Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފީފާ ވޯލްޑް ކަޕް

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026 | ހޯމަ 09:51

ރަޖޯއީއާ މެދު ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން ސަންޗޭޒް ވިދާޅުވެފައި ވަނީ، ސްޕެއިން ނިސްބަތް ވަނީ އެ ޤައުމަށް ލޯބި ކުރާ އަދި އެ ޤައުމަށްޓަކައި މަސައްކަތް ކުރާ މީހުންނަށް އެކަނި ކަމަށް. އަދި އެއީ އެހެން ޤައުމު ތަކުގެ މީހުންނާ ދެކޮޅު ވާހަކަ ދައްކައި، އެ ޤައުމުތައް ފަޟީހަތް ކުރުމުގެ ވާހަކަ ދައްކާ މީހުންގެ ޤައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 09:51
ސްޕެއިންގެ މިހާރުގެ ބޮޑު ވަޒީރު ސަންޗޭޒް އަދި ކުރީގެ ބޮޑު ވަޒީރު ރަޖޯއީ.

ސްޕެއިންގެ މިހާރުގެ ބޮޑު ވަޒީރު ސަންޗޭޒް އަދި ކުރީގެ ބޮޑު ވަޒީރު ރަޖޯއީ. | ރޮއިޓާސް

ފްރާންސްގެ ޓީމާ ގުޅޭ ގޮތުން ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު މަރިއާނޯ ރަޖޯއީ ދެއްކެވި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ މިހާރުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ކޯފާ ވެއްޖެ އެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން އާއި ފްރާންސް ބައްދަލު ކުރާ މެޗުގެ ކުރިން ރަޖޯއީ ވިދާޅުވެފައި ވަނީ، ފްރާންސް އަކީ ވަރުގަދަ ޓީމެއް ކަަމަށެވެ. ނަމަވެސް، ފްރާންސްގެ ޓީމުގައި "ފްރާންސް މީހަކު ނެތް" ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ. 

އެކަމާ ގުޅޭ ގޮތުން ސްޕެއިންގެ މިހާރުގެ ބޮޑު ވަޒީރު ސަންޗޭޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރަޖޯއީގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި އެވެ. އަދި އެއީ އެހެން ޤައުމު ތަކުގެ މީހުންނާ ދެކޮޅު ވާހަކަ ތަކެއް ކަމަށް ވެސް ސަންޗޭޒް ވިދާޅުވެފައިވެ އެވެ. 

ސޯޝަލިސްޓް ލީޑަރު ސަންޗޭސް ވިދާޅުވީ، މިހާރު ވެސް ބައެއް މީހުން ޤައުމަކަށް ނިސްބަތްވުން ވަޒަން ކުރަނީ ނަމުން ކަމަށާއި، އުފަން ތަނާއި، އަދި ހަށިގަނޑުގެ ކުލައިން އެކަން ނުކުރެވޭ ކަމަށެވެ. ހަމަ އެހެންމެ، އަނެއް ބައި މީހުން އެކަން ވަޒަން ކުރަނީ ޤައުމަކާ ގުޅިފައިވާ ގޮތުންނާއި، އެ ޤައުމަށް އެހީތެރިވުމުގެ ނިޔަތުގެ މައްޗަށް ކަމަށް ވެސް ވިދާޅުވެފައިވ އެވެ. 

މީގެ އިތުރުން ރަޖޯއީއާ މެދު ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން ސަންޗޭޒް ވިދާޅުވެފައި ވަނީ، ސްޕެއިން ނިސްބަތް ވަނީ އެ ޤައުމަށް ލޯބި ކުރާ އަދި އެ ޤައުމަށްޓަކައި މަސައްކަތް ކުރާ މީހުންނަށް އެކަނި ކަމަށެވެ. އަދި އެއީ އެހެން ޤައުމު ތަކުގެ މީހުންނާ ދެކޮޅު ވާހަކަ ދައްކައި، އެ ޤައުމުތައް ފަޟީހަތް ކުރުމުގެ ވާހަކަ ދައްކާ މީހުންގެ ޤައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

ރަޖޯއީގެ ވާހަކަތަކާ ގުޅިގެން ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ނުރުހުން ފާޅު ކޮށްފައިވާއިރު، ފްރާންސްގެ ސިޔާސީ ލީޑަރުން ވެސް އަންނަނީ ރަޖޯއީގެ ވާހަކަ ތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ފްރާންސްގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު އޮލިވިއާ ފޯރް އެކްސްގައި ވިދާޅުވީ، ފްރާންސްގައި ހަށިގަނޑުގެ ކުލައެއް ނުވަތަ ދީނެއް ނެތް ކަމަށެވެ.

މީގެ އިތުުރުން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނެޒް އެ ޤައުމުގެ ޓީވީ އަކަށް ވިދާޅުވީ، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީގެ ވާހަކަ ތަކަކީ އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ވާހަކަ ތަކެއް ނޫން ކަަމަށެވެ. 

ފީފާ ވަރލްޑް ކަޕް 2026ސްޕެއިންފްރާންސްމަރިއާނޯ ރަޖޯއީސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް