Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026 | އަންގާރަ 04:57

ސެމީ ފައިނަލްގެ މެޗު ކާމިޔާބު ކުރުމަށް ސްޕެއިން އިން އެ ޓީމުގެ ހުރިހާ ހުނަރެއް ބޭނުން ކޮށްގެން، އިދިކޮޅު ޓީމުގެ ސިފަތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ފުއެންޓޭ ބުނި. އެކަން ފާހަގަކޮށް ފުއެންޓޭ ބުނީ، އާންމު ގޮތެއްގައި ފުޓުބޯޅައިގައި މޮޅުވާނީ ކުޅުމުގެ ހަމަހަމަކަން އެންމެ ރަނގަޅަށް ހިފަހައްޓާ ޓީމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 04:57
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ކޯޗު ފުއެންޓޭ ވާހަކަ ދައްކަނީ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ކޯޗު ފުއެންޓޭ ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން ކަމަށް، ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.

ފުއެންޓޭ މިހެން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ފުއެންޓޭ ބުނީ އެ މެޗުގައި ވެސް ސްޕެއިން އިން މަސައްކަތް ކުރާނީ ބޯޅަ ހިފަހައްޓައިގެން ކުޅެ، ފްރާންސް އަށް ނުރައްކާ ކުރަން ކަމަށެވެ. 

އެންމެ ފަހުން ފްރާންސް އާއި ސްޕެއިން ބައްދަލު ކުރި ސެމީ ފައިނަލްގެ ދެ މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ސްޕެއިން އިންނެވެ. އެހެންވެ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ބުނެފައި ވަނީ، އެ މެޗަށް ނިކުންނައިރު ފޭވަރިޓުންނަކީ ސްޕެއިން ކަމަށެވެ. ނަމަވެސް، ފުއެންޓޭ ބުނީ އެއީ މުޅިން ޤަބޫލު ކުރާ ވާހަކައެއް ނޫން ކަމަށާއި، ސްޕެއިން އޮތީ ފްރާންސް ސިއްސުވާލަން ތައްޔާރަށް ކަަމަށެވެ. 

ފްރާންސް ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، މެޗުގެ ކުރިން ފްރާންސްގެ ޓީމު ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި ދެ ޓީމަކީ ވެސް، އެއް ޓީމު އަނެއް ޓީމު ވަރަށް ރަނގަޅަށް އިނގޭ ދެ ޓީމު ކަމަށް އޭނާ ބުންޏެވެ. ފްރާންސްގައި ވަރުގަދަ ކުޅުންތެރިން ތިބި ފަދައިން، ސްޕެއިންގައި ވެސް ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން، ސެމީ ފައިނަލްގެ މެޗު ކާމިޔާބު ކުރުމަށް ސްޕެއިން އިން އެ ޓީމުގެ ހުރިހާ ހުނަރެއް ބޭނުން ކޮށްގެން، އިދިކޮޅު ޓީމުގެ ސިފަތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ފުއެންޓޭ ބުންޏެވެ. އެކަން ފާހަގަކޮށް ފުއެންޓޭ ބުނީ، އާންމު ގޮތެއްގައި ފުޓުބޯޅައިގައި މޮޅުވާނީ ކުޅުމުގެ ހަމަހަމަކަން އެންމެ ރަނގަޅަށް ހިފަހައްޓާ ޓީމެއް ކަމަށެވެ.

އެންމެ ފަހުން ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި މިދިޔަ އަހަރު ފްރާންސްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗަށް އިޝާރާތްކޮށް ފުއެންޓޭ ބުނީ، އެ މެޗާއި މިފަހަރުގެ މެޗަކީ ތަފާތު ދެ މެޗު ކަމަށެވެ. ސްޕެއިން އިން މަސައްކަތް ކުރާނީ ނޭޝަންސް ލީގުގެ މެޗުގައި ހެދުނު ގޯސްތައް ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް ފުއެންޓޭ ވަނީ ބުނެފައި އެވެ. އޭނާ ބުނީ މާޒީ އަށް ވުރެ ފްރާންސް ޓީމު މިހާރު މާ ބޮޑަށް ވެސް ވަރުގަދަ ކަމަށެވެ. 

ފުއެންޓޭ ބުނީ ސެމީ ފައިނަލް އަށް ސްޕެއިން ތައްޔާރުވީ އެންމެ ފުރިހަމަ އަށް ކަމަށާއި، މެޗަށް ނިކުންނާނީ ފުރިހަމަ އިތުބާރާ އެކު ކަަމަށެވެ. އަންގާރަ ދުވަހުގެ ރޭ ފްރާންސް އާއި ސްޕެއިން ބައްދަލު ކުރާ މެޗު ފަށާނީ ދަންވަރު 12 ޖަހާއިރު އެވެ.

ފީފާ ވަރލްޑް ކަޕް 2026ސްޕެއިންފްރާންސްލުއިސް ޑެ ލާ ފުއެންޓޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް