Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެއިރެޓްސޫގެ ތުހުމަތުތައް

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ "ކެއިރެޓްސޫ" އަށް 136.8 މިލިއަން ރުފިޔާ އަށް ފަޔަރ ޓްރަކް ގެންނަން ހަވާލުކުރި މައްސަލައެއް ފެންމަތިވެއްޖެ

މިކަމާއި ގުޅޭ ގޮތުން ރަސްމީ އިދާރާ އެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2025 | ބުރާސްފަތި 17:27
އެ ކުންފުންޏަށް ގަންނަން ދިން ބްރޭންޑްގެ ޓްރަކެއް

އެ ކުންފުންޏަށް ގަންނަން ދިން ބްރޭންޑްގެ ޓްރަކެއް

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ "ކެއިރެޓްސޫ" އަށް 136.8 މިލިއަން ރުފިޔާގެ މަޝްރޫޢު އެއް ހަވާލު ކުރި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ މީސްމީޑިއާގައި އެ ކުންފުންޏަށް 3 ފަޔަރ ޓްރަކް ގެނައުމަށް ޕްރޮކިއުމެންޓް، 138.6 މިލިއަން ރުފިޔާގެ އަގަކަށް ހަވާލު ކުރިކަމުގެ އަޑު ފެތުރެން ފެށުމާއި އެކުގައެވެ. މިކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނީ އެ ކުންފުންޏާއި ހަވާލުކޮށްގެން 3 ރޯސެންބަޔަރ ފަޔަރ ޓްރަކް ގެންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް ޓްރަކަކަށް 3 މިލިއަން ޑޮލަރެވެ.

Advertisement - newsAdvertisement

މި ކުންފުންޏަކީ ގްރޫޕް ހަދައިގެން ކުށްކުރާ ގްރޫޕަކާއި ގުޅުން އޮންނަ ކުންފުންޏެއް ކަމަށް މި ކަމާއި މެދު ފާޑު ކިޔާ މީހުން ދަނީ ބުނަމުންނެވެ. އަދި މި މަރުހަލާ ކުރިއަށް ގެންދިޔައީ ކޮަރަޕްޝަންގެ ބޮޑެތި އަމަލުތަކެއް އޭގައި ހިމެނޭ ގޮތަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން މި މަޝްރޫޢު އަށް ބިޑް ހުށަހެޅި އެހެން 4 ޕާޓީއަކުން ކުއްލިއަކަށް އަގު ދަށްކޮށްފައިވާތީ އެކަމާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި މި ކުންފުންޏާއި ޓްރަކް ގެންނަން ހަވާލުކުރީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ލަފާގެ މަތިން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. މި ޕްރޮޖެކްޓް ކޯޓް ކުރީ ދިވެހި ފައިސާ އިން ކަމަށް ވީ ނަމަވެސް އެމްއޭސީއެލް އިން ފައިސާ ދައްކާފައި ވަނީ އެމެރިކާ ޑޮލަރުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ ކުންފުންޏަށް ގަންނަން ދިން ބްރޭންޑްގެ ޓްރަކެއް
އެ ކުންފުންޏަށް ގަންނަން ދިން ބްރޭންޑްގެ ޓްރަކެއް

މިކަމާއި ގުޅޭ ގޮތުން ރަސްމީ އިދާރާ އެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެހެންނަމަވެސް މި މަޝްރޫޢު އެ ކުންފުންނާއި ހަވާލުކުރުމާއި އެކު 2020 ވަނަ އަހަރު އެ ކުންފުނި ހިމެނޭ ބިލްޑިން ބަލާ ފާސްކުރަން ނެރެފައިވާ ކޯޓު އަމުރެއް އެއާއި އެކު ވަނީ ދައުރުވާން ފަށާފަ އެވެ. އެ ކޯޓު އަމުރަކީ ހ.ފެންނާގޭގައި ހުންނަ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުންޏާއި ގުޅިފައިވާ އެ ގޭގެ ހުރިހާ ތަނެއް ފާސްކުރުމަށް ދީފައިވާ ކޯޓު އަމުރެކެވެ. އެ ލިޔުންތަކުން އެނގޭ ގޮތުން އެ ކުންފުންޏާއި، އެމްއެމްޕީއާރްސީ އަދި އަމީން އެވެނިއު ހިމެނޭހެން މަނީ ލައުންޑަރކުރިކަމުގެ ހެކި ވަނީ ލިބިފަ އެވެ.

އެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އެ ގެ އާއި އޮފީސް ފާސްކުރަން ކޯޓު އަމުރު ނެރެދިން ސަބަބުތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިކް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރްސީ ) މެދުވެރިކޮށް ރިސޯޓް ތަރައްޤީކުރުމަށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގައި އިކުއިޒިޝަންގެ ގޮތުގައި ލިބުނު ފައިސާ އާއި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީ އަށް ފައިސާ ހޯދުމަށް ފަހު އެ ފައިސާ އަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލައުންޑަރ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ފައިސާ އިން މާލީ މަންފާ ލިބޭ ފަރާތްތަޖާއު ކުންފުނިތަކުން ކުށްކޮށްގެން ލިބުނު ފައިސާ އިންވެސްޓްކޮށްގެން މުދަލަށް ބަދަލުކުރި ކަމަށް އެ ކުންފުނީގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ހިންގާފަިއވާ ޕްރޮޖެކްޓްތަކާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފަިއވާ ކޮރަޕްޝަނާއި ޚިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވުމާއި ރިޝްވަރު ދިނުމާއި، ރިޝްވަތު ދިނުމުގައި މެދުވެރި އެއްގެ ދައުރު އަދާކުރާ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައި ކަމަށް މި މައްސަލައިގެ ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

ކެއިރެޓްސޫމަޝްރޫޢުރޯސެންބަޔަރ ފަޔަރ ޓްރަކްކޮރަޕްޝަން ހުސެއިން މުހައްމަދު ލަތީފް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު