Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

16 އޯގަސްޓު 2026 | އާދީއްތަ 06:40

ނައިބު ރައީސް ދިރިއުޅުއްވާ ހިލާލީގޭގައި މަސައްކަތްކުރާ 27 މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މަހަކު ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަވާކަން ރައީސް އޮފީހުން ހާމަކޮށްފި. ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއަކާ ގުޅިގެން ދިން މި ޖަވާބުގައިވާ ގޮތުން، ހިލާލީގޭގައި 11 ދިވެހިންނާއި 16 ބިދޭސީން މަސައްކަތް ކުރޭ. މައުލޫމާތު ދިނުން ލަސްވީ ގިނަ އަދަދެއްގެ ހުށަހެޅުންތައް ލިބިފައިވުމުން މައުލޫމާތު އެއްކުރުމަށް ވަގުތު ބޭނުންވުމުން ކަމަށް ވެސް އެ އޮފީހުން ބުނެފައިވޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 16 އޯގަސްޓު 2026 | އާދީއްތަ 06:40
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާއި އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދު

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާއި އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދު | ރައީސް އޮފީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ. 

ރައީސް އޮފީހުން މިހެން ބުނެފައިވަނީ ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައި އެވެ. އެގޮތުން ރާއްޖެޓީވީން ކުރި ސުވާލަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީގޭގައި އެމަނިކުފާނުގެ ހިދުމަތުގައި ކިތައް މީހުން ތިބޭތޯ އާއި ކިތައް ދިވެހީންނާއި ކިތައް ބިދޭސީންތޯ އާއި އަދި މަހެއްގެ މައްޗައް ކިހާވަރެއް ހަރަދުވޭތޯ އެވެ. 

Advertisement - newsAdvertisement

މިއީ ރާއްޖެޓީވީން 24 ޖޫން 2025 ގައި ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައި އެކެވެ. އަދި މި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ދީފައި ނުވާތީ 24 ޖެނުއަރީ 2026 ގައި އެކަމުގެ ޝަކުވާއެއް އިންފޮމޭޝަން ކޮމިޝަނަރަށް ރާއްޖެޓީވީން ހުށަހަޅާފައިވެ އެވެ. 

ޝަކުވާ ހުށަހެޅުމުން ރައީސް އޮފީހުން ޖަވާބު ދީފައިވެ އެވެ. އެ ޖަވާބުގައި ބުނެފައި ވަނީ ހިލާލީގޭގައި 16 ބިދޭސީ މުވައްޒަފުންނާއި 11 ދިވެހި މުވައްޒަފުންނާއެކު މުޅި ޖުމްލަ 27 މުވައްޒަފުން ތިބޭ ކަމަށެވެ. އަދި މި މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗައް 352،611.44 ރުފިޔާ ހަރަދުވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ޖަވާބު ދިނުން ލަސްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެފައިވަނީ މައުލޫމާތު ހޯދައި އެއްކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި، ހުށަހެޅި ފަރާތުގެ ހުށަހެޅުމުގެ އިތުރުން އެހެން ފަރާތްތަކުގެ ހުށަހެޅުން ވެސް ގިނަ އަދަދަކަށް ހުށަހަޅާފައިވާތީ ކަމަށެވެ. 

މީގެއިތުރުން، މައުލޫމާތަކަށް އެދި މި ގާނޫނުގެ ދަށުން ހުށަހެޅޭ ކޮންމެ ހުށަހެޅުމަކާމެދު ވެސް، ލަސްކުރުމެއްނެތި ފިޔަވަޅު އަޅައި، މި ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއްނަމަ، އެ މައުލޫމާތަކަށް އެދުނު ފަރާތަކަށް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ މައުލޫމާތެއް ފޯރުކޮށްދޭން ވާނެ ކަމަށާއި އެއްވެސް ހާލަތެއްގައި 21 ދުވަހަށް އެ މުއްދަތު ދިގުވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް ރައީސް އޮފީހުން އެ ގާނޫނަށް އަމަލުކޮށްފައި ނުވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކޮށްފައިވެ އެވެ. 

ހުސެއިން މުހައްމަދު ލަތީފްހިލާލީގެއިންފޮމޭޝަން ކޮމިޝަނަރު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

03 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
20 މެއި 2026

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!
08 އޮކްޓޯބަރު 2025

އެމްޑީޕީ މުޒާހަރާގެ ނުދައްކާ ހުރި ވާހަކަތަކެއް

08 އޮކްޓޯބަރު 2025
އެމްޑީޕީ މުޒާހަރާގެ ނުދައްކާ ހުރި ވާހަކަތަކެއް
17 އެޕްރީލު 2025

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ "ކެއިރެޓްސޫ" އަށް 136.8 މިލިއަން ރުފިޔާ އަށް ފަޔަރ ޓްރަކް ގެންނަން ހަވާލުކުރި މައްސަލައެއް ފެންމަތިވެއްޖެ

17 އެޕްރީލު 2025
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ "ކެއިރެޓްސޫ" އަށް 136.8 މިލިއަން ރުފިޔާ އަށް ފަޔަރ ޓްރަކް ގެންނަން ހަވާލުކުރި މައްސަލައެއް ފެންމަތިވެއްޖެ
18 މެއި 2024

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
14 ޖެނުއަރީ 2022

މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ

14 ޖެނުއަރީ 2022
މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ
13 ޖެނުއަރީ 2022

މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން

13 ޖެނުއަރީ 2022
މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން
15 ސެޕްޓެމްބަރު 2021

ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު

15 ސެޕްޓެމްބަރު 2021
ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް