Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެރޮލިން ލެވިޓް

ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ

13 އޯގަސްޓު 2026 | ބުރާސްފަތި 03:49

އާއިލާއަށް ވަގުތު ދިނުމަށްޓަކައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް މަގާމުން ވަކިވާން ނިންމެވުމުން، އޭނާއަކީ ސަރުކާރުން ބޭރުގައި ހުންނަވާނެ މުހިންމު އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ޓްރަމްޕް ކަނޑައަޅުއްވައިފި. އެމެރިކާގެ ތާރީޚުގައިވެސް އެ މަގާމު ފުރުއްވި އެންމެ ޒުވާން ބޭފުޅާގެ ގޮތުގައި ފާހަގަކުރެވުނު ލީވިޓް ވަނީ މީގެ ކުރިންވެސް ޓްރަމްޕްގެ އަރިހުގައި އިސް މަގާމުތަކެއް ފުރުއްވާފައި

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 03:49
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް | ރޮއިޓާސް

މި މަސް ނިމުމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް އެ މަގާމުން ވަކިވެވަޑައިގަންނަވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފި އެވެ.

ލެވިޓަކީ އެމަނިކުފާނުގެ "އެންމެ އިތުބާރުކުރެވޭ އެއް އެހީތެރިޔާ" ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލެވިޓް މަގާމުން ވަކިވަނީ އޭނާގެ ތުއްތު ދަރިންނާއި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކަމަށެވެ. އަދި އެއީ އެމަނިކުފާނު ފުރިހަމައަށް ބަލައިގަނެ، އިހުތިރާމް ކުރައްވާ ނިންމުމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

"ކެރޮލީން ދެން ވެގެންދާނީ ސަރުކާރުން ބޭރުގައި ހުންނަވާ އަޅުގަނޑުގެ އެޑްވައިޒަރަކަށް އަދި ރިޕަބްލިކަން ޕާޓީގެ ތެރޭގައި ނުފޫޒުގަދަ އަޑަކަށް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

އުމުރުން 28 އަހަރުގެ ލެވިޓް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމާ ހަވާލުވީ މިދިޔަ އަހަރު އެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރީޚުގައިވެސް އެ މަގާމު ފުރުއްވި އެންމެ ޒުވާން ބޭފުޅާއަށެވެ. ލެވިޓްގެ ބަދަލުގައި އެ މަގާމަށް ދެން އަންނާނީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނުވެ އެވެ. ލެވިޓްއާއި އޭނާގެ ފިރިމީހާ ނިކޮލަސް ރިޗިއޯއަށް މިދިޔަ މޭ މަހު ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ. މީގެ އިތުރުން ދެ އަހަރުގެ ފިރިހެން ކުއްޖަކުވެސް އެ ދެމަފިރިންގެ ތިބެ އެވެ. ވިހެއުމާ ގުޅިގެން ދިން ޗުއްޓީއަށްފަހު ލެވިޓް އަލުން ވަޒީފާއަށް ނުކުމެފައިވަނީ މިދިޔަ މަހު އެވެ.

ރައީސް ޓްރަމްޕްގެ އިޢުލާނާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލެވިޓް ވިދާޅުވީ، މި މަގާމަކީ އޭނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފާއި ތަޖުރިބާ ކަމަށެވެ.

"ދުނިޔޭގެ އެންމެ ބުރަ އެއް ވަޒީފާ އަދާކުރަމުން މަންމައަކަށް ވުމާއި، އާ ދަރިފުޅަކަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުގެ ހަޔާތުގައި ކުރިމަތިވި އެންމެ އުފާވެރި، ނަމަވެސް އެންމެ ގޮންޖެހުން ބޮޑު ދުވަސްތައް،" ލެވިޓް ލިޔުއްވާފައިވެ އެވެ.

"ހަގީގަތަކީ ދަރިފުޅު ލިބުމަށްފަހު އަލުން ވައިޓް ހައުސްއަށް އެނބުރި އައި ފަހުން، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމަށް ބޭނުންވާ ވަގުތާއި ހަކަތަ އަދި ސަމާލުކަން ދެމުން، އަޅުގަނޑުގެ ދެ ދަރިންނަށް ހައްގުވާ އެންމެ ރަނގަޅު މަންމައަށް ނުވެވޭނެކަން ހިތުގެ އަޑިން ގަބޫލުކުރެވޭ ކަމެވެ. އެހެންކަމުން، މިއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް، ވައިޓް ހައުސްއިން ވަކިވެ ހަޔާތުގެ އާ ސަފުހާއެއް ފެށުމަށް އަޅުގަނޑު ގަސްދުކުރީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމާ ހަވާލުވުމުގެ ކުރިންވެސް ލެވިޓް ވަނީ ޓްރަމްޕާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އެސިސްޓަންޓް ޕްރެސް ސެކްރެޓަރީއެއްގެ ގޮތުގައާއި ތަގުރީރު ލިޔެދޭ މީހެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.

އޭގެ ފަހުން އޭނާ ވަނީ ނިއުޔޯކްގެ ރިޕަބްލިކަން ކޮންގްރެސް މެންބަރު އެލީސް ސްޓެފަނިކްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ ގޮތުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.

2022 ވަނަ އަހަރު ނިއު ހެމްޕްޝަޔާގެ ކޮންގްރެސް ގޮނޑިއަކަށް ލެވިޓް ވާދަކުރެއްވި އެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް، އާންމު އިންތިޚާބުގައި ޑިމޮކްރެޓް ކެންޑިޑޭޓް ކްރިސް ޕަޕާސްއާ ވާދަކޮށް އޭނާ ނާކާމިޔާބުވި އެވެ.

އޭގެ ފަހުން، ޓްރަމްޕަށް ފަންޑު ހޯދައިދޭ ގްރޫޕެއް ކަމަށްވާ "މޭގާ އިންކް" (Maga Inc) ގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނާ ގުޅިވަޑައިގަތީ ނޭޝަނަލް ޕްރެސް ސެކްރެޓަރީގެ ގޮތުގަ އެވެ.

ކެރޮލިން ލެވިޓްޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްރިޕަބްލިކަންް ޕާޓީ - އެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

12 އޯގަސްޓު 2026
ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 އޯގަސްޓު 2026

ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!

12 އޯގަސްޓު 2026
ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!
12 އޯގަސްޓު 2026

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

12 އޯގަސްޓު 2026
ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި
11 އޯގަސްޓު 2026

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި

11 އޯގަސްޓު 2026
އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
11 އޯގަސްޓު 2026

މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ

11 އޯގަސްޓު 2026
މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ
11 އޯގަސްޓު 2026

އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!

11 އޯގަސްޓު 2026
އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!
11 އޯގަސްޓު 2026

މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި

11 އޯގަސްޓު 2026
މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026
ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ
11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް