Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި

14 އޯގަސްޓު 2026 | ހުކުރު 07:31

އީރާންއާ ދެކޮޅަށް އަޅާ މި ފިޔަވަޅުތަކަކީ އެ ޤައުމު އިޤްތިސާދީ ގޮތުން މުޅިން އެކަހެރިކޮށްލުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބެސެންޓް ވިދާޅުވި. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާންގެ ބަނދަރުތަކަށް އެއްވެސް އެއްޗެއް އެތެރެވިޔަ ނުދީ އަދި ބޭރުވިޔަ ނުދީ ހިފެހެއްޓުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2026 | ހުކުރު 07:31
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް | ގެޓީ އިމޭޖަސް

މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައި ނުވާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އީރާންއާ ދެކޮޅަށް އެޅުމަށް އެމެރިކާ އިން ތައްޔާރުވަމުން އަންނަ ކަމުގެ އިންޒާރު، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ދެއްވައިފި އެވެ. 

ބެސެންޓް މިހެން ވިދާޅުވެފައި ވަނީ، ނިއުސް މެކްސް އަށް ދެއްވި ބަސްދީގަތުމެއްގައި އެވެ. 

ބެސެންޓް ވިދާޅުވީ، އިޤްތިސާދީ ގޮތުން ޤައުމެއް އެކަހެރިކުރުމުގެ ތާރީޚުގައި ވެސް ފެނިފައި ނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ރަސްމީ އިއުލާންތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކުރެވޭނެ ކަމަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އީރާންއާ ދެކޮޅަށް އަޅާ މި ފިޔަވަޅުތަކަކީ އެ ޤައުމު އިޤްތިސާދީ ގޮތުން މުޅިން އެކަހެރިކޮށްލުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބެސެންޓް ވިދާޅުވި އެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާންގެ ބަނދަރުތަކަށް އެއްވެސް އެއްޗެއް އެތެރެވިޔަ ނުދީ އަދި ބޭރުވިޔަ ނުދީ ހިފެހެއްޓުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފިޔަވަޅުތަކުގެ ބޭނުމަކީ ދުނިޔޭގެ އިޤްތިސާދީ ނިޒާމުން އީރާން އެއްކޮށް ބޭރުކޮށްލުން ކަމަށް ބެސެންޓްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. މިއީ މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ މެދު އަމަލުކޮށްފައިނުވާ ފަދަ، ހަރުކަށި އުސޫލުތަކެއް ކަމަށް ވެސް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ބެސެންޓް ވިދާޅުވި އެވެ.

އެމެރިކާ ސަރުކާރުން އީރާާންއާ މެދު މިފަދަ ހަރުކަށި ސިޔާސަތެއް ގެންގުޅެން ނިންމާފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ފިޔަވަޅުތަކުގެ ތަފްސީލު ހާމަ ކުރަމުންދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާސްކޮޓް ބެސެންޓް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑް މުއްދަތެއް ނެތި ދެމެހެއްޓޭނެ: ހެގްސެތު

14 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑް މުއްދަތެއް ނެތި ދެމެހެއްޓޭނެ: ހެގްސެތު
14 އޯގަސްޓު 2026

އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި

14 އޯގަސްޓު 2026
އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި
13 އޯގަސްޓު 2026

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

13 އޯގަސްޓު 2026
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު
13 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއާ މެދު ނުބައި ހިސާބެއް ނުޖެހުމަށް އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް އިންޒާރުދެއްވައިފި

13 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއާ މެދު ނުބައި ހިސާބެއް ނުޖެހުމަށް އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް އިންޒާރުދެއްވައިފި
13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި

13 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި
13 އޯގަސްޓު 2026

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026
އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!
13 އޯގަސްޓު 2026

ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި

13 އޯގަސްޓު 2026
ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
13 އޯގަސްޓު 2026

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

13 އޯގަސްޓު 2026
ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ
12 އޯގަސްޓު 2026

އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!

12 އޯގަސްޓު 2026
އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް