Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުގެ ފުރަތަމަ 6 މަސް

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

މައުލޫމާތު ނުދީގެން ހުށަހަޅާ މައްސަލަތައް މިއަދު ވަނީ 58 އިންސައްތަ އިތުރުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މެއި 2024 | ހޮނިހިރު 10:52
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

އައު ސަރުކާރުން ގެންދަނީ ވެރިކަމަށް 6 މަސް ފުރުން ފާހަގަކުރަމުންނެވެ. ރައްޔިތުންވެސް ގެންދަނީ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ޓާމު ނުވަތަ މިހިނގާ ދިޔަ 6 މަސް ދުވަހުގެ ނަތީޖާ ކިޔަމުންނެވެ. މާކްސް ދެމުންނެވެ.

އެންމެ ފުރަތަމަ މާކްސްދޭ ދާއިރާއަކީ ވައުދު ފުއްދުމުގެ ދާއިރާއެވެ. އެރޮނގުން ބަލާނަމަ، އައު ސަރުކާރު ވެރިކަމަށް އައިއިރު ވީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމާއި، ގެއްލުނުކަމަށް ބުނާ ކަނޑު ހޯދުމާއި، އެއްބަސްވުންތައް ހާމަ ކުރުން ހިމެނެއެވެ.

އެ ވައުދުތަކަށް މާކްސްދީ ރިޕޯޓު ތައްޔާރުކުރީ އާންމު ރައްޔިތުންނެވެ. އާންމު ރައްޔިތުން ބުނާ ގޮތުގައި އެކަމުން އައު ސަރުކާރު ފާހެއް ނުވެއެވެ. އޭގެ ސަބަބެއްކަމަށް ދައްކަނީ އިމްތިހާނުގައި މަކަރު ހެދުމެވެ. ޗީޓް ކުރުމެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ އެންމެ ބޮޑު ވައުދަށްވާއިރު، އެ ވައުދު ފުއްދުމުގެ އިމްތިހާނުގައި މި ސަރުކާރުން މަކަރު ހަދާފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަބަބަކީ އިންޑިއާ ސިފައިން ފޮނުވާލިކަމަށް ބުނެ ހަމަ އިންޑިއާގެ ސިފައިންގެ ބާރު އޮންނަ ކުންފުންޏަކުން މަދަނީންގެ ނަމުގައި އޭރު ތިބި އަދަދަށް މީހުން ގެނައުމެވެ.

އެއްބަސްވުންތައް ހާމަ ކުރާނެކަމަށް ބުނެ ވެރިކަމަށް އައިސް، އެ އެއްބަސްވުންތައް ކުރިއަށް ވުރެ ބޮޑަށް ސިއްރު ކުރުމެވެ. ފޮރުވުމެވެ. އަލަށް ވަމުންދާ އެއްބަސްވުންތައްވެސް ރައްޔިތުންނަށް "ދޮން ކަޅު" އަންގާނުލާ މިހާތަނަށްވެސް ބޭއްވުމެވެ. އެހެންކަމުން އެ ރޮނގުން ސަރުކާރު ފާހެއް ނުވިއެވެ.

ދެން އޮތީ ގެދޮރުވެރިކަމުގެ ދާއިރާއެވެ. އެ ދާއިރާއިން މި ސަރުކާރަށް "އެފް ރިޕޯޓުވެސް" ނުލިބޭކަމަށްވެއެވެ. ސަބަބަކީ ވެރިކަމަށް ވަޑައިގެންނެވިއިރު މިހާރުގެ ރައީސް ވިދާޅުވަމުން ގެންދެވީ ގޯއްޗާއި ފްލެޓު މިދިޔަ ސަރުކާރުން ދީފައިވާ ގޮތަށް، ބަދަލެއް ނުގެނެސް ޙަވާލުކޮށްދެއްވާނެ ކަމަށެވެ. ރައްޔިތަކަށް ލިބިފައިވާ އެއްވެސް އުއްމީދެއްގައި އައު ސަރުކާރުން ކޮޅުފައިން ނުޖަހާނެ ކަމަށެވެ.

އެހެންނަމަވެސް، 3 މަސް ތެރޭގައި ގޯއްޗާއި ފްލެޓު ޙަވާލު ކުރުމަށް މަޖިލީހުން ފާސް ކުރުމުންވެސް އެ ބިލުވެސް އެވަނީ ތަސްދީޤު ނުކުރައްވައި ފޮނުވާލައްވާފައެވެ. ނުވިތާކަށް ގޯއްޗާއި ފްލެޓު ލިބިފައިވާ ފަރާތްތައްވެސް މިއަދު ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. އުއްމީދު ގެއްލިފައެވެ. އެހެންކަމުން އެ ރޮނގުން ސަރުކާރު ބޮޑުތަނުން ފެއިލްވެއްޖެއެވެ.

ދެން އޮތީ މައުލޫމާތު ހާމަ ކުރުމުގެ ދާއިރާއެވެ. ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ ކަމަށާއި، މި ސަރުކާރުގައި ހުރިހާ މައުލޫމާތެއް ލިބެމުންދާނެ ކަމަށެވެ.

އެހެންނަމަވެސް، މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާ މައްސަލަތައް މިއަދު ވަނީ 58 އިންސައްތަ އިތުރުވެފައެވެ. މިއަދު ނޫސްތަކުގެ ފަލަސުރުހީން ފެންނަމުންދަނީ އައިކޮމްއިން އެންގުމުންވެސް ރައީސް އޮފީހުން ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި މައުލޫމާތު ފޯރުކޮށްނުދޭ ވާހަކައެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ރައީސް އޮފީހުން ހާޒިރު ނުވުމުން، އެ އޮފީހުގެ ޢައިރު ހާޒިރުގައި އެކަމާ ގުޅޭ އަޑުއެހުން ބާއްވައި 3 ދުވަހުގެ ތެރޭގައި މައުލޫމާތު ދިނުމަށް އެންގުމުން، އެހިސާބުންވެސް މައުލޫމާތު ދޫކުރަނީއެއް ނޫނެވެ. ނުވިތާކަށް އެ މައުލޫމާތު ދޫ ނުކުރާ ސަބަބެއްވެސް ސާފުވަނީއެއް ނޫނެވެ. އެންމެ ފަހުން އައިކޮމްއިން މިވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

އޭގެ ބައެއް މިސާލުތަކަކީ މުލިއާގެއަށް ކުރި ޚަރަދާއި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ތަފްސީލު ދޭން އައިކޮމްއިން ރައީސް އޮފީހަށް އެންގުމުންވެސް، އެ މައުލޫމާތު ނުދީ ހިފަހައްޓައި، އައިކޮމްގެ އަޑުއެހުންތަކަށްވެސް "ފިލައިގެން" ރައީސް އޮފީހުން އުޅޭ އުޅުމެވެ. އެހެންކަމުން މައުލޫމާތު ހާމަ ކުރުމުގެ ދާއިރާއިންވެސް ސަރުކާރު މިވަނީ ފެއިލްވެފައެވެ. މާއްދާ ރިޕީޓު ކުރަން ޖެހިފައެވެ.

މިއީ އަދި ސަރުކާރުގެ ސިލަބަހުގެ ވަރަށް ކުޑަ މިންވަރެކެވެ. އެ މިންވަރަށް އެކަނި ބަލާލުމުންވެސް ފެންނަނީ މި ޓާމަށް ކަނޑައަޅާފައިވާ މާއްދާތަކުން ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ މަންޒަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒުއިންޑިޔާ ސިފައިންގެ މައްސަލައިންފޮމޭޝަން ކޮމިޝަނަރުގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު