާންގެ ތެލުގެ އެކްސްޕޯޓަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައި އެވެ. މިއީ އެ ޤައުމުގެ އެންމެ ބޮޑު އާމްދަނީގެ ވަސީލަތަށްވާއިރު، އެކަމުގެ ސަބަބުން އީރާންގެ އިޤްތިސާދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ވެސް ބުނަމުން އަންނަ ގޮތުގައި، އީރާންއާ ދެކޮޅަށް އެމެރިކާާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާންގެ ރައްޔިތުންނަށް ވެސް ވަނީ އެކަމުގެ ތަކުލީފު ޖެހިފައި އެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ގިނަ ދަތިތަކެއް ދިމާވެ، އާންމު ދިރިއުޅުމަށް އަސަރު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އީރާންއާ ދެކޮޅަށް އެމެެރިކާ އިން މިފަދަ ފިޔަވަޅުތަކެއް އަޅާފައި ވަނީ، އެ ޤައުމުގެ ނިއުކްލިއަރ ޕްްރޮގްރާމް އާއި ސަރަހައްދީ ސިޔާސަތުތަކާ ދެކޮޅަށެވެ. އެމެރިކާގެ މި ފިޔަވަޅުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ފިޔަވަޅުތަކެއް ކަމަށް އީރާން އިން ބުނެފައިވާއިރު، އެ ޤައުމުން ބުނެފައި ވަނީ އެމެރިކާގެ ކުރިމަތީގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި

13 އޯގަސްޓު 2026
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
13 އޯގަސްޓު 2026

ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި

13 އޯގަސްޓު 2026
ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
13 އޯގަސްޓު 2026

ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ

13 އޯގަސްޓު 2026
ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ
13 އޯގަސްޓު 2026

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

13 އޯގަސްޓު 2026
ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ
12 އޯގަސްޓު 2026

އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!

12 އޯގަސްޓު 2026
އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!
12 އޯގަސްޓު 2026

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

12 އޯގަސްޓު 2026
ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް
12 އޯގަސްޓު 2026

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން

12 އޯގަސްޓު 2026
އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން
12 އޯގަސްޓު 2026

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

12 އޯގަސްޓު 2026
ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް