Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026 | ހޮނިހިރު 10:49

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް ބުނީ އިސްރާއީލަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިނުމުން ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ. އެމެރިކާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުން އެއްބަސްވުމަކީ އީރާނުގެ އަސްކަރީ ބާރުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވި

ރާއްޖެ އެމްވީ | 15 އޯގަސްޓު 2026 | ހޮނިހިރު 10:49
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް (މެދުގައި) އިސްކޮށް ހުންނަވައިގެން ވަޑައިގެންނެވި އެ ގައުމުގެ ވަފުދު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް (ފޮޓޯގައި ނެތް) އިސްކޮށް ހުންނަވާ ވަފުދާ ބައްދަލުކުރެއްވުމަށް، 2026 ޖޫން 21 ވަނަ ދުވަހު ސުވިޒަލޭންޑުގެ އޮބިއުރްގަންއަށް ވަޑައިގަންނަވަނީ

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް (މެދުގައި) އިސްކޮށް ހުންނަވައިގެން ވަޑައިގެންނެވި އެ ގައުމުގެ ވަފުދު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް (ފޮޓޯގައި ނެތް) އިސްކޮށް ހުންނަވާ ވަފުދާ ބައްދަލުކުރެއްވުމަށް، 2026 ޖޫން 21 ވަނަ ދުވަހު ސުވިޒަލޭންޑުގެ އޮބިއުރްގަންއަށް ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އިސްރާއީލުން ލުބުނާނުގެ ބެއިރޫތުގެ ދާހިޔާއަށް އެންމެ ފަހުން ދިން ހަމަލާއާ ގުޅިގެން އޭރު ކުރިއަށްދިޔަ މަޝްވަރާތައް މެދުކަނޑާލައި، އިސްރާއީލަށް ވަގުތުން ހަމަލާދޭނެ ކަމަށް އަންގާފައިވާނެ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ އެވެ.

ސަގާފީ ދާއިރާގެ އިސް ބޭފުޅުންނާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާލީބާފް ވިދާޅުވީ، ދާހިޔާއަށް ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް ހުއްޓާލުމަށްފަހު، "މިރޭ އަހަރެމެން އިސްރާއީލަށް ހަމަލާދޭނަން، އަދި އިސްރާއީލުން ރައްދު ހަމަލާއެއް ދީފިނަމަ މުޅި ސަރަހައްދަށް ހަމަލާދޭނަން" ކަމަށް އިއުލާނު ކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިންޒާރުގެ ނަތީޖާއަކަށްވީ، ހަމަ އެ ރޭ އީރާނާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.

އީރާނުގެ އިސް މަޝްވަރާވެރިޔާގެ ހައިސިއްޔަތުން ގާލީބާފް ވަނީ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްވެސް އަލިއަޅުވާލައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ކަނޑުއޮޅި އަލުން ހުޅުވާލުމަށް އޮތީ ތާވަލުކުރެވިފަ އެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި، ބްލޮކޭޑާއި ހުރްމުޒް ކަނޑުއޮޅި "މިރޭ" އެކުގައި ހުޅުވާލާނެ ކަމަށް ވިދާޅުވުމުން، "ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ހެދި ދޮގު އިސްލާހު ނުކޮށްފިނަމަ، ހަމަލާއެއް ދޭނެ ކަމުގެ" އިންޒާރު ދެއްވި ކަމަށް ގާލީބާފް ވިދާޅުވި އެވެ.

ގާލީބާފް ވިދާޅުވި ގޮތުގައި އޭނާގެ އިންޒާރާއެކު ޓްރަމްޕަށް ވަނީ އޭނާ ކުރި ޕޯސްޓް އިސްލާހު ކުރަން މަޖުބޫރުވެފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ "ހަނގުރާމައިގެ އުސޫލުން މަޝްވަރާކުރުމުގެ" މިސާލެކެވެ. މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ފަހުމުނާމާގެ ފުރަތަމަ މާއްދާގައި "ރެސިސްޓަންސް ފްރަންޓް" ގައި ލުބުނާނު ހިމަނާފައިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޖުލައި 17 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި 14 ނުކުތާގެ ފަހުމުނާމާގައި، ލުބުނާނު ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ކުރިއަށްދާ ހަނގުރާމަތައް ދާއިމީކޮށް ހުއްޓާލުމަށާއި، 30 ދުވަހުގެ ތެރޭގައި އީރާނާ ދެކޮޅަށް އޮތް ކަނޑުގެ ބްލޮކޭޑް އުވާލުމަށާއި، ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރުން އަލުން އިއާދަކުރުމަށް ވަނީ ގޮވާލާފަ އެވެ.

އެއް އަހަރު ނުވަނީސް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ދެވަނަ އުދުވާނީ ހަނގުރާމަ ފެށީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އެ ހަނގުރާމައިގައި އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އީރާނުގެ އިސް ކޮމާންޑަރުންނާއި އޮފިޝަލުން އަވަހާރަކޮށްލާފައިވަނީ، އީރާނުގެ ބަލިކޮށްލުމުގެ މަގްސަދުގަ އެވެ.

ނަމަވެސް، އީރާނުގެ ސިފައިން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން، ހަނގުރާމަ ފެށިތާ 40 ދުވަސް ފަހުން ހަމަލާދިން ފަރާތްތަކަށް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން މަޖުބޫރުވެފައި ކަމަށް އީރާނުގެ ވެރިން ވިދާޅުވެ އެވެ.

އީރާން-އިސްރާއީލުމުހައްމަދު ބާގިރު ޣާލިބާފްއީރާން-އެމެރިކާއީރާން ހަނގުރާމައީރާން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟

15 އޯގަސްޓު 2026
އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
14 އޯގަސްޓު 2026

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

14 އޯގަސްޓު 2026
ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ
14 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި

14 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި
14 އޯގަސްޓު 2026

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

14 އޯގަސްޓު 2026
އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް
14 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް

14 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް
14 އޯގަސްޓު 2026

މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި

14 އޯގަސްޓު 2026
މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި
14 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑް މުއްދަތެއް ނެތި ދެމެހެއްޓޭނެ: ހެގްސެތު

14 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑް މުއްދަތެއް ނެތި ދެމެހެއްޓޭނެ: ހެގްސެތު
14 އޯގަސްޓު 2026

އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި

14 އޯގަސްޓު 2026
އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި
13 އޯގަސްޓު 2026

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

13 އޯގަސްޓު 2026
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް