Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން

މައުލޫމާތަކީ އެ އިދާރާއަކުން ހާމަކުރަން ބޭނުންނުވީމާ ހާމަކުރަން ނުޖެހޭ މައުލޫމާތުކަމަށް އޮންނަނީ ހީވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖެނުއަރީ 2022 | ބުރާސްފަތި 21:16
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު

މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކުން ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައެއްގެ ސަބަބުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާހިދު ވިދާޅުވީ، މިހާރުވެސް އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެވެސް ވަރަކަށް ޖެހިލުންވާ ކަމަށާއި ބައެއް ފަހަރު އިދާރާތަކުން އެ މައުލޫމާތަކީ އެ އިދާރާއިން ހާމަކުރަން ބޭނުންވީމާ ހާމަކުރަން ޖެހޭ މައުލޫމާތުކަމަށް ހީވެފައި އޮންނަ ކަމަށެވެ.

Advertisement - newsAdvertisement

އާހިދު ވިދާޅުވީ މައުލޫމާތު ހާމަކުރުމުގެ ސަބަބުން އިދާރާތަކަށް އޭގެ ގެއްލުމެއް ނުކުރާނެ ކަމަށާއި، އެކަމަކު އިދާރާއަކުން މައުލޫމާތު ހާމަނުކުރާން އުޅޭއިރު އެހެން ފަރާތަކުން އެ މައުލޫމާތު ހާމަކޮށްފިނަމަ އޭގެ ސަބަބުން އެ އިދާރާއަކަށްވެސް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

އާހިދު ވިދާޅުވީ ގިނަ ފަހަރު އިދާރާތަކުން މައުލޫމާތު ހާމަކުރަން ފަސްޖެހެނީ ކުރީއްސުރެ އޮތް އާދަކާދައެއްގެ ސަބަބުން ކަމަށާއި، އެކަން ބަދަލުވާން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު މި ފެންނަނީ އިދާރާތަކުން އިސް ނަގައިގެން މައުލޫމާތު އާންމުކުރަން އަހައްމިއްޔަތުކަން ދޭންޖެހޭ މިންވަރަށް އަހައްމިޔަތުކަން ނުދޭތަން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު

އިތުރަށް ކިޔާލަން

18 މެއި 2024

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
14 ޖެނުއަރީ 2022

މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ

14 ޖެނުއަރީ 2022
މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ
15 ސެޕްޓެމްބަރު 2021

ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު

15 ސެޕްޓެމްބަރު 2021
ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު