Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026 | އަންގާރަ 04:56

މީގެ ކުރިން 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލް އާއި، 2025 ވަނަ އަހަރުގރ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ފްރާންސް ބަލިވި ނަމަވެސް، ޑެޝޯމްޕްސް ބުނީ މާޒީގެ ނަތީޖާ އަށް އެއްވެސް ވަރަކަށް ބަލަން ބޭނުން ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 04:56
ސްޕެއިންއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ވާހަކަ ދައްކަނީ.

ސްޕެއިންއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗު ތަފާތު ވާނެ ކަމަށާއި، އެ މެޗަށް ނިކުންނައިރު ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ޑެޝޯމްޕްސް މިހެން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޑެޝޯމްޕްސް ބުނީ ފްރާންސް ޓީމު އޮތީ އެހެން ލެވެލެއްގައި ކަމަށާއި، އަމާޒަކީ މުބާރާތުގެ ފައިނަލް އަށް ދިޔުން ކަމަށެވެ. 

މީގެ ކުރިން 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލް އާއި، 2025 ވަނަ އަހަރުގރ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ފްރާންސް ބަލިވި ނަމަވެސް، ޑެޝޯމްޕްސް ބުނީ މާޒީގެ ނަތީޖާ އަށް އެއްވެސް ވަރަކަށް ބަލަން ބޭނުން ނުވާ ކަމަށެވެ. އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ ސެމީ ފައިނަލް އިން ފްރާންސް ބަލިވި މެޗުގައި ޖުމުލަ ނުވަ ލަނޑު ފެނުނުއިރު، ޑެޝޯމްޕްސް ބުނީ މިހާރު ފްރާންސް އޮތީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ. 

މިފަހަރުގެ ސެމީ ފައިނަލް އިން މޮޅުވެ ފްރާންސް ފައިނަލް އަށް ގޮސްފި ނަމަ، އެ ޤައުމު ވަނީ ޖެހި ޖެހިގެން ތިން ވަނަ ފައިނަލްގައި ކުޅޭ ތިން ވަނަ ޓީމަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައި ވަނީ 1982 އިން 1990 އަށް ވެސްޓް ޖާމަނީ އާއި، 1994 އިން 2002 އަށް ބްރެޒިލް އެވެ. ޑެޝޯމްޕްސް ވަނީ 1998 ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ފްރާންސް އަށް ވޯލްޑް ކަޕް ހޯދައިދީފައި އެވެ. އަދި 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ވެސް އޭނާ ވަނީ ފްރާންސް އަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައި އެވެ. 

ސެމީ ފައިނަލް އަށް ނިކުންނައިރު، ޑެޝޯމްޕްސް ބުނީ ފޭވަރިޓުންނަކީ ސްޕެއިން ކަމަށެވެ. އެގޮތުން މުބާރާތުގައި މިހާތަނަށް ސްޕެއިން އިން ކުޅެފައިވާ ހަ މެޗުގެ ތެރެއިން، އެ ޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެއް ކަމަށް ޑެޝޯމްޕްސް ވަނީ ފާހަގަ ކޮށްފައި އެވެ. ނަމަވެސް، ދެ ޓީމުގެ އެޓޭކަށް ބަލާއިރު، މިއީ ބަލާ ހިތްވާ ކަހަލަ މެޗަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ. އެއާ އެކު ޑެޝޯމްޕްސް ބުނީ އޭނާ އާއި، ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ އަކީ ވެސް ޑިފެންސް ކުރަން ދަންނަ ދެ ކޯޗުން ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ޓީމުން ވަކިވާން ނިންމާފައިވާ ޑެޝޯމްޕްސް އަށް، ސެމީ ފައިނަލް މެޗަކީ ވަރަށް ޚާއްސަ މެޗަކަށް ވާނެ އެވެ. ސްޕެއިން އާއި ފްރާންސް ބައްދަލު ކުރާ ސެމީ ފައިނަލް މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ފީފާ ވަރލްޑް ކަޕް 2026ސްޕެއިންފްރާންސްޑިޑިއޭ ޑެޝޯމްޕްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް