އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
3 އޯގަސްޓު 2026 | ހޯމަ 17:11މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް. މި ފުރުޞަތު އަންނަ އޮގަސްޓް މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައި

އިންޓަނޭޝަނަލް ކޮންފަރެންސް އޮފް އިންފޮމޭޝަން ކޮމިޝަނާސްގެ 14 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ. މިއީ މި ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރު | އައިކޮމް
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމަ ދުވަހު ހުޅުވާލައިފި އެވެ.
މި މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.







