Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026 | ބުދަ 03:44

މެޗުން މޮޅުވެ ސްޕެއިން އިން މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގަ ހޯދިއިރު، އެންމެ ފަހުން އެ ޓީމުން ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައި ވަނީ 2010 ވަނަ އަހަރު. އެ ފަހަރުގެ ފައިނަލްގައި ސްޕެއިން އިން ވަނީ ނެދަލެންޑްސް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 03:44
މެޗުން މޮޅުވުމުން ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުން މޮޅުވުމުން ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސް ބަލިކޮށް، ސްޕެއިން އިން މުބާރާތުގެ ފަައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ލަނޑު ޖަހައިދިނީ މިކޭލް އޮޔާޒަބާލް އެވެ. އެއީ ފްރާންސްގެ އޭރިޔާ ތެރެއިން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ސްޕެއިންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޕެޑްރޯ ޕޯރޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ އޮލްމޯ އެވެ. މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތު ވެސް ސްޕެއިން އިން ވަނީ ހޯދައިފަ އެވެ.

މެޗުން މޮޅުވެ ސްޕެއިން އިން މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގަ ހޯދިއިރު، އެންމެ ފަހުން އެ ޓީމުން ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލްގައި ސްޕެއިން އިން ވަނީ ނެދަލެންޑްސް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފައި އެވެ. 

މިފަހަރުގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު އާޖެންޓީނާ އާއި އިންގްލެންޑު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.

ފީފާ ވަރލްޑް ކަޕް 2026ފްރާންސްސްޕެއިންފުޓްބޯޅަ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް - ފްރާންސް އާއި ސްޕެއިން މެޗުން މޮޅުވާނީ ކޮން ބައެއް؟

14 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް - ފްރާންސް އާއި ސްޕެއިން މެޗުން މޮޅުވާނީ ކޮން ބައެއް؟
14 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!
14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް