Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

ޑެޝޯމްޕްސް ބުނީ ބަލިވުމުން ޝަކުވާ ކުރާ މީހެއްގެ ގޮތުގައި ފެންނަން ބޭނުން ނުވާ ކަމަށް. އެހެން ނަމަވެސް، އެ މެޗުގައި އިންސާފު ކުރި ރެފްރީ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފަދަ މުހިންމު މެޗެއްގައި އިންސާފު ކުރުމުގެ ފެންވަރު ހުރި މީހެއްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 08:24
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ ފްރާންސް މުބާާރާތުން ކެޓިއިރު، އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ނުރުހުން މެޗުގެ ރެފްރީ އަށް އަމާޒުކޮށްފި އެވެ. 

ސްޕެއިންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން ފްރާންސް ބަލިވެފައި ވަނީ 2-0 އިންނެވެ. މެޗުގައި ސްޕެއިން އިން ވަނީ ފްރާންސް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން، ސްޕެއިންގެ ކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. ސްޕެއިންގެ ޑިފެންސް ފޫ އަޅުވާލުމުގެ ޤާބިލު ކަމެއް ފްރާންސް އަކަށް ވެސް ނެތެވެ. 

މެޗުގައި ސްޕެއިން އިން ޖެހި ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ޖެހި ލަނޑެކެވެ. އެއީ ފްރާންސްގެ އޭރިޔާ ތެރެއިން ސްޕެއިންގެ ލަމީން ޔަމާލް އަށް، އެ ޓީމުގެ ލޫކަސް ޑީނިއޭ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ނަމަވެސް، އެ ޕެނަލްޓީ އަކީ ޔަމާލްގެ އަތުގައި ބޯޅަ ނެތް ވަގުތެއްގައި ހިނގި ކަމަށް ދިން ޕެނަލްޓީ އަކަށް ވާތީ، އެކަމާ ސުވާލުތަކެއް އުފެދުނެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނެފައި ވަނީ، މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. އޭނާ ބުނީ ބަލިވުމުން ޝަކުވާ ކުރާ މީހެއްގެ ގޮތުގައި ފެންނަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެ މެޗުގައި އިންސާފު ކުރި ރެފްރީ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފަދަ މުހިންމު މެޗެއްގައި އިންސާފު ކުރުމުގެ ފެންވަރު ހުރި މީހެއްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވަނީ ބުނެފައި އެެވެ. 

Your browser does not support the video tag.

ސްޕެއިން މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ދެއްކި ވާހަކަ

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ އޭނާގެ ހިތްހަމަނުޖެހުންް އޮތީ، ފުރަތަމަ ހާފުގައި ދިން ޕެނަލްޓީ އަށް އެކަނި ނޫން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މެޗުގެ ތެރޭގައި ރެފްރީގެ ފަރާތުން ފެނިގެން ދިޔަ ގިނަ ކަންތައް ތަކެއް އެއްވެގެން، މުޅި މެޗުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ސްޕެއިން އާއި ފްރާންސް ބައްދަލު ކުރި މެޗުގެ ރެފްރީ އަކީ އެލް ސަލްވާޑޯ އަށް ނިސްބަތްވާ އިވާން ބާޓަން އެވެ. 

ސްޕެއިން އަތުން ބަލިވެ ފްރާންސް މުބާރާތުން ކެޓިއިރު، ފްރާންސް އަކީ މިފަހަރުގެ މުބާާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ޓީމެވެެ. 2018 ވަނަ އަހަރު ފްރާންސް އިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، 2022 ވަނަ އަހަރުގެ ފައިނަލްގައި ވަނީ އާޖެންޓީނާ އަތުން ބަލިވެފައި އެވެ.  އަދި މިއަހަރުގެ ސެމީ ފައިނަލް އިން ބަލިވެ ކެޓިއިރު، މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

ފީފާ ވަރލްޑް ކަޕް 2026ފްރާންސްސްޕެއިންޑިޑިއޭ ޑެޝޯމްޕްސް

އިތުރަށް ކިޔާލަން

16 ޖުލައި 2026

މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން

16 ޖުލައި 2026
މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން
16 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ

16 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
15 ޖުލައި 2026

ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް

15 ޖުލައި 2026
ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް
15 ޖުލައި 2026

ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި

15 ޖުލައި 2026
ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި
15 ޖުލައި 2026

އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ

15 ޖުލައި 2026
އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ
15 ޖުލައި 2026

1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ

15 ޖުލައި 2026
1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ
15 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!
15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު