Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. މުހައްމަދު މުއިއްޒު

އެމްޑީޕީ މުޒާހަރާގެ ނުދައްކާ ހުރި ވާހަކަތަކެއް

އެމްޑީޕީން ހުކުރު ދުވަހު ބޭއްވި އެއްވުމަށް މީހުން ދިޔަ ނުދިނުމަށް ސަރުކާރުން ވަނީ ވަރަށް ގިނަ ކަންކަން ކޮށްފައެވެ. ރައީސް މުއިއްޒާއި މުޅި ސަރުކާރުގެ ހުރިހާ ބޮޑުން އެކަމުގައި ބައިވެރިވިއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 13:39
މަޖްލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަދި ނައިބް ރައީސް ހުސެން މުހައްމަދު ލަތީފް

މަޖްލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަދި ނައިބް ރައީސް ހުސެން މުހައްމަދު ލަތީފް

އެމްޑީޕީން ހުކުރު ދުވަހު ބޭއްވި ބޮޑު އެއްވުން ބާއްވާތީ ސަރުކާރުން ލައްކަ ކަންކަން ކުރިއެވެ. އެ އެއްވުމަށް މީހުން ދިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް ކުރިއެވެ. އެއެއްވުމުގެ ރާގު މުޅިން އެހެން ގޮތަކަށް އަނބުރާލެވޭތޯ ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ ސިޔާސީ މުވައްޒަފާ ހަމައަށް ކުރިއެވެ. ކުރީގެ ވައުދުތައް އާކުރަމުން ދިޔައެވެ. ތާރީޚްތަކަށް ނުނިމި ހުރި ކަންކަން ކުރާނެކަމުގެ އިތުރު ޔަގީންކަމެއްދީ ތާރީޚްތަކެއް ކަނޑައެޅިއެވެ. މީހުންނަށް ދޭންހުރި ފައިސާތައް ދޭނެކަމަށް ބުންޏެވެ. ކުދި ލޯނު ދިނުމުން ފެށިގެން ފުޓްބޯޅަ ކުލަބުތައް ސްޕޮންސަރވެސް ކުރީއެވެ. ހުކުރު ދުވަހާ ދިމާކޮށް ކުންފުނިތަކުގެ މުވައްޒަފުންނަށް މަސްދަތުރުތަކާއި ތަފާތު އިވެންޓްތައް ބާއްވާ އޭގައި ބައިވެރިވާން މަޖްބޫރުވެސް ކުރީއެވެ. އޯޓީ ދީފައި ހުކުރު ދުވަހު ހަވީރު ވަޒީފާއަށްވެސް ނެރުނީއެވެ.

ކުރުކޮށް ފޮނިކޮށް ބުނަންޏާ ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުން އަދި މަޖިލީސް މެންބަރުންނާ ހުރިހާ ސިޔާސީ ވެރިންނާ ޕާޓީ އެކްޓިވިސްޓުން އުޅުނީ މުޒާހަރާއަށް މީހުން ދިޔަ ނުދިނުމަށް ވަތަށް ފައިބައިގެންނެވެ. ތަފާތު ވާހަކަތައް ދެއްކުމުގައެވެ. ތަފާތު ޕޯސްޓްތައް ކުރުމުގައެވެ.

އެކަމަކު މިހުރިހާ އެންމެން އަވަދިނެތި ދެފައި އެއްތާކު ނުޖަހާ އުޅުނުއިރު ހިލަމެއް ނުވި ދެބޭފުޅަކު އުޅުއްވިއެވެ. އަޑު ހަރުކޮށް މިފަދަ ކަންކަމުގައި ބަސްވިދާޅުވާ ދެބޭފުޅެކެވެ. ވިދާޅުވާ ވާހަކަތަކުގައި އަސަރު ހުންނަ ދެބޭފުޅުންނެވެ. މާޒީން އެކަން ފެންނާން އޮތް ދެބޭފުޅުންނެވެ. ކޮންމެހެން ނަން ހާމަނުކޮށް ގިނަ ވާހަކަ ދައްކާކަށް ނެތީމެވެ. މަޖިލިސް ރައީސް އަބްދުއް ރަހީމާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. މުޒާހަރާ މައިތިރި ކުރެވޭތޯ މުޅި ސަރުކާރުން ރެއާ ދުވާލު ކުރިމަސައްކަތުގައި އެދެބޭފުޅުންގެ ހިލަމެއް ނުފެނެވެ. ބައިވެރިވުމެއް ނެތެވެ. އަމުދުން ބަސްފުޅެއް ވިދާޅުވާތީއެއް ނުފެނުނެވެ.

އަބްދުއް ރަހީމަކީ މިހާރު ފިޔަ ކޮށާލާފައި ސައިޒް ކޮށްފައި ހުރި ބޭފުޅެކެވެ. މާބޮޑު ވާހަކައެއް ދެއްކެވެން އޮތް ބޭފުޅެއް ނޫނެވެ. އަމުދުން ޕާޓީގެ ހަރުގެ ޖަލްސާއަކުންވެސް މިހާރު ޖާގައެއް ލިބުމަކީ ނާދިރު ކަމެކެވެ. ކުރިން އެންމެ އަޑުހަރުކޮށް އަދި އެންމެ ހުތުރު އިބާރާތުން ބަސްފުޅުވިދާޅުވެ ރައްދުދީ އުޅުއްވިއަސްވެސް މެއެވެ. މުޒާހަރާތަކުގައި ދެއްކިފައި ހުރި ވާހަކަތަކާއި އުޅެވިފައި ހުރި ގޮތުންވެސް އެއްޗެއް ވިދާޅުވާން އުނދަގޫވިއަސް އަބްދުއްރަހީމަކީ އެކަމަށް ބައްލަވައިގެން ހަނުހުންނަވާ ވަރަށްވުރެ އަރާހުންނަވާ ބޭފުޅެކެވެ. އެކަމަކު ތަފާތަކީ އެމްޑީޕީގެ މިއެއްވުމާ ގުޅޭގޮތުން އެއްވުމުގެ ކުރިން ސުއްބުވެސް އަބްދުއްރަހީމް ވިދާޅު ނުވުމެވެ.

ދެން އޮތީ އެންމެ ހައިރާންވާ ކަމަކަށް ވާ ބޭފުޅާއެވެ. ނައިބު ރައީސް ހުސައިން މުހައްމަދެވެ. މީގެ ކުރީގައި މިފަދަ ކަންކަމުގައި ނައިބު ރައީސަކީވެސް އެކްޓިވް ބޭފުޅެކެވެ. ސަރުކާރަށް ޑެމޭޖްވާ ޑެމޭޖް ކުޑަކުރުމުގައި ނައިބު ރައީސްވެސް ވަރަށް ހަރުކޮށް ވާހަކަފުޅު ވިދާޅުވެއެވެ. އިދިކޮޅު މީހުން ރާވާ ކަންކަމާ ކުރާ ކަންކަމާ ގުޅޭގޮތުން ސަރުކާރަށް ޕޮޒިޓިވް ވާހަކަތައް ދައްކަވާ ބޭފުޅެކެވެ. ތަފާތަކީ މިފަހަރުގެ މުޒާހަރާއެވެ. ނުވަތަ އެމްޑީޕީގެ ބޮޑު އެއްވުމެވެ. އެއެއްވުން ކުޑަތަންވެގެން އައިރު ނައިބު ރައީސް ކަހާތަން ހިރުވައިވެސް ލެއްވިތަނެއް ނުފެނުނެވެ. ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އަމުދުން އެކްސް އެކައުންޓުގައި ޕޯސްޓެއް ހިސާބުވެސް ކޮށްލެއްވިތަނެއް ނުފެނުނެވެ. އެއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދައްކަމުން އައި ވާހަކަތަކާއި ފުލުހުން ލައްވާ އެކުރި ބޮޑު ތުހުމަތާ ގުޅޭގޮތުންވެސް ހަމަ ސުއްބުވެސް ވިދާޅެއް ނުވެއެވެ.

ނައިބު ރައީސް އެއްޗެއް ވިދާޅުވީ އެ އެއްވުމެއް ބާއްވާ ނިމުނުފަހުންނެވެ. ސަރުކާރުން ޖެހިހާ މަޅިއެއް ފަނުފުލުން ގޮސް އެތައް ބަޔަކު ސަރުކާރާ ދެކޮޅަށް އަޑު އުފުލި ފަހުންނެވެ. އެތައް ފިއްތުން ތަކަކާއެކުވެސް ގިނަ އަދަދެއްގެ ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުތް މި އެއްވުމާ ބެހޭގޮތުން އައްވަލަށްވެސް އެއްޗެއް ވިދާޅުވީ މުޒާހަރާ ނިމުނުފަހުން ޖެހިގެންއައި ދުވަހުއެވެ.

މުޒާހަރާ ނިމުނުފަހުން ޖެހިގެން އައިދުވަހު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގި ޓެރަރިޒަމް ހަރަކާތެއް ކަމަށެވެ.

"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ގިނަ ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ބަސްފުޅެއް މިވިދާޅުވީ ކަންވެ ނިމުނު ފަހުންނެވެ. ގެރި ނަގަން އެއުޅުއްވީ ގެރި މަރުވި ފަހުންނެވެ. މުޒާހަރާގެ އޮފް ކަނޑާލެވޭތޯ މުޅި ސަރުކާރު ރެއާ ދުވާލު މަސައްކަތްކޮށްކޮށް ވާތާވި ފަހުންނެވެ. އެއިން އަސަރެއް މުޒާހަރާއަށް ނުކޮށް ބޮޑުތަނުން އެމަސައްކަތް ފެއިލްވެ ހުރިހާ ކަމެއް ނިމުނު ފަހުންނެވެ. އަބްދުއް ރަހީމާއި ނައިބު ރައީސްއަކީ ރައީސް ޔާމީންގެ ވަރަށް ގާތް ދެބޭފުޅުންނެވެ. މިވަގުތު ސަރުކާރުގައި ތިއްބެވިއަސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ނައިބު ރައީސަކަށް ހުސައިން މުހައްމަދު ހަމަޖެއްސީ ޔާމީން އެދިވަޑައިގެންނެވެ. މިމުޒާހަރާގައި އަމަލީގޮތުން ސީދާ ޔާމީން ބައިވެރިވެވަޑައި ނުގެންނެވިއަސް އެމަނިކުފާނުގެ ޕީއެންއެފްގެ މީހުން ބައިވެރިވިއެވެ. ޚުދު ޔާމީންވެސް ވިދާޅުވީ ޕީއެންއެފުން އެ މުޒާހަރާގައި ބައިވެރިވީ އެއީ ގައުމީ ކަމެއްކަމަށް ވީމަ ކަމަށެވެ.

ކޮންމެއަކަސް އަބްދުއް ރަހީމްގެ އިތުރުން ނައިބު ރައީސް މުޒާހަރާގެ ކުރިން އެއްޗެއް ވިދާޅު ނުވާކަމީ ސާފު ހަގީގަތެވެ. ނޭނގި އޮތީ އެކަމުގެ ސިއްރެވެ. މުޒާހަރާގެ ކުރިން ބަސްފުޅެއް ވިދާޅު ނުވެ ހަނުހުންނެވީ ކީއްވެ ކަމެވެ. މުޒާހަރާގެ ވާހަކަތައް މުޒާހަރާގެ ފަހުންވެސް ދައްކަމުންދިޔަޔަސް މިއީ އަދި ނުދައްކާ އޮތްވާހަކައެކެވެ. އޭގެ ހަގީގަތާ އެކަމުގެ ސިއްރުވެސް ނޭނގިއޮތް ކަމެކެވެ.

އެމްޑީޕީ ސަރުކާރުހުސެއިން މުހައްމަދު ލަތީފްއަބްދުއްރަހީމްރައީސް ޔާމިންއިހުތިޖާޖުޕީއެންއެފްޑރ. މުހައްމަދު މުއިއްޒުލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު