Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

4 އޯގަސްޓު 2026 | އަންގާރަ 11:57

ޔޫކްރެއިނުން ރަޝިޔާގެ އެކި ސަރަހައްދުތަކަށް ދިން ޑްރޯން ހަމަލާތަކެއްގައި، އެ ގައުމުގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ގުދަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފި. މި ހަމަލާތަކުގައި ބައެއް މީހުން މަރުވެ އިތުރު ބަޔަކު ޒަހަމްވެފައިވާއިރު، ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައި

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 11:57
ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ސަރަހައްދުގައި ހުންނަ ވައިލްޑްބެރީސްގެ ގުދަނަކުން އަލިފާނާއި ދުން އަރަމުންދަނީ

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ސަރަހައްދުގައި ހުންނަ ވައިލްޑްބެރީސްގެ ގުދަނަކުން އަލިފާނާއި ދުން އަރަމުންދަނީ | ރޮއިޓާސް

ހޯމަ ދުވަހުގެ ރޭ ޔޫކްރެއިނުން ދިން ހަމަލާތަކެއްގައި ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ ކަމަށްވާ "ވައިލްޑްބެރީސް" ގެ ދެ ގުދަނަކަށް ހަމަލާދީފައިވާއިރު، މޮސްކޯ ކައިރީގައި ހުރި އެ ކުންފުންޏާ ގުޅުންހުރި އެހެން ސައިޓަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

"ރަޝިޔާގެ އެމެޒޯން" ގެ ނަމުން މަޝްހޫރުވެފައިވާ މި ކުންފުނީގެ މަރުކަޒުތަކަށް އަމާޒުކޮށް ޔޫކްރެއިނުން ހަމަލާދެމުން އަންނަތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ.

ވައިލްޑްބެރީސް ގުދަނެއްގައި ރޯވެ އަނދަނީ

ކްރެމްލިންގެ ދެކުނުން ގާތްގަނޑަކަށް 69 ކިލޯމީޓަރު (43 މޭލު) ދުރުގައި ހުރި ސިނާއީ ސަރަހައްދަކަށް ދިން ހަމަލާތަކުގައި މަދުވެގެން ފަސް މީހުން މަރުވެ، އިތުރު 10 މީހުން ޒަހަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި އެވެ. ނަމަވެސް އެއީ ވައިލްޑްބެރީސްއިން ހިންގާ ތަނެއްކަން އޮފިޝަލުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެހެން ސަރަހައްދުތަކަށް ބަލާއިރު، ސެއިންޓް ޕީޓަސްބާގް އަދި ޓްވަރް ސަރަހައްދުގައި ހުރި ވައިލްޑްބެރީސްގެ ދެ މަރުކަޒަކަށް ހަމަލާ އަމާޒުވިކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި އެ ގުދަންތަކަކީ ރަޝިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ތަންތަނެވެ. ނަމަވެސް ރަޝިޔާއިން އެކަން ދޮގުކުރެ އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ޔޫކްރެއިނުން ފޮނުވާލި 320 ޑްރޯން އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ހުއްޓުވައި ބިމާހަމަކޮށްލާފަ އެވެ.

މީގެ އިތުރުން، ރަޝިޔާއިން ޔޫކްރޭނަށް ދިން ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވެ އެވެ. މޮސްކޯ ރީޖަންގެ ގަވަރުނަރު އެންޑްރޭ ވަރޮބްޔޯވް ވިދާޅުވީ، މޮސްކޯގެ ބޭރުގައި އޮންނަ ޗެކޯވްގެ ސިނާއީ ސަރަހައްދެއްގައި ހުރި ގުދަނަކަށް ހަމަލާ އަމާޒުވެ އަލިފާން ރޯވެފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ކަރަންޓު ސަބްސްޓޭޝަނަކަށާއި އިދާރީ އިމާރާތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެލެގްރާމް މެދުވެރިކޮށް ގަވަރުނަރު ވިދާޅުވީ، ޒަހަމްވި 10 މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު މެދު މިންވަރަކަށް ގޯސް ކަމަށާއި، އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. ޔޫކްރެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގުދަނަކީ ވައިލްޑްބެރީސްއާ ގުޅުންހުރި ތަނެކެވެ. ރަޝިޔާގެ ސާޗް އިންޖީނެއް ކަމަށްވާ "ޔަންޑެކްސް" ގައި ވެސް އެ ތަނަކީ އެ ކުންފުންޏާ ގުޅުންހުރި ތަނެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

މިކަމާ ގުޅޭގޮތުން ވައިލްޑްބެރީސް ކުންފުނިން އާންމުކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ސެއިންޓް ޕީޓަސްބާގް ސަރަހައްދުގައި ހުރި އެ ކުންފުނީގެ މަރުކަޒަށް ހަމަލާ އަމާޒުވިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ސައްހަކަން ކަށަވަރުކޮށްފައިވާ ސޯޝަލް މީޑިއާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ވައިލްޑްބެރީސްގެ ގުދަނެއްގައި އަލިފާން ރޯވެ، އެ އިމާރާތުން ކަޅު ދުންތައް މައްޗަށް އަރަމުންދެ އެވެ.

ޓްވަރް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ވައިލްޑްބެރީސްގެ މަރުކަޒަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. ރަޝިޔާގެ ދައުލަތުގެ ނިއުސް އެޖެންސީ "ޓާސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ޔޫކްރޭނުގެ ޑްރޯން ހަމަލާތަކެއް އަމާޒުވި ސަމާރާ ސަރަހައްދުގެ ވައިލްޑްބެރީސް ގުދަނާއި އެތަނުގައި ހުރި ހުރިހާ މުދަލެއް އެއްކޮށް ސުންނާފަތިވެފައިވާކަން އަންގާރަ ދުވަހު އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން، ޔޫކްރެއިނުގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުނި ގޮތުގައި، ރަޝިޔާއިން ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ މިކޮލައިވްއަށް ރޭ ދިން ހަމަލާއެއްގައި 89 އަހަރުގެ އަންހެނަކު މަރުވެފައިވެ އެވެ. އަދި ޒަހަމްވި ހަތް މީހުންގެ ތެރޭގައި ދެ އަހަރާއި 12 އަހަރުގެ ދެ އަންހެން ކުދިން ހިމެނެ އެވެ.

ސޫމީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ދިން ހަމަލާއެއްގައި އަންހެނަކާއި ފަސް އަހަރާއި 10 އަހަރުގެ ދެ އަންހެން ކުދިން މަރުވެފައިވާއިރު، އިތުރު ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ސްޓޭޓް އިމަޖެންސީ ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ރަޝިޔާގެ ހަމަލާތަކުގައި ބިލްހޮރޮޑް-ޑްނިސްޓްރޯވްސްކީ ސިޓީން ދެ މީހަކު ޒަހަމްވެފައިވާއިރު، ޑްނީޕްރޯގައި ހުރި ކާބޯތަކެތި ރައްކާކުރާ ގުދަނެއްގައި ވަނީ އަލިފާން ރޯކޮށްލާފަ އެވެ.

މި ހަމަލާތައް ދީފައި މިވަނީ، ރަޝިޔާގެ ދެކުނުގެ ކާރޫބާރޫ ބޮޑު ބީޗަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، ހަތް މީހުން މަރުވެ 58 މީހުން ޒަހަމްވިތާ އެއްދުވަސް ފަހުންނެވެ.

ސޯޝަލް މީޑިއާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކްރަސްނޯޑާ ސަރަހައްދުގެ ބީޗަކަށް ޑްރޯންއެއް ވެއްޓި ގޮވާފައިވަނީ، ގިނަ އަދަދެއްގެ ފަތުރުވެރިން އަތިރިމަތީގައާއި މޫދުގައި ތިއްބަ އެވެ.

ޔޫކްރެއިނުގެ ބައެއް ޓެލެގްރާމް ޗެނަލްތަކުން ބުނާ ގޮތުގައި، އެ ޑްރޯން ބީޗަށް ވެއްޓުނީ އިލެކްޓްރޯނިކް ވޯފެއާ ސިގްނަލްތަކެއް ބޭނުންކޮށްގެން އޭގެ ކޮންޓްރޯލް ގެއްލުވާލުމުންނެވެ. ނަމަވެސް ރަޝިޔާގެ މީޑިއާތަކަށް މައުލޫމާތު ދިން މަންޒަރު ދުށް މީހުން ބުނީ، ގޮވުމުގެ ކުރިން ބަޑިޖަހާ އަޑު އިވުނު ކަމަށާއި، އެއީ އެއާ ޑިފެންސް ސިސްޓަމުން ޑްރޯން ވައްޓާލަން މަސައްކަތް ކުރުމުން އިވުނު އަޑުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ޔޫކްރެއިނުން ގަސްތުގައި އާންމު ރައްޔިތުންނަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޔޫކްރެއިނުން މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

ހަނގުރާމައިގެ ދެ ފަރާތުން ވެސް ބުނަމުންދަނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ނުދޭ ކަމަށެވެ.

ޔޫކްރެއިން-ރަޝިޔާވައިލްޑްބެރީސްޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

03 އޯގަސްޓު 2026
ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
01 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ

01 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ
27 ޖުލައި 2026

އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް

27 ޖުލައި 2026
އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް
22 ޖުލައި 2026

ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ

22 ޖުލައި 2026
ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ
03 ޖުލައި 2026

ޔޫކްރޭނުން ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ މާރުކޭޓެއްގައި 5 މީހުން މަރުވެއްޖެ

03 ޖުލައި 2026
ޔޫކްރޭނުން ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ މާރުކޭޓެއްގައި 5 މީހުން މަރުވެއްޖެ
28 ޖޫން 2026

ޔޫކްރެއިންގެ ކޮމާންޑޯ އިން ތަމްރީނުކުރާ މަރުކަޒަކަށް ރަޝިޔާއިން ހަމަލާދީފި

28 ޖޫން 2026
ޔޫކްރެއިންގެ ކޮމާންޑޯ އިން ތަމްރީނުކުރާ މަރުކަޒަކަށް ރަޝިޔާއިން ހަމަލާދީފި
28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
26 ޖޫން 2026

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

26 ޖޫން 2026
ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް