އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި
14 އޯގަސްޓު 2026 | ހުކުރު 02:09އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ އަގުބޮޑު 45 ޑްރޯން ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފިއެވެ. މީގެ ތެރެއިން ކޮންމެ އުޅަނދަކީ 30 އާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އަގުބޮޑު އުޅަނދުތަކެއް ކަމަށްވާއިރު، މީގެ ކުރިންވެސް އީރާނުން ވަނީ އެމެރިކާގެ ޑްރޯންތައް ވައްޓާލިކަމުގެ ހެކިތައް އާންމުކޮށްފައި

ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި ބާލިން އެއަރ ޝޯ (އައި.އެލް.އޭ) ގައި "އެމް.ކިއު-9 ޕްރެޑޭޓަރ" މަރުކާގެ ޑްރޯނެއް ދައްކާލުމަށް ބަހައްޓާފައި | ގެޓީ އިމޭޖަސް
އީރާނާއެކު ކުރި ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިން ބޭނުންކުރި އެމްކިއު-9 ރީޕަރ މަރުކާގެ މަދުވެގެން 45 ޑްރޯން ގެއްލިފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ދާދި ފަހުން ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ އޮފިޝަލުން "ދަ ވޮޝިންގޓަން ޕޯސްޓް" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީގެ ތެރެއިން ކޮންމެ ޑްރޯންއަކީ 30 މިލިއަނާއި 50 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގުބޮޑު އުޅަނދުތަކެއް ކަމަށެވެ. އަދި މި ޑްރޯންތައް ގެއްލިފައިވަނީ ބަޑިޖަހައި ވައްޓާލުމުގެ ސަބަބުން ނުވަތަ ދިމާވި އެކި ހާދިސާތަކުގައި ވެއްޓިގެން ކަމަށްވެސް އެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ޑްރޯންތައް ވައްޓާލި ކަމުގެ ރިޕޯޓުތައް އެކި ފަހަރުމަތިން އީރާނުން ވަނީ ހާމަކޮށްފަ އެވެ. އަދި އެފަދަ ޑްރޯންތަކުގެ މަންޒަރުތައް ވެސް ވަނީ އާންމުކޮށްފަ އެވެ.










