Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި

14 އޯގަސްޓު 2026 | ހުކުރު 15:04

އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އަގުބޮޑު އެމް.ކިއު-9 ރީޕަރ ޑްރޯނެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވައްޓާލައިފި. މިހާތަނަށް އެމެރިކާގެ މިފަދަ 45 ޑްރޯން އީރާނުން ވައްޓާލާފައިވާއިރު، މީގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ މާލީ ގެއްލުން ވަނީ ލިބިފައި

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 15:04
އެމްކިއު-9 ރީޕަރ ޑްރޯން

އެމްކިއު-9 ރީޕަރ ޑްރޯން | އެލަމީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނި ގޮތުގައި، އެމެރިކާގެ އެމް.ކިއު-9 ރީޕަރ މަރުކާގެ ޑްރޯނެއް އީރާނުގެ ދެކުނު ހުރްމުޒްގާން ޕްރޮވިންސްގެ މަތިން ބަޑިޖަހައި ވައްޓާލައިފި އެވެ.

އައި.އާރު.ޖީ.ސީ ގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ނެޓްވޯކްގެ ބެލުމުގެ ދަށުން، އައި.އާރު.ޖީ.ސީ ގެ އާ ކުރިއަރާފައިވާ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ހުރްމުޒްގާންގެ ވައިގެ ސަރަހައްދުން އެމް.ކިއު-9 ރީޕަރ ޑްރޯނެއް ހުއްޓުވައި ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ އުދުވާނީ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 45 އެމް.ކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކުރިތާ އެއް ދުވަސް ފަހުންނެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި މަރުކާގެ ޑްރޯން ފްލީޓްގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފަ އެވެ. މީގެ ސަބަބުން ވޮޝިންގްޓަންގެ ޖާސޫސީ އަދި ހަމަލާދޭ މައިގަނޑު ވަސީލަތެއްގެ ނާޒުކުކަން ވަނީ ހާމަވެފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި ގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކަށް 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު ތަކުލީފެއް އުފުލަން ޖެހިދާނެ އެވެ. އެއީ ކޮންމެ ރީޕަރ ޑްރޯނެއްގެ އަގު، އޭގައި ހުންނަ ވަސީލަތްތަކަށް ބަލައި 30 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާތީ އެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނުއިރު، އެމެރިކާގެ އަތުގައި ގާތްގަނޑަކަށް 185 ރީޕަރ ޑްރޯން އޮތެވެ. މީގެ ތެރޭގައި އެއާ ފޯސްއިން ބޭނުންކުރާ 165 ޑްރޯނާއި މެރިން ކޯޕްސްއިން ބޭނުންކުރާ 20 ޑްރޯން ހިމެނެ އެވެ.

އީރާނުގެ ވައިގެ ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދާ އަގުބޮޑު ޑްރޯންތައް ރައްކާތެރިކުރުމުގައި އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަވެގެންދަނީ، ގެއްލުނު ޑްރޯންތަކުގެ ބޮޑު ބައެއް އީރާނުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާތީ އެވެ.

އެމް.ކިއު-9 ރީޕަރ ޑްރޯނަކީ އެމެރިކާގެ އިންޓެލިޖެންސް، ސަވައިލަންސް އަދި ޖާސޫސީ މަސައްކަތްތަކުގެ އިތުރުން އަމާޒުތަކަށް ސީދާ ހަމަލާދިނުމުގައި ބޭނުންކުރާ މައިގަނޑު ވަސީލަތަކަށް ވާތީ، މި ގެއްލުންތަކަކީ ވަރަށް ބޮޑު ގެއްލުންތަކެކެވެ. ޕައިލެޓެއްގެ ފުރާނައަށް ނުރައްކާނުކޮށް އޮޕަރޭޓް ކުރެވޭތީ، ވަރުގަދަ ދިފާއީ ނިޒާމުތައް ހުންނަ ސަރަހައްދުތަކުގައި މި ޑްރޯން ބޭނުންކުރުމަށް އެމެރިކާއިން  އިސްކަންދެ އެވެ.

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭންފެށި އެންމެ ފަހުގެ ހަމަލާތައް ފެށުނީ ފެބްރުއަރީ 28 ގަ އެވެ. މީގެ ރައްދުގައި ތެހެރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ އަމާޒުތަކަށް ކޮންމެ ދުވަހަކު މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ. މި ހަމަލާތައް މެދުކެނޑުނީ ޖޫން 17 ވަނަ ދުވަހު ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ސޮއިކުރުމާ ގުޅިގެންނެވެ.

ނަމަވެސް، ޖުލައި މަހުގެ ތެރޭގައި އެމެރިކާއިން ވަނީ އެމް.އޯ.ޔޫ ގެ ދަށުން ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވެ، އީރާނާ ދެކޮޅަށް އަލުން އުދުވާނީ ހަމަލާތައް ދޭން ފަށާފަ އެވެ. މިއާއެކު އީރާނުން ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފަ އެވެ.

އީރާންއެމްކިއު-9 ރީޕަރއިސްލާމްއާބާދު މެމޮރެންޑަމްއީރާން-އެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

14 އޯގަސްޓު 2026
އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް
14 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް

14 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް
14 އޯގަސްޓު 2026

މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި

14 އޯގަސްޓު 2026
މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި
14 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑް މުއްދަތެއް ނެތި ދެމެހެއްޓޭނެ: ހެގްސެތު

14 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑް މުއްދަތެއް ނެތި ދެމެހެއްޓޭނެ: ހެގްސެތު
14 އޯގަސްޓު 2026

އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި

14 އޯގަސްޓު 2026
އީރާނާއެކު ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 45 އެމްކިއު-9 ރީޕަރ ޑްރޯން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި
13 އޯގަސްޓު 2026

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

13 އޯގަސްޓު 2026
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު
13 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއާ މެދު ނުބައި ހިސާބެއް ނުޖެހުމަށް އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް އިންޒާރުދެއްވައިފި

13 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއާ މެދު ނުބައި ހިސާބެއް ނުޖެހުމަށް އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް އިންޒާރުދެއްވައިފި
13 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި

13 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި
13 އޯގަސްޓު 2026

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026
އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!
13 އޯގަސްޓު 2026

ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި

13 އޯގަސްޓު 2026
ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް