Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުލޫމާތު ހާމަކުރުމުގައި ހުރި މައްސަލަތައް

މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ

އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ ފަރާތްތަކަށް މީގެ ކުރިން ރަން ވަނަ ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 ޖެނުއަރީ 2022 | ހުކުރު 06:54
އިންފޮމޭޝަން ކޮމިޝަނަރ އަހްމަދު އާހިދު ރަޝީދު

އިންފޮމޭޝަން ކޮމިޝަނަރ އަހްމަދު އާހިދު ރަޝީދު

ޤާނޫނުން ލާޒިމްކުރާ އެންމެ ކުޑަ މިންވަރަށްވެސް މައުލޫމާތު ހާމަކުރާ އިދާރާއެއް ނެތް ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަހުމަދު އާހިދް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި މައުލޫމާތު ލިބިގަތުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އާހިދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރި އިދާރާތަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މީގެކުރިން ރަން ވަނަ ދީފައިވާކަމަށެވެ. އެގޮތުން އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ ފަރާތްތައް އަދި މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ ފަރާތްތައް ދެނެގަނެވި ރަންވަނަ ދެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

މިފަރާތްތަކަށް ރަން ވަނަ ދެމުން އައިސް މި މަސައްކަތް 2019 ވަނަ އަހަރާއި ހިސާބުން ހުއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި މަސައްކަތް އަލުން ފަށަން ވިސްނާއިރު، މިކަމުގައި އޭނާގެ ޚިޔާލު ކޮންމެވެސް ވަރަކަށް ތަފާތު ކަމަށް އާހިދު ވިދާޅުވިއެވެ.

އާހިދު ވިދާޅުވީ ޤާނޫނުން ލާޒިމްކުރާ އެންމެ ކުޑަ މިންގަނޑާއި ހަމައަށް މައުލޫމާތު ހާމަކުރާ އެއްވެސް އިދާރާއެއް ނެތް ކަމަށެވެ. އަދި މިނިމަމް ރިކުއަރމެންޓާ ހަމައަށް ނާންނަ ފަރާތަކަށް ރަން ވަނައެއް ދޭން އުނދަގޫވާކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތަކީ ހުރިހާ އިދާރާތައް މޮނިޓަރ ކުރުން ކަމަށް އާހިދު ވިދާޅުވެފައެވެ.

އާހިދު ވިދާޅުވީ އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ބަލަމުންދަނީ އެކި އިދާރާތަކުގެ ވެބްސައިޓްތައް ކަމަށެވެ. ވެބްސައިޓުގައި މައުލޫމާތު ހާމަކުރަމުންދާ މިންވަރާއި، ހާމަކުރާ މައުލޫމާތުތައް ހުންނަނީ އަޕްޑޭޓްވެފައިތޯ ބަލާނެ ކަމަށް އާހިދު ވިދާޅުވިއެވެ. ބައެއް ވެބްސައިޓްތަކުގައި މައުލޫމާތުތައް ހާމަކޮށްފައި ހުރި ނަމަވެސް އެއީ މީގެ ދެތިން އަހަރު ކުރީގެ މައުލޫމާތުކަން ފާހަގަވެފައިވާ ކަމަށް އާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އިދާރާތަކުން މައުލޫމާތު ހާމަނުކުރާ ސަބަބުވެސް ބަލަމުންދާކަމަށް ވިދާޅުވިއެވެ. އާހިދު ވިދާޅުވީ ބައެއް ކައުންސިލްތަކުން ވަރަށް ރަނގަޅަށް މައުލޫމާތު ހާމަކުރަމުންދާކަން ދެނެގަނެވިފައިވާކަމަށެވެ. އަދި ކައުންސިލްތަކުން މައުލޫމާތު ހާމަކުރަނީ މައުލޫމާތު ހާމަކުރެވެން ހުރި ފެންވަރުންކަން ފާހަގަވެފައިވާކަމަށް އާހިދު ވިދާޅުވިއެވެ. އެގޮތުން ވައިބަރ ގްރޫޕްތަކުގައާއި ފޭސްބުކް ޕޭޖުގައިވެސް ވަރަށް ރަނގަޅަށް މައުލޫމާތު ހާމަކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވެބްސައިޓުގައި ހުންނަން ޖެހޭ މައުލޫމާތު ނުހުންނަނީ ކައުންސިލްތަކުން ބޭނުންވާ ކެޕޭސިޓީ ނެތުމުން ކަން ފާހަގަކުރެވިފައިވާ އޭނާ ވިދާޅުވިއެވެ.

އާހިދު ވިދާޅުވީ އެއީ ކުދި އިދާރާތަކުގެ ހާލަތު ހުންނަ ގޮތް ކަމަށާއި، އެހެންނަމަވެސް މިނިސްޓްރީތަކަށް ކެޕޭސިޓީ ނެތްކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަތަކަށްވެސް މައުލޫމާތު ހާމަކުރެވޭނެ ކަމަށާއި އެފަރާތްތަކުގެ ވެބްސައިޓްތަކަކީ ބަރާބަރަށް އަޕްޑޭޓްވަމުންދާ ވެބްސައިޓްތަކެއް ކަމަށް އާހިދު ވަނީ ވިދާޅުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު

އިތުރަށް ކިޔާލަން

18 މެއި 2024

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
13 ޖެނުއަރީ 2022

މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން

13 ޖެނުއަރީ 2022
މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން
15 ސެޕްޓެމްބަރު 2021

ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު

15 ސެޕްޓެމްބަރު 2021
ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު