Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026 | ހޯމަ 09:55

އަންގާރަ ދުވަހުގެ ރޭ ފްރާންސްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފްރާންސް އަކީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަދި މި މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެފައިވާ ވަރުގަދަ ޓީމެއް ކަމަށް. ނަމަވެސް އެއީ "ފްރާންސް މީހުން ނެތް" ވަރުގަދަ ސްކޮޑެއް ކަމަށް އޭނާ ލިޔުއްވާފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 09:55
 ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު މަރިއާނޯ ރަޖޯއީ.

ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު މަރިއާނޯ ރަޖޯއީ. | ގެޓީ އިމޭޖަސް

ފްރާންސް ޤައުމީ ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް ވިދާޅުވެ ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު މަރިއާނޯ ރަޖޯއީ ދެއްކެވި ވާހަކައިގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ. 

ރަޖޯއީ މި ވާހަކަ ދެއްކެވީ "އެލް ޑެބޭޓް" ނޫހުގައި އޭނާ ލިޔުއްވާފައިވާ ކޮލަމެއްގައި އެވެ. ކޮންޒަވޭޓިވް ލީޑަރު ރަޖޯއީ އަކީ 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ސްޕެއިންގެ ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. 

"ހޯއީ އީގޯ އަލް ދެސްކީތޭ" ނުވަތަ "މިއަދަކީ ބަދަލު ހިފުމުގެ ދުވަސް" މި ސުރުޚީގެ ދަށުން ރަޖޯއީ ލިޔުއްވި ކޮލަމުގައި، ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން ސްޕެއިން 2-1 އިން މޮޅުވި މެޗަށް އަލި އަޅުވާލާފައިވެ އެވެ. އަދި އަންގާރަ ދުވަހުގެ ރޭ ފްރާންސްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފްރާންސް އަކީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަދި މި މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެފައިވާ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް އެއީ "ފްރާންސް މީހުން ނެތް" ވަރުގަދަ ސްކޮޑެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ރަޖޯއީގެ މި ބަހުގެ ހަމަލާ އަކީ ފްރާންސް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ހިޖުރަ ކޮށްފައިވާ އާއިލާ ތަކަށް ނިސްބަތްވާ، ނުވަތަ ފްރާންސްގެ ކުރީގެ އިސްތިއުމާރީ ދައުލަތް ތަކަށް ނިސްބަތްވާ ކުޅުންތެރިން ކަމަށް ވުމެވެ. ނަމަވެސް ތަފާސް ހިސާބު ތަކަށް ބަލާއިރު، ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނެގި 26 ކުޅުންތެރިންގެ ތެރެއިން ފްރާންސް އިން ބޭރުގައި އުފަންވެފައި ވަނީ އެންމެ ތިން ކުޅުންތެރިންނެވެ. އެއީ ލަންޑަން އަށް އުފަން މައިކަލް އޮލައިސޭ އާއި، އިޓަލީގެ ޕާމާ އަށް އުފަން މާކަސް ތުރަމްގެ އިތުރުން ކޮންގޯ އަށް އުފަން ބްރައިސް ސަމްބާ އެވެ.

މި ވާހަކަތަކާ ގުޅިގެން ސްޕެއިންގެ ވެރިކަން ކުރާ ޕީއެސްއޯއީ ޕާޓީގެ މެންބަރު ޚޯސޭ ސެޕޭޑާ ވިދާޅުވީ، ރަޖޯއީގެ ވާހަކަ ތަކަކީ ނަސްލީ ތަފާތު ކުރުމާއި، ބިދޭސީންނަށް ނަފުރަތު ކުރުން އެކުލެވޭ "ލަދުވެތި" ވާހަކަ ތަކެއް ކަމަށެވެ. ފްރާންސްގެ ސަރުކާރުން ވެސް ވަނީ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. ފްރާންސްގެ މިނިސްޓަރު އޮރޯރް ބާގޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަކުރާރު ވަމުންދާ ނަސްލީ ތަފާތު ކުރުންތައް ބަލައި ނުގަނެވޭނެ ކަމަށާއި، ކުޅިވަރަކީ ހަމައެކަނި ހުނަރަށް ބަލައި ވަޒަންކުރާ ދާއިރާ އަކަށް ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފްރާންސްގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ފަބިއަން ރޫސެލް ވަނީ ރަޖޯއީގެ މި އަމަލު ކުށްވެރި ކުރުމަށް ގޮވާލާފައި އެވެ. އޭނާ މިކަން އަޅާ ކިޔާފައި ވަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާ ބެހޭ ގޮތުން ޕެރަގުއޭގެ ސިޔާސީ ބޭފުޅަކު ދެއްކެވި ވާހަކަތަކާ އެވެ.

އެ މައްސަލާގައި ފްރާންސްގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ ތަހުގީގެއް ވެސް ފަށާފައި އެވެ. ރޫސެލް ވިދާޅުވީ، ފްރާންސްގެ މޮޅު ޓީމުގެ އަޒުމް ގުޑުވާލުމަށްޓަކައި ބައެއް ފަރާތް ތަކުން ނަސްލީ ތަފާތު ކުރުމުގެ ހުތުރު އަމަލުތައް ހިންގަމުންދާ ކަމަށެވެ. 

ފީފާ ވަރލްޑް ކަޕް 2026ފްރާންސްސްޕެއިންމަރިއާނޯ ރަޖޯއީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް